މިސްކިތާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭ ކަމަށާއި އިސްލާމްދީނުގެ ޝިޢާރުތަކަށް އިހްތިރާމް ނުކުރާނަމަ ބަރަކާތް ކެޑިދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިސްކިތައްދާ ކުދިން ދީނީ ހަރުކަށި ފިކުރަށް ބަދަލު ކުރުމުގެ މަސައްކަތް ރާއްޖޭގައި ކުރިއަށްދާކަމަށް ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވުމާއި ގުޅިގެން މިސްކިތްތަކަށް ކުދިން ނުފޮނުވަން ބައެއް ފަރާތްތަކުން ގޮވާލަމުންދާތީ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒިޔާދު ވިދާޅުވީ މީހަކު ނުބައި ކަމެއްކުރުމުން މިސްކިތް ގޯސްވަނީނަމަ އެ ދެވެނީ ވަރަށް ނުބައި މެސެޖެއް ކަމަށެވެ. "ބިންމަތީގައިވާ އެންމެ މާތް ބިނާ އަކީ މިސްކިތް، އެންމެ ޠާހިރު ތަނަކީ މިސްކިތް، މިސްކިތަކީ ބިމުގައިވާ މާތް ﷲ ގެ ގެކޮޅު، މިސްކިތާމެދު ދިވެހިންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ހުއްޓާލަންޖެހޭ، އިސްލާމްދީނުގެ ޝިޢާރުތަކަށް އިހްތިރާމް ނުކުރާނަމަ ބަރަކާތް ކެޑިދާނެ." ޒިޔާދުގެ ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޭނާ ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް އަކާއި އެ ޙަދީޘްގެ މާނަ ވެސް ފޭސްބުކްގައި ލިޔުއްވާފައެވެ.

"މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ގުދްސިއްޔަ ޙަދީޘެއްގައި މާތްﷲ ވަޙީ ކުރައްވައެވެ. ހަމަކަށަވަރުން ބިމުގައިވާ މާތް ﷲ ގެ ގެކޮޅު ތަކަކީ މިސްކިތްތަކެވެ. އެމިސްކިތްތަކަށް ޒިޔާރަތް ކުރާ މީހުންނަކީ އެމީސްކިތް ޢިމާރާތް ކުރާމީހުންނެވެ.(މިސްކިތްތަށް ފަޅުފިލުވަދޭމީހުން) ތިޔަބައި މީހުންގެ ގެއިން ވުޟޫ ކޮށްގެން ﷲގެ ގެޔަށް ޒިޔާރަތް ކޮށްފި މީހަކަށް ހުރި ހެޔޮކަމަކީ ޒިޔާރަތް ކުރާ ފަރާތަށް މެހްމާންދާރީ އަދާ ކުރުމަކީ ޒިޔާރަތް ކުރެވޭ ފަރާތުގެ މައްޗަށްވާ ޙައްގެކެވެ."

މިސްކިތައް ކުދިން ނުފޮނުވަން ބައެއް ފަރާތްތަކުން ގޮވާލަމުން ގެންދާނީ ދީނީ އިލްމުވެރިން ގެންދަވަނީ އެކަމާއި ދެކޮޅަށް މީސް މީޑިއާގައި އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބަޅ

    ބާގިރު ހޭބަލި ވީތަ. މިކިޔަނީ މިސްކޮތް ތަކުގަ ހަރުކަށި ފިކުރުގެ މީހުން ސައްލާކޮށް ރާވާ މީހުން މަރާ ވާހަކަ. އެތާގަ ޓެރަރިސްޓ އަމަލު ހިންގަން މަޝްވަރާ ކުރާވާހަކަ. މިސްކިތްތައް ގޯސް ނުކުތޭ އެއްވެސް މީހެއް. ކަލޭ މިސްކިތް ދެކެ ލޯބިވެގެން އޮންނީ އަބަދު މިސްކިތުގަ ދޯ. ސިޔާސީ ވެގެން އައިސް ޒާތީ ވިޔަސް މީ ތަންފުކެއް ބޮޑުވަރު.

    7
    11
  2. އާޒިމާ ސަކޫރު

    މިސްކިތްތަކުގަ ބަޔަކު މީހުން މަރަން ރާވާނަމަ.
    އކަން އެބަ ރާވަޔޭ ބުނާ މީހާ ދޯ ކުށްވެރިވާނީ.
    މިސްކިތުގަ ބޔަކު ބަދުއަހުލާގީ އަމަލު ހިންގާކަން ފަޅާ އަރާ ސަމާލުވާން ބނެފިނަމަވެސް ހަމަ އހެން ބުނާ މީހާ ދޯ ކުށްވެރިވާނީ.

    7
    1
  3. ނަޖްވާ

    ބަލަގަ މިސްކިތްތަ ގޯސް ވެގެން މި އުޅެނީ! ރޯނު އެދުރުން ހައްތަހާވެސް! މީ މީސްމީހުންގެ ފެންވަރު!

    7
    3
  4. ސޮނިފުހޭ

    ގޯސްވަނީ މިސްކިތައްދާތީއެއްނޫނެވެ.ދެވޭތަރުބިއްޔަތާ ތައުލީމު ދޯހޮޅި ވުމުގެސަބަބުންނެވެ.ގިނަ ފަހަރަށްމުއްލާ ސްޓަައިލަށް އުޅޭ ގިނަ ޒުވާން ކުދިންނަކީ ހެޔޮކޮން ގުރްއާން ކިޔަވަން ވެސް ނުދައްނަ ދިީނީ ތައުލީމެއް ލިބިފަނުވާ ކުދިންނެވެ .އެފަދަކުދިންގެ އިމާމުން ކަމުގައި ވެގެން އުޅެނީވެސް ތަންދޮރު ނުދަންނަ ތައައްސަބުން ފުރިފަތިބޭ މީހުންނެވެ. އެކުދިންނަާއި އެމީހުން ބައްދަލުވަނީ މިސްކިތަކުންވެސް ނޫނެވެ މަގު މަތީ ގިނަވެގެން އުޅެނިކޮށެވެ.ފައްޅިދެކެ ލޯބިވާކުދިންނަކީވެސް އެއްވެސް އެއްވެސްދީނާބެހޭ ފުރިހަމަ މައުލޫމާތެއް ނޭގޭ ހަވާނަފްސައް އަޅުވެތިވެފައި މީހުންނެވެ.ަ ހާލާތު ބަދަލު ކުރެވޭނިީ އޮށްޓަރު ހުރި ތައުލީމެއް ދީގެންނެވެ

    8
    1
  5. މިއަދު

    މިއަދުގެ ދިވެހިރައްޖޭގެ ސަރުކާރު ހިންގަނީ ކެނެރީގެ މުޙައްމަދު ނަޝީދު ބޭނުންވާގޮތަށް ނަޝީދަކީ ރާއްޖޭގައި ދީނީ މިނިވަންކަންދީ ތަފާތު ދީންތައް ރައްޖޭގައި އޮތުމަށް ހިއްވަރުދޭމީހަކަށްވާތީ ނަޝީދު ބޭނުންވާނީވެސް މިސްކިތްތަކަށް ދާމީހުން މަދުކުރަން އެހެންކަމުން މިއަދު ނަޝީދުގެ ފިކުރު މިގައުމުގައި ދިރި ގަދަވަމުން އަންނަކަން ހުރިހާދިވެހިންވެސް ޤަބޫލުކުރަންޖެހެނެ މިއީ ގޯހެއް

    5
    3
  6. ކަހަނބު 0

    އިލްމުވެރިންނަށްކުޑައިމިސް ބަސްރައްދު ކޮށް ފުރަށްސާރަ ކުރަނިީ ތިބާޖާހިލު ކަން ބޮޑުކަމުންނެވެ

    3
    3