ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވާ ގޮތަށް ތާވަލުކޮށްފިއެވެ.

މާދަމާ ހެނދުނު 10:30 ގައި ކްރިމިިނަލް ކޯޓުގައި އޮންނަ މި އަޑުއެހުމަކީ އިތުރަށް ހެކިބަސް ނެގުމަށް ބާއްވާ ޝަރީއަތުގެ އަޑުއެހުމެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ މި މައްސަލައިގެ އަޑު އެހުންތައް ކުރިއަށްގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. މިއީ އެގޮތަށް ކުރިއަށްގެންދާ ޝަރީއަތުގެ ތިންވަނަ އަޑުއެހުމެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ބޭނުން ކުރި އެސްއޯއެފް އިން ޔާމީންގެ ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައެވެ.

އެ މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޔާމީންއާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކި ބަސް ވަނީ ނަގާފައެވެ. އޭގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިއަތުގެ ހެކި ބަސް ވަނީ ނަގާފައެވެ.

ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިތުރު ހެކީންގެ ތެރޭގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޒަމީނާއި، އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއްވިޒް ރަޝީދާއި އިތުރު ހެއްކެއް ހިމެނެއެވެ.

މީގެ ތެރެއިން ހަސަން ލުތުފީ ވަނީ އެ މައްސަލާގައި ހެކި ދޭން ބޭނުންނުވާ ކަަމަށް ވިދާޅުވެފައެވެ.

ކިތާބީގެ ހެކީގެ ގޮތުގައި، އެސްކްރޯ އެއްބަސްވުމާއި،ޔާމީން ފުލުހުންގެ އިތުރުން އޭސީސީއަށް ދީފައިވާ ބަޔާން ހިމެނެއެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި، އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟަރާ

    މާތްﷲ ރައިސް ޔާމީން އައް ކެއްތެރިކަމާ ސާބިތް ކަން ދެއްވާން ދޭވެ. އާމީން. ހުރީހާ ރައްޔިތުން މި އަޑު އެހުން ވަރައް ގާތުން ބަލަމުން ގެންދަވާތި. ރައީސް ޔާމީން ގެ ވާހަކަ ދެއްކުންތެރިކަމާ ދުލުގެ ފަރިތަކަމަކީ ރައީސްޔާމީން ގެ
    ތެދުވެރިކަމާ އިހްލާސްތެރިކަމާ ކުށެއް ނެއް ކަން ދަލީލް ކޮއް ދޭ ވަރުގަދަ ހެއްކެއް. ވިސް ނުމައް އަމިއްލަ ސިކުޑި ބޭނުން ކުރާ ކޮންމެ އިންސާނަކައް ވެސް ވިސްނޭނެ.

    32
    3
  2. ސައްދާމް

    ރައީސް ނަޝީދު އާއި ސޯލިހު އަދި ގާސިމް ފަންޑުކޮށްގެން ހިންގޭ ޝަރީއަތެއްމީ.

  3. ހުދުހުދު

    އިސް ގާޒީއަށް ކިތަންމެ ބިރެއް ސަރުކާރުން ދެއްކިޔަސް މިމައްސަލާގައި ދެފުއްވަރަށް ހާމަ. ނެތް ރައީސް ޔާމިންގެ އިސްތިށިފުޅުގައި އެޅުވޭނެ އެއްވެސް ޖާގައެއްނެތް