ގދ. ތިނަދޫގައި ދުއްވަމުންދިޔަ ކާރެއް މޫދައް ވެއްޓިއްޖެއެވެ.

ތިނަދޫ ދެކުނު ފަރާތުން އަލަށް ހިއްކި ސަރަހައްދުގައި މި ހާދިސާ ހިނގާފައިވަނީ ކާރު ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައި ޑްރައިވަރަށް އޮޅިގެން މާބޮޑަށް ރޭސް ޕެޑަލްއަށް ފިއްތިގެންނެވެ.

އެ ކާރު މޫދަށް ވެއްޓިފައި ވަނީ އެ ސަރަހައްދުގައި ޖަހާފައި ހުރި ހިލަތަކުގެ މަތިންނެވެ.

މިއަދު ހަވީރު މި ހާދިސާ ހިނގިއިރު، ކާރުގައި ޑްރައިވަރުގެ އިތުރުން، އިތުރު މީހަކު އިނެވެ. މި ހާދިސާގައި ދެ މީހުންނަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެ ކާރު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ސަރަހައްދުގައި ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިނަދޫ ބިގަރު ކައުންސިލް

    ކައުންސިލްގެ ރައީސް ރައީސަމަމުން ދުރުކޮށް ރައީސްކަމާއި ރައީސާކަމަށް އަންނަންތިބި އެއްވެސް ކައުންސިލަރަކަށް އަދި ނޭގޭ ތިނަދޫގަ ކަމެއަވެގެން އުޅޭކަމެއްވެސް. ކުރީގެ ރައީސް އެތަނަށް ގޮސް ވެގެން އުޅޭގޮތް ބަލާލާފިވިއްޔާއެވެ. އެހާވަރުވެސް ދެންތިބި 1މަސްފަލަ، 2ރުޅިގަދަ، 3އާއިލާބޮޑު 4މަވަރު ރީތިމީހެއް ނެތްކަމަށް ހެދިގެން އުޅޭ ކައުންސިލަރުންނަކަށް ނުވިވިއްޔާއެވެ. ހާދަހާވާ ބޮޑާ ކިބުރުވެރި ކައުންސިލަރުންތަކެކެވެ

    12
  2. ސޮއްބެ މާލެ

    ހައްހައްހާ.. މަޑުން ދިޔާމަ ވީގޮތް ތިއީ...

  3. އަޙްމަދު

    ހިނދު ކޮލޅުގަތަ