ދަރިންނާއި ހަވާލުވެގެން މިސްކިތައް ނުދެވޭނަމަ، ކުދިން މިސްކިތަށް ނުފޮނުވަން އައިޝަތު ޖެނިފާ ގޮވާލައިފިއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ތާއިދުކުރާ އެކްޓިވިސްޓެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޖެނިފާ ކުރި ޓްވީޓެއްގައި ކުދިން މިސްކިތަށް ނުފޮނުވަން ޖެނިފާ ގޮވާލީ ރާއްޖޭގެ ބައެއް މިސްކިތްތައް ކައިރިން ކުޑަކުދިން ހޯދާ، އެކުދިންނަށް ދީނީ ހަރުކަށި ވިސްނުންތައް ދަސްކޮށްދިނުމުގެ މަސައްކަތް ބައެއް މީހުން ކުރާ ކަމަށް މިއަދު ރިޔާސީ ކޮމިޝަނުން ވިދާޅުވުމުންނެވެ.

ޖެނިފާ ކުރި ޓްވީޓެއްގައި ބުނީ ދަރިންނާއި އެކު މިސްކިތަށް ނުދެވޭނަމަ ދަރިން މިސްކިތަށް ފޮނުވާނެ ކަމެއް ނެތްކަމަށާއި ހައްދުފަހަނައަޅާފައިވާ މީހުން ކަލޭމެންގެ ދަރިންގެ ފައިދާ ނަގަމުން ގެންދާ ކަމަށެވެ.

އޭނާ ކުރި އިތުރު ޓްވީޓެއްގައި ވަނީ ކުދިން މިސްކިތަށް ދާން ވާނީ ބޮޑެތި މީހުންނާއި އެކުގައި ކަމަށް ބުނެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ޖަމާޢާތް ހިންގަނީ ސެލްތަކެއް އުފައްދައިގެން ކަމަށެވެ. އެ ސެލްތަކުގައި އަމީރެއް ހުންނަ ކަމަށާއި މީހުން ރެކްރޫޓުކުރަން ހަވާލުކޮށްފައި ހުންނަނީ އެ ސެލްއެއްގެ އަމީރު އާއ ކަމަށެވެ.

މިސްކިތުން ފެންނަ ކުދިންނަށް އަމީރު، ފުރަތަމަ ދައްކަނީ އުއްމަތުގެ ހާލަތުގެ ވާހަކަ ކަމަށާއ އެއަށްފަހު ޖަޒުބާތުގައި ޖެއްސުމަށް ވީޑިއޯތަކެއްދޭ ކަމަށް ސުއޫދު ވިދާޅުވިއެވެ. ރައްޓެހިން އެއްވެގެން ވީޑިއޯ ބަލަން ބުނާ ކަމަށާއި، އެއަށްފަހު އަމީރު ރެކްރޫޓުންނާ ބައްދަލުކޮށް ވާހަކަދެއްކުމަށް ފަހު އެމީހުންނަކީ އައިއެސް އިން ރާއްޖެ ކަނޑައަޅާފައިވާ މީހުން ކަމަށް ބުނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ޏނ

  ކުރީ ޒަމާނުގައި ކާބަފައިން މިސްކިތަށް އެމީހުންގެ ދަރިންނާ އެކު ދެވޭ... ޢޭރު ކުދިނގެ އަހުލާގާ ސުލޫކު މިހާރުގެ ކުދިންނަަށް ވުރެ ރަނޣަޅު. މިޒަމާނުގަ ދަރިންނަށްް ފަރުވާތެރިކަމާއެކު ބެލެންޖެހޭ..

  99
  2
 2. ކޮރަކަލި

  އޭރުންތާ ކަލޭމެން ތިހިންކިޔާތީ މީހަކު މިސްކިތައް ނާރާނީ
  މިހާރުވެސް މިއުޅެނީ ދެސަފުވެސް ނުފުރިގެން
  މިސްކިތައް ދާތީ ހައްދު ފަހަނަ އަޅަނީ
  ކަމަނާ ފެނުނީމަވެސް އިނގެއްޖެ ހައްދު ތެރޭ ހުރިހެން
  ކަސްބީ އަންހެނާ

  65
  13
 3. މީހާ

  ތިހާއިގެންޔާ އެއީ ކޮންބައެއްކަން ވެސް އެގޭނެ. ކޮންމެހެން ބިރުނުގަންނަވާ ރައްޔިތުން.

  41
  2
 4. ޢެޑަމް

  މިޒަމާނު ގިނަ ކުދިންނަކީ ނަމާދު ކުރާ ބައެއްނޫން. ޢެމީހުން މަގު ފުރައްދަނީ ކޮންބައެއްބާ؟ ޖެނެފާމެންގެ ޕްރޮޕެގަންޑާ އިން ބާ އަނެއްކާ؟

  82
  9
 5. ނީނާ

  މިސްކިތާ ކުދިން ދުރުކުރަނ ކުރާ ކަންތަކެއްތީ!

  84
  7
  • ެދިވެހީން

   މިސްކިތާއި ދަރިން ދުރުކުރުމެއް ނޫން މަޤްޞަދަކީ, ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުން. ކުޑައިރު ދަރިން އެކަނި މިސްކިތަށް ފޮނުވުމަށް ވުރެން ރަނގަޅު ވާނީ ބެެލެނިވެރިއަކާއެކު ފޮނުވުން. ދަރިންނަށް ރަނގަޅު މިސާލެއް ދެއްކުމުގެ އިތުރުން ނަމާދުގައި އަދި މިސްކިތް ތެރޭގެ އަދަބުތަށް ދަސްކޮށްދެވޭނީ އޭރުން. ކޮންމެ ކަމެއް ސިޔާސީ ކުރަން ހަދައިގެން ދަރިން ތަރުބިއްޔަތު ކުރުމާއި ރިވެތި އަޚްލާޤު ދިވެހިން ކިބައިން ނެތި ދާތަން ފެނުމުން ވަރަށް ދެރަވޭ.

   22
   35
 6. ޖެނިފާބަކރ

  ޖެނިފާ ކަލޭ ނަމާދު ނުކޮއް ކަލޭގެ ކާފަރު ކަންމަތީ ހުރެބަލަ. އަހަރުމެންގެ ދަރިން ނަމާދައް ފޮނުވާނަން. ކަލޭމެން ތިޖަހާ ސަކަރާތް އަހަރެމެން ދަންނަން
  ކުރީޒާނުގަ އުޅުނު އަބޫޖަހުލު ކިޔާ މީހަކު ތިފާޑައް

  48
  3
 7. ކާފަބޭ2019

  މަންމައާބައްޕަ އެކަކުކުޅިވަރުބަލަންޓީވީކައިރީގަ އަނެކަކުފިލްމުބަލަންއިދެފަ " ދަރިފުޅާކާފަނަމާދަށް ހިގައްޖެދަރިފުޅުވެސްއަވަހަށްދޭނަމާދަށް " މިއީ އާންނުކޮށްހިގާކަމެއް ދެންޒިންމާމިއުފުލަންޖެހެނީ އެހެންބައެއްތޯ؟؟؟؟؟

  16
  4
 8. ާައަސްލަމް

  ޖެނީ ހިފާހައްޔަރު ކުރޭ

  29
  3
 9. ޝީނު

  ޖެނިފާ ބުނީމަދޯގޯސްވީ.. ދަރިން މިސްކިތަށް ފޮނުވީމަ . ޢައިސިސްގެ .އިތުރުން. މުއުޅޭ. ބަންގާޅީންވެސް.އެކުދިންނަށް. އެހާއުނދަގޫ.ކުރޭ.

  10
  24
 10. ބޮޑުމީހާ

  މިސްކަތައް އަރާ އުޅޭ ބަޔަކަށް އެނގޭނި ކުޑަކުދިން މިސްކިތައް އަރާ ނިސްބަތް މާލޭގައި މިސްކިއްތަކަށް ދާ ކުޑަކުދިން ވަރަށް މަދު ހުކުރު ނަމާދާ އީދު ނަމާދު ފިޔަވާ ދުވާލުގެ ފަސްވަގުތުގެ ނަމާދަށް މިސްކިތަކުން ދެތިން ކުއްޖަކު ފެނިދާނެ ބައެއް މިސްކިތްތަކުން އެވަރުވެސް ނުފެނޭ ..... ރަަށް ރަށުގެ މިސްކިތްތަކަށް ދާކުދިން ގިނަ ކަމަށް ފާހަގަ ކުރެވޭ.... ކުއްޖަކު މިސްކިތައް ނުފޮނުވާ ދީނާ ދުރުކުރުމުން ލިބޭ ގެއްލުން މާބޮޑު ކަލޭމެންގެ ލާދީނީ ކަން ތިޔަ ފެންނަނީ ކުރިން ބުރުގާ އަޅައިގެން އުޅެފައި ޖެނިފާ ބުރުގާ ބޭލީ ކީއްވެބާ ؟؟؟؟ ކުދިން މިސްކިތާ ގާތް ކޮށްގެން ރަނގަޅު ޖީލެއް ބިނާ ކުރެވޭނީ ..... އެކަނި އެހެން ތަންތަނަށް ގޮސް މަސްތުވާ އެއްޗެހި ބޭނުން ކުރުން ވައްކަން ކުރުން އޯކޭދޯ.... ގާފިލު ކަމުގައި ތިބޭ މީހުންނަށް ދުވަހަކުވެސް ނުވިސްނޭނެ ހުސްނުއް އަލް ސުއޫދަކީ ވެސް މިސްކިތާ އެހާ ގާތް ބޭފުޅެއް ނޫން .........

  22
 11. ބޯހަލާކު

  ދަރިން ނުބައިވަނީ މިސްކިތަށް ގޮސްގެނެއް ނޫން. ހަރުކަށި މީހުންނަށްވުރެ ހައްދުފަހަނައަޅާފައިވާ މަސްތުވާތަކެތި ބޯ މީހުން މި ގައުމުގައި މާ ގިނަ.

  27
  1
 12. ކާފަ

  ޖެނިފާ ބުންޏަސް އެއީ ހަމަ ވަރަށްބޮޑު ތެދެއް! މިސްކިތަށްދާ ކުޑަކުދިން އެއްކަނަކަށް އެއްކޮށް މަތިންދިގުކޮށް ތިރިން ކުރުކޮށްފައި ތިބޭ ބަޔަކު އެކުދިންނަށް ދީން އޮޅުވާލަން މަސައްކަތްކުރާ މަންޒަރު ޚުދު އަހުރެންވެސް ދުށިން.

  8
  26
 13. ސައްދާމް

  މިމީހުންނަށް އެންގޭ ދަނި މައިންނާ ބަފައިން ގިނަވަގުތު މައްސޫލުވެއުޅެނީ ގޭތެރޭގައާއި ބޭރުގައިކަން އެހެންވެ ފާރުކައިރިން ހިންގާލާފައި ކުދިން މިސްކިތައްދާތަންފެނި މޭކަރަނީ. މީވަކި ފިކުރަކަށް އުޅޭބައެއް. ރައްޔިތުން ވަރަށް ވިސްނާތި.

  19
  2
 14. ހަމަ ތެދު

  މީނަ ބުންޏަކަސް މީ ހަމަ ތެދު

  11
  15
 15. ސީނު

  ޖެނީބުނީދޮގެއްނޫން ..ކުޑައކުދިން އެކަނި މިސްކިތަށްފޮނުވުމަކީ ރަނގަޅުކަމެއްނޫން. މިތާ ކުޑަކުދިން މާނަ މިކުރަނީ 5 އަހަރު 7 އަހަރު ނުވަތަ ވ10 އަހަރުނ

  9
  13
 16. علي وحيد

  ޖެނީފާ އޭރު ވެސް މިހާރު ވެސް މައިންބަފައިންނާއެކު މިސްކިތައް ގެންދާ ވަރު ކުޑަ ކުދިން މިސްކިތްތައް ދަނީ މައިންބަބައިންނާއެކު ކުޑަކުދިން ވެސް ޒުވާނުން ވެސް މަގުފުރައްދަނީ އެމްޑީޕީ އިން ޚާއްސަ ކޮށް މަންދުކޮލެޖު

  20
  1
 17. ސީނު

  ޖެނީބުންޏަސްދޮގެއްނޫން. ކުޑަކުދިން އެކަނި އެއްވެސް ތާކަށް ފޮނުވުމަކީ ވަރަށް ނުރައްކާތެރިކަމެއް. މިތާ ކުޑަކުދިން މާނަމިކުރަނީ 10 އަހަރުން ދަށުގެ ކުދިން. އެއަށްވުރެ ބޮޑެއތިކުދިން މިސްކިތްތަކަށް ގޮސް އެތަނަށް ލޯބިޖެއްސުމަކީ ކުރަންޖެހޭނެ ކަމެއް......އެތަންތަން އަމާންތަންތަންގޮތުގައި ހެދުމަކީ މިސަރުކާރުގެ ޒިންމާއެއް،، އަމާްންނޫންނަމަ ފުލުހުންނާ ސިފައިން ބައިތިއްބައިގެން އެތަން ބެލެހެއްޓެން ޖެހޭނެ. ވެހިކަލް ތަކުގަސްޓިކާޖަހަން މިމީހުން ވަރަށް ވަރުހުންނާނެ ޖީބުފުރޭތީ

  8
  10
 18. ޑެއިލް

  އަޅުގަނޑަށް ރަށުގަ ނުހުރެވޭތީ 5 އަހަރުގެ ފިރިހެންކުއްޖާ އެކަނި މިސްކިތަށްދަނީ. މިސްކިތަކީ މިދުނިޔޭގަހުރި އެންމެ އަމާންތަން. ﷲގެ ގެކޮޅު. އާވާހަކެއް ފަތުރަނީ. ޅަޖީލު ދީނުންބޭރުކޮށްގެން ނޫނީ މިގައުމުން އިސްލާމްދީން ނުފުހެވޭނެކަން ކަށަވަރުވެގެން ބިރުން ކުޅޭގޭމެއްތީ.

  26
  2
 19. ނަމާދު

  އިބްރާ މިސްކިތްތައްތަޅާލަން މާކުރިން ނުގޮވާތަ؟

  14
 20. ޝިފާން

  ދާނަން، އެކެނިވެސް ދާނަން، ކަލޭތީ ކާކު މިސްކިތަށް ނާރަން ބުނަން..

  18
  1
 21. ޢަހުރެން

  ޓިހުރިހާ ވާހަކައަކާއި މަސައްކަތަކީ ދީނާ މީހުން ދުރުކުރުމަށް ދީން ނައްތާލުމަށް ދައްކަމުން ކުރަމުންދާ ވާހަކަތަކާއިކަންތައް .

  12
 22. އަމާން

  މަހްރަމަކާއެކުނުނިއަންހެނުންބެރަށްނުދިއުމަށްގޮވާލަން

 23. ޖެނިފާ

  މިސްކިތަށް ކުދިން ގޮވައިން ދާނީ މައިންބަފައިން ދާނަވާނީ ކުދިން ގޮވައިން. ނައު ޕޭރެންޓްސް އާ ޓޫބިޒީ ވިތްވާރކް. ތި މީހުންގެ މައްސަލަ. ސްކޫލަށް ވެސް ފިނުވަންވާނީ ބެލެނިވެރިޔަކާ އެކެ. ސުކޫލުން މަގުފުރައްދަނީ ވިއްޔާ. ދީނުން ބޭރުވިޔަސް އޯކޭ، ދީނަށް މާބޮޑަށް އުޅުން އެއީ މައްސަލަޔަކީ.

 24. ކިނިކްސް

  ވ ރަނގަޅު ވާހަކައެއް. ދަރިން އެކަނި ތަންތަނަށް ފޮނުވާކަށް ނުވާނެ. ކުޑަކުދިން ބެލެހެއްޓުމަކީ ބެލެނެވެރިންނަށް ވާޖިބު ކަމެއް. މިސްކިތަށްވިޔަސް ކަންމަތީ ފިހާރައަށް ވިޔަސް ފޮނުވަން ވާނީ ބޮޑު މީހަކާ އެކީގައި. ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނެ ޒުވާނުން މަގުފުރައްދަން. ބޮޑެތިމީހުން މިކަމަށް ސަމާލުވާން ވާނެ.

 25. ޖެނީ ޓެޓޫ

  މިސްކިތައް ދިޔަނުދީ ޑާންސްކުރުމާ މަސާޖު ކުރަން ދަސްކޮއްދޭންވީ އޭރުންތާ ގައުމު ކުރިއަރާނީ
  ބަޔަކު އެބަތެޅެޔޭ ދިވެހި އަންހެން ކަނބަލުން އޮރިޔާން ފިލްމު ނުކުޅެގެން.