ހިތަދޫ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލު ކުރަން އެލިއާ އާއި ހަވާލުކުރި މަސައްކަތް ނިންމައި، އިމާރާތް ޕްލޭނިން މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.

171 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެލިއާ އާއި ހަވާލުކޮށްގެން ހެދި ހޮސްޕިޓަލް މިނިސްޓްރީ އާއި ހަވާލު ކޮށްފައިވަނީ އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާރާތުގައި އެލިއާއިން ކުރަން ހުރި މަަސައްކަތް ނިންމައި ޕްލޭނިން މިނިސްޓްރީ އާއި ހަވާލު ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

ނަމަވެސް އަދިވެސް އިމާރާތުގައި ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަހުއްޓެވެ. އޭގެ ތެރޭގައި ފުރާޅު ބަދަލުކުރުމާއި، ސިއްހީ ހިދުމަތް ދޭން ފެށުމަށް ބޭނުންވާ ބައެއް ވަސީލަތްތައް ހަރުކުރުން ހިމެނެއެވެ.

ފުރާޅު ބަދަލު ކުރުމުގެ މަސައްކަތް ދެފަހަރަށް އިއުލާން ކޮށްގެން، މިހާރު ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. ނަމަވެސް އެމަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެއެވެ.

ހޮސްޕިޓަލަށް ބޭނުންވާ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭން މެޝިންތައް ވަނީ މިހާރު ގެނެސް ހޮސްޕިޓަލަށް ވައްދާފައެވެ. ނަމަވެސް އެއިން މެޝިނެއް އަދި އިންސްޓޯލްކޮށްފައި ނުވެއެވެ.

އަދިވެސް އެތަނުގައި ނުނިމި ގިނަ މަސައްކަތް ހުރުމުން އެމަސައްކަތްތައް ނިންމާ ހޮސްޕިޓަލް ހުޅުވޭނެ ތާރީޚެއް ބުނާކަށް ނޭނގެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ނިމުނު އިރުވެސް ބޮޑެތި މަސައްކަތްތައް ނިމިފައި ހުރި އިމާރާތް މިއަހަރު މެދުތެރޭ ބޭނުން ކުރަން ފެށޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް މިހާރު ލަފާކުރެވޭ ގޮތުގައި އަދިވެސް އެއްކޮށް ހުރިހާ މަސައްކަތެއް ނިންމަން ދެތިން މަސް ދުވަސް ނެގުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭން

    އަދި ދެތިން އަހަރަ ފަހުން ހުޅުވިގޭސް ނަސީބު.....

    10
    1
  2. އަހުމަދު

    މިއީ ތަރައްގީ އަކީ ޖަޒީރާ ތަރައްގީގެ މާނަ އެކަން ކުރަން އުޅޭ މީހުންނަށް ވެސް ބުނެދޭކަށް ނޭގޭ ...... އެއްފަހަރު ބުނާނެ ފެނު މަތިގައި ގެ އަޅާށޭ އަނެއް ފަހަރު ބުނާނެ އެއަރ ޕޯޓް އެޅުމަކީ ބޭ ކާރު ކަމެކޭ... އަނެއް ފަހަރު ބުނާނެ މީހުންނޭ ތަރައްގީ ވާންވީ ކަންކަން ކުރާނެ ކަމެއް ނޭތޭ... ބިން ހިއްކާނެ ކަމެއް ނޭތޭ އެކަމު އެހެން ބުނާ މީޙުން މާޒީގައިވާނީ ބިންވެސް ހިއްކާފައި.... ކާކުތޯ މިޒަމާނުގައި ދަތިހާލުގައި އުޅޭން ބޭނުންވާނީ... ކުޅުދުއްފުށީ ކުޅި އެގޮތުގައި ބާްއްވާއިގެން ތިބިނަމަ މިއަދުވެސް ތިބެން ޖެހޭނީ ބޮނބި ފާކޮށްލަ ކޮށްލަ....... ދަތުރުފަތުރު ހަލުވި ވުން ހަސްފަތާލުތަކުގައި މޮޅަށް ހެދުން ސާމާނު ހޯދުން... މަގުތައް ހެދުން ...... މިސާލު... ލ. ބޮޑު މަގު ތާރު އެޅީމާ ވިޔަފާރިއާއި ޓޫރިޒަށް އައި ކުރި އެރުން މާލެ އާއި ހުޅުލެއާއި ދެމެދު ބުރިޖް އެޅުމުން ލިބުނު ފަސޭހަ އަދި ވިޔަފާރި ފުޅާވުން ....ސަތަރި ދޯނީގައި ދަތުރުކޮށްކޮށް ... ތިބިނަމަ ކޮބާ ހާލަކީ މިނެޓް އަކު ފެރީ އެއް ބޭއްވި ނަމަވެސް ދެކޮޅު ނުޖެހެނީސް... މޮޔައިންގެ މޮޔަ މީހުން މިގައުމުގައި މިއަދުވެސް އުޅެނީ... ޚާއްސަކޮށް ސިޔާސީ މީހުން...

    29
    1
  3. ޖ

    ޔާމީނުވަރުގެ ވެރިއެއްމިގައުމަކައްނާދޭ ބަޔަކުގަބޫލުކުރިޔަސް ނުކުރިޔަސް ދެންމިގައުމު ތަރައްގީވާނެހެން ހީއެއްނުވޭ މިސަރުކާރުގަތިބޭމީހުން ހުސްބޭކާރުވާހަކަދެއްކުން ނޫން އެހެންކަމެއްނުކުރޭ ބަސްގިނައީ އަމަލަކުންނުދެއްކޭ އެއްވެސް ކަމެއް އަހަރެމެންދިވެހިން ކުރިވަރައްބޮޑުމޮޔަކަމެއް ޔާމީނު ވެރިކަމުންދުރުކޮއްފަ މިހާރުމިތިބަމީހުންނާއިވެރކަން ހަވާލުކުރުން ފަހުންރޯނެ އެއިރުއޮންނާނީ ވަގުތުފާއިތުވެފަ

    28
  4. ބިޑިބޯ

    އިންޖީނުގަނޑެއް ގެންގޮސްގެންވެސް އިންސްޓޯލްކުރަނީއޭ ކިޔަކިޔާ 4 އަހަރު ދުއްވާލި.

  5. ޥީ

    ޔާމީން ސްޓައިލް ހަބޭސް

  6. އައްޑޫކޮން

    ކެކެކެކެ ޔާމީނު ވެރިކަމުގަ އިމާރާތުގެ ބޮޑުބައެއް ބަނީ ނިންމާފައޭ؟ ކޮން ބޮޑުބައެއް ނިންމާކަށް މިއީ ނަޝީދުވެރިކަމުގަ ސާކުސަމިޓަށް އެޅި ބައިނަލްއަޤުވާމީ ފެންވަރުގެ އިމާރާތެއްކަން މުޅި ދުނިޔެ ހެކިވޭ.. ބަޔަކު އައިސް ތަނަށް ކުދި ބަދަލުތަކާ މަރާމާތުކުރުމަކީ އަދި އިމާރާތްކުރެއް ނޫން

    1
    3