"ވަގުތު" ގައި މަސައްކަތް ކުރާނެ ނޫސްވެރިން ހޯދަން އިއުލާންކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ވަގުތު" ގައި ސިޔާސީ ދާއިރާ އާއި ޝަރުޢީ ދާއިރާ އާއި ފިލްމީ ދާއިރާ އަދި ކުޅިވަރު ދާއިރާ ގައި މަސައްކަތް ކުރާ ނޫސްވެރިން ހޯދަން ބޭނުންވާ ކަމަށެވެ.

ނޫސްވެރިން ހޮވުމަށް ނިންމާފައި ވަނީ ތައުލީމީ ފެންވަރަށާއި، ނޫސްވެރިކަމުގެ ދާއިރާ އިން ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ދާއިރާ އަކުން ހޯދާފައިވާ ތަޖުރިބާއަށް ބެލުމަށް ފަހުއެވެ.

ހުރިހާ ވަޒީފާއެއްގެ މުސާރަ ވެސް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ ވަޒީފާ އަށް ކުރިމަތިލާ ފަރާތާއި މަޝްވަރާ ކުރުމަށް ފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އާއި ތައުލީމީ ސެޓްފިކެޓްތައް ފޮނުވާނީ [email protected] އީމެއިލް އަށެވެ. "ވަގުތު" އިން އިއުލާން ކޮށްފައިވާ ވަޒީފާތަކުގެ އިތުރު މައުލޫމާތު "ވަގުތު" ގެ ނަމްބަރު 9500101 ނަމްބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

"ވަގުތު" އަކީ ރާއްޖޭގައި އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރާ އެއް ވެބްސައިޓެވެ. ދުވާލަކު އެވްރެޖްކޮށް ދޮޅުލައްކަ އަށް ވުރެ ގިނަ މީހުން "ވަގުތު" ވެބްސައިޓަށް ޒިޔާރަތް ކުރެއެވެ.