ރާއްޖެ އިން ސްރީލަންކާގެ ކޮލަމްބޯ އަށް ވައިގެ މަގުން ފޮނުވަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

އިއްޔެގެ ވަގުތެއްގައި މި ތަކެތި އަތުލައިގެންފައި ވަނީ ޕާރުސަލްތަކެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށެވެ. ކަސްޓަމްސް އިން ވަނީ އެ ޕާރުސަލްތަކުގެ ތެރޭގައި ހުރި 99 ގުޅަ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ބުނީ، މި މަސްތުވާތަކެތީގެ ބަރުދަނުގައި 38.16 ގްރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 79،200 ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ އެކްސްޓަސީ އަށް ވަނީ ޕޮސިޓިވް ވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މިއަހަރުގެ މިހާތަނަށް ކަސްޓަމްސްއިން ވަނީ ޖުމްލަ 23.686 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

ރާއްޖެ އެތެރެކުރަނިކޮށާއި އަދި ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މަސްތުވާތަކެތި އަތުލައިގަތުން ކިތަންމެ އާއްމު ނަމަވެސް ރާއްޖެ އިން އެހެން ގައުމަކަށް މަސްތުވާތަކެތި ބޭރުކުރަން އުޅެނިކޮށް އަތުލައިގަނެވުމުން މިއީ އާއްމުކޮށް ހިނގާކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަންބޯ

    ތިކަން ކުރާބޮޑުތިކުއްވެރިންގެ ނަނަހާމަކުރަން ނުކެރެނީތޯ ؟؟؟؟ ތީގެކޮމްމެވެސް ސިއްރެއް އެބަވޭހެން ވަރަށްބޮޑައް ހީވެއި

    12
  2. ޖޯކް

    ކޮބާތިމީހުންނަކީ މިގައުމައް ފާވެގެންއުޅޭބަލާއެއް ތިމީހުންގެ ނަންހާމަކޮއްބަލަ ކީއްވެތޯއޭ މިކަން ނުވެގެން ތިއުޅެނީ ؟؟

    12
  3. ނިހާދު

    ކަސްޓަމް މީހުން ވެސް ބޭކާރު ތިކުރަނީ ޓެކްސް ފައިސާ މަޖްލިސް ރައީސް ރުޅި ދުރުވާނެ

  4. ބޮޑުތަކުރުފާނު

    އެޖެންޑާ19ތަފާތުވާނެ

    7
    1
  5. މުހައްމަދު

    ތަހުގާގެއް ނުކުރާނެ.

  6. ދިވެހި

    ރާއްޖޭގައި އުފައްދާފައިހުރި މަސްތުވާތަކެތިތަލަންކާޔައް ފޮނުވަންއުޅުނީ.

    7
    1
  7. ހާލު

    ފުލުހުންނަށް ދުވަހަކު މީހެއްގެ އަތުން މަސްތުވާތަކެތި ނުފެންނާނެ. ފެންނާނީ މަސތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި. އެކަމަކު ކަސްޓަމްސް އިން ފެންނާނީ މަސްތުވާތަކެތި. އެމީހުން ކިހާގަދަ.

  8. ޖ

    މިހާރު އެންމެފަހުންގޮސް ރާއްޖެއިން މަސްތުވާތަކެތި ބޭރުގައުމުތަކައް އެތެރެކުރަން މިފެށީ މިހާރު މެކޮސިކޯވަރުވެއްޖެއެންނުން

    • ޒީރޯއިބޫސުންކަޑަ

      ރާއްޖެއިން މަސްތުވާތަކެތި ބޭރުގައުމުތަކަށް އެތެރެކުރަންފެށީކީނޫން. ބޭރުގައުމުތަކަށް ފޮނުވަންފެށީއޭ ކިޔާބަލަ.

  9. ނުރަބޯ

    ރީނދޫ މި ދައުރުގައި މަސްތުވާ ތަކެތީގެ ރޮނގުން ޖަޒީރާ ރާއްޖެ ކުރިޔަށް ޖެހިލިވަރު ވިސްނާ. މިހާރު މިގައުމު މިއޮތީ މަސްތުވާ ތަކެތި އެކްސްޕޯރޓް ކުރާ ހިސާބަށް ގެންގޮސްދީފައެވެ. އެރޮނގުން މެކްސިކޯ އާއި ކޮލަމްބިއާ އަށްވުރެވެސް ކުރިޔަށް ގެންގޮސްދީފައެވެ. ކިހާބޮޑު އުފަލެއްތޯމީ. މީހަމަ ކެރަފާނަޝީދުއާއި އޭނާގެ އެޖެންޑާ-19 ގެ މަސައްކަތެވެ.

    5
    1