ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ އަމިއްލަ އަށް ފުލުހުންގެ އިދާރާ އަށް ހާޒުރުވެ، ފުލުހުންނާއި ހަވާލު ވެއްޖެއެވެ.
ދާދި ފަހުން މީސް މީޑީއާގައި ދައުރުވި ވީޑިއޯ އަކުން ފެންނަ ގޮތުގައި އާއްމުންގެ މީހަކު ވަނީ މާލޭގެ މަގެއްގައި މަސައްކަތް ކުރަން ހުރި ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައެވެ. އެސްލޯން ހޮޅިއެއް ބޭނުން ކޮށްގެން އެ މުވައްޒަފު ގައިގައި ތެޅި މީހާ ވަނީ ހަޑިހުތުރު ބަހުން އޭނާ އާއި ދިމާލަށް މުހާތަބުވެސް ކޮށްފައެވެ.
ވެމްކޯގެ މުވައްޒަފުންނަށް އަނިޔާ ލިބޭ ކަމަށް އެފަރާތުންވެސް މިހާރު ބުނެފައި ވާއިރު، އެ މީހުންނަށް ޖެއްސުން ކޮށް، ދަށް ކޮށްލާ މަންޒަރު މާލޭ ސިޓީގެ މަގުތައް މަތިން ފެނުން މިވަނީ އާއްމު ވެފައިކަން ހިތާމަ އާއި އެކު ފާހަގަކޮށްލެވެއެވެ.
މި ވީޑިއޯ އާއްމު ވުމުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން މި މައްސަލަ ބަލަމުން ދަނިކޮށް އަމިއްލަ އަށް ހާޒިރު ވެފައި ވަނީ ވެމްކޯ މުވައްޒަފަށް ހަމަލާ ދިން މީހާ ނަމަވެސް، އެ މުވައްޒަފަަށް އޭނާ ހަމަލާ ދީފައި ވަނީ ކީއްވެގެން ކަން ސާފުވެފައެއް ނުވެއެވެ.
ވެމްކޯ މުވައްޒަފުންނަށް އެހެން މީހުންނެކޭވެސް އެއްފަދައިން ކަންތައް ކޮށް، ތަފާތު ކުރުންތައް ނުބެހެއްޓުމަކީ އަހަރެމެންގެ ފަރުދީ ޒިންމާ އެއްކަން ހަނދާނުގައި ބަހައްޓަން އެބަ ޖެހެއެވެ.
އެ ފަދަ ކުށްވެރިން ފުލުހުންނާ ޙަވާލުވުމަކީ ވަރަށް ނުރައްކާތެރިކަމެއް
ގައުމު މިވަނީ ފާލުން ނެއްޓފަ. ބިރުވެރިކަމާއި ނާމާންކަން މިވަނީ އާންމުވެފަ. އަހަރެއްހާ ދުވަސް ކުރިއާ ހަމައަށް ގައުމުގަ އޮތް އަމާންކަމާއި އުފާވެރިކަން ވަނީ ބީވެގޮސްފަ. އޭރުގެ ސަރުކާރުގެ ކުށަކަށްވީ ސިޔާސީ ފަރާތްތަކުން ސަރުކާރު ވައްޓާލަން ރޭވި އިޔަހޫދި ރޭވުންތައް ނާކާމިޔާބު ކޮށްލާ އެކަން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވާ ބޭރުގެ ނުފޫޒުން އެއްކިބާވެ ރައްޔިތުންނަށް އަމާން ފާގަތި ދިރިއުޅުމެއް ހޯދައިދޭން ކުރި މަސަކަތް.
މީނަ ހިތަށްއަރާކަހަލަ މީނަމީ ވަރަށްމަތީގަ އުޅޭ މީހެކޭ.މީނަޔަށް ހައްގު އަދަބުގޭން ގޮވާލަން..
ވެމްކޯ މުއައްޒަފުން ރޭގަނޑުގެ އަރާމު ނިދިން މަހުރޫމުވެގެން އަހަރެމެންގެ ޚިދުމަތުގައި ވިއްސާރައިގަވެސް ދޭ ޚިދުމަތުގެ އަގު ވަޒަންކުރަން ޖެހޭ. އެމީހުންނާމެދު އިހާނެތިކޮށް ކަންތައް ކުރާ ފަރާތްތަކަށް ހައްގު އަދަބުދިނުމަށް ގޮވާލަން