ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ޕްރޮފެސަރ މައިތްރީ ވިކްރަމަސިންގްހަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން "ކަށިކެޔޮ ބަތްޕެން" ތައްޔާރުކުރާނެގޮތް ތަފްޞީލުކޮށް ކިޔާދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މިއަދު އޮތް މި ބައްދަލުުވުމުގެ ތެރެއިން، މެޑަމް ފަޒްނާ އާއި ރަނިލްގެ އަނބިކަނބަލުން "މާސްޓަރ އޮފް އޮތެންޓިކް މޯލްޑިވިއަން ކުޒިން" ގެ ނަމުގައި ދައްކާލި ދިވެހި ކެއްކުމުގެ ހަރަކާތްތަކެއް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން އެ ބޭފުޅުންނަށް "ކަށިކެޔޮ ބަތްޕެން" ތައްޔާރުކުރާނެގޮތް ތަފްސީލްކޮށް ކިޔައިދީ، ކަށިކެޔޮ ބަތްޕެނުގެ ފަރިއްކޮޅެއް އަރުވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ބޮޑު ވަޒީރުގެ އަނބިކަނބަލުން ވިދާޅުވީ، ރާއްޖެ ފަދަ ޤައުމެއްގައި "އައިލެންޑް ޔުނިވަރސިޓީ" ތަސައްވަރަކާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ގިނަބައެއްގެ ސަމާލުކަން އެކަމަށް ހޯދިދާނެކަމަށެވެ. އަދި މިފަދަ ތަސައްވަރަކަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ހާމަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާ ގާތް އެކުވެރި ޤައުމެއްކަމަށާއި، ދެޤައުމު ގުޅިގެން އެކިދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ވާހަކަދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަންނަމާރި

    ހެހޭ ނޫނޭ މި ގޮއްޔެ ވާތުއި ކައްކާކަށް ނުވެސް އެގޭނެ ލަދުން ކަށްކަާކަށް ނުވެސްކެރޭނެ

    20
    3
  2. ފުއްކޭ

    ބޭކާރު ކަންތައް ނުކޮށް ހެޔޮނުވާނެ އިސްތިއުފާ ދީބަލަ. އަހަރުމެންގެ ދީނާ މިނިވަންކަމާ އިސްތިގްލާލް މިދަނީ ނުބައި މިސްރާބަކަށް.

    27
    6
  3. ޝާހް، ރ.ވާދޫ

    ތިކަހަލަ ކަންކަންކޮށް މީޑިޔާ ސަމާލުކަން ހޯދަން ކަލޭމެން ތިބޭ. ވެރިކަމަށް 1 އަހަރުވަނީ ކުރެވުނުކަމެއް ހަރާން.

    34
    3
  4. ލަދުން ބޯހަލާކު

    ހަހަ. ޤައުމަށް ފައިދާކުރުވަނިވި އިޤތިސާދީ ވާހަކައެއް ދައްކާލަންވެސް މިމަންޖެއަކަށް ނޭންގުނުދޯ

  5. ބޫންބޫން

    ފަޒުނާހެޔޮ އިސްތައްޓެއް އުފުރާލިޔަސް އެއީިދެން މާމޮޅުކަމަކަށްވެގެން މީޑިއާގެ ފަލަ ސުރުޙީތަކު ޖަހަންވީ އާނ އެހެޏާފަހެ މީދެން ކޮންވާހަކައެއް މީޑިޔާގަޖަހަން