މިދިޔަ ބުރާސްފަތި ދުވަހު ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި އާއިލާ މެންބަރުންގެ ހަނދާނުގައި ގައުމީ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޭސްބުކްގައި ކުރި ޕޯސްޓްގެ ސަބަބުން ވަކިވެގެން ދިޔަ އާއިލާ މެމްބަރުންނަށްޓަކައި އިއްބެ ކުރަމުންދާ ހިތާމަތައް ކޮންމެވެސް ވަރަކަށް އިހްސާސް ކޮށްލުމުގެ ފުރުސަތު އަނެއްކާވެސް ލިބިއްޖެއެވެ.

ލޯންޗް ބަންޑުން ޖަހާލި ހަދިސާގައި ނިޔާވި ނޮޅިވަރަންފަރުގެ ޓީޗަރު ހުސެއިން އަބްދުﷲ އަކީ އިއްބެގެ ބޮޑުބޭބެއެވެ. ނަމަވެސް އިއްބެ ބުނެފައި ވަނީ އެއީ އޭނާގެ "ބައްޕަ" ކަމަށާއި އުމުރުގެ ހުރިހާ ހިސާބެއްގައި، ހުރިހާ ވަގުތެއްގައި ވެސް ބައްޕައެއްގެ ލޯބި އެއްވެސް އުނިވުމެއްނެތި އޭނާގެ ދޮންބެގެ ފަރާތުން ލިބެމުން އައި ކަމަށެވެ.

އަބަދުވެސް ދޮންބެ އޭނާ ގޮވައިގެން މިސްކިތައްދާ ކަމަށާއި ކޮންމެ ދުވަހަކު ސައި ބޮނީ ދޮންބެއާއި އެކުގައި ކަމަށާއި ކޮންމެ ދުވަހަކު ދޮންބެގެ ނަސޭހަތް އަޑުއަހަމުން ދިޔައީ އުފަލުން އިނދެ ކަމަށް އިއްބެ ލިޔެފައިވެއެވެ.

"އަހަރެން ދޮންބެއަށް ތައުރީފް ކުރަން އެތައް ޞަފްހާތަކެއް ބޭނުން ވާނެ. ދޮންބެ ތިއީ ހަޔާތުގެ މައި ތަނބު. ދިރިއުޅުމަށް މުޅި އާއިލާ ވެސް ބަލައިގަންނަ އެންމެ ބޮޑު މިސާލު. މިހެން ދޮންބެގެ ވާހަކަ ލިޔާއިރު ވެސް ހިތް ފަޅައިގެންދޭ." އިއްބެ ލިޔެފައިވެއެވެ.

ޓީޗަރު ހުސައިން އަބްދުﷲ ގެ އަންހެނުން މަރިޔަމް މައުސޫމާގެ ހަނދާންތައް އާކުރަމުން އިއްބެ ބުނެފައި ވަނީ ދައްތަ އަކީ އޭނާގެ "މަންމައެއް" ކަމަށެވެ. ދައްތަ އަބަދުވެސް އޭނާ އަށް ކާންދޭން ދިން އިސްކަން ހަނދާންކޮށް އިއްބެ ބުނީ ދައްތަ އަބަދުވެސް އޭނާ އެގެއިން ނުކާތީ ޝަކުވާ ކުރި ކަމަށެވެ. "ދައްތަ ތިއީ ހިތްހެޔޮކަމުގެ އެންމެ ބޮޑު މިސާލު. ދައްތަ އަހަރެންނާއި އެކީ ތިހޭދަކުރީ ހާދަ މަދުދުވަސްކޮޅެކޭ." އިއްބެ ލިޔެފައިވެއެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ގުރައިޝާ އާއި ބެހޭ ގޮތުން އިއްބެ ބުނީ ގުރައިޝާދައްތަ އަކީ އޭނާ ވަރަށް ގިނަ ކަންކަން ހިއްސާ ކުރެވުނު، ވަރަށް ގިނަ ކަންކަމާއި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރެވުނު، ހިތްހެޔޮ އާއިލާ މެންބަރެއް ކަމަށެވެ.

ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ތިން އަހަރުގެ އީރާ ހަސަން ޝިފާޒް އާއި ބެހޭގޮތުން އިއްބެ ބުނީ އީރާއްކޮ އަކީ އިއްބެ ބޭބެ އާއި އެކު ހާއްސަ ގުޅުމެއް ބާއްވަމުން އައި ކޮއްކޮއެއް ކަމަށާއި ކޮއްކޮގެ ވަކިވެދިއުމުން ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށެވެ.

"އިއްބެ ބޭބެ އެހެން ހުރިހާ އެންމެންގެ ސަންދޯތައް މިސްކިތައް އެރުވި އިރުވެސް އަތްލީމޭ. އެކަމަކު އީރާއްކޮގެ ސަންދޯކުގައި އަތް ޖައްސާލާނެ ހިތްވަރު އިއްބެ ބޭބެ ގަތަކު ނެތް. އީރާއްކޮ މޫނު ވެސް އިއްބެ ބޭބެއަށް ބަލައި ލެވުނީ ކުޑަބޭބެގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެން ހުރެ." ވަރަށް އަސަރާއި އެކު އިއްބެ ލިޔެފައި ވެއެވެ.

އިއްބެ ބުނީ އުއްމީދަކީ ޖައްނަތުލް އަލް ފިރުދައުސް އިން ހުރިހާ އެންމެންނާއި ވެސް ބައްދަލުވުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. maroyab

    thivaahaka thah huhtaalaakah nuveytha

    4
    72
    • އައިސަތު

      ބަލަ އެއީ އާދައިގެ ވާހަކަ އެއް ނޫނޭ.. އާއިލާ އެއްކޮށް ގެއްލި އެ ދިޔައީ.. މީހުން ބުނާތީ އަޑުއަހަން ތިމާ އަށް ވިސްނޭނީ ތިމާ އަށް ވެސް އެފަދަަ ކަމެއް ވާ ދުވަހަކުންނޭ..

      81
      1
  2. އައިޝާ

    ????

    39
  3. ކޮތަރު

    އާނ. އެވާހަކަ ހުއްޓާލާފަ ކޮންމެވެސް މީކަހަކަށް ވަގަށްގޮވާ އަބުރަށް އަރައިގަނޭ. އޭރުން މަރޯޔަބް މެންނަށް ވަރަށް ކަމުދާނެ.

    24
    1
  4. ދެރަ

    ނުހުއްޓޭނެ މިވާހަކަ ތަކެއް... ކިހިނެއް ހުއްޓާނީވެސް... ހާދަ ހިއްދަތި އަސަރު ކުރުވާ ހާދިސާ އެކޭ... ތިހިތާމައިގަ އަޅުގަނޑު ބައިވެރިވަން..

    49
    1
  5. ދިވެހި މީހާ

    ޢެ ޙާދިޘާ ހިނގިތާ ހަތަރު ފަސްދުވަސް ވީއިރުވެސް އެ ހިތާމަތަކާ ދުރެއް ނުވެވުނު. ކޮންމެ ދުވަހަކުވެސް ހާދިސާ ހިނގިގޮތާބެހޭގޮތުން އިތުރު ތަފުޞީލެއް އޮތްތޯ ބަލައިލެވޭ. އެ އާއިލާތަކުގެ މީހުންގެ ހާލު ބަލައިލަން ބޭނުންވޭ. ޢަހަރެންނަށް އެ އާއިލާގެ އެއްވެސް މެންބަރަކާ ދުވަހަކުވެސް ބައްދަލުވެފައެއް ނެތް. އެހެންނަމަވެސް އެ ޢާއިލާ ތަހައްމަލު ކުރަމުންދާނެ ހިތާމައާއި ވޭން އިޙްސާސްކުރެވި ލޮލުން ކަރުނަ އާދޭ. މިއީ އަހަރެން ދަންނަ ހުރިހާ ދިވެހިންގެ ވެސް އިހްސާސްތައް ހުރިގޮތެވެ. މާތްﷲ އެމީހުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާނދޭވެ! ނިޔާވި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.

    61
    2
    • ޢަލީ

      އަސްލުވެސް ކޮއްމެދުހުކުވެސް އެތައްފަހަރަކު އެމީހުންގެ އާހަބަރެއްއޮތްތޯ ހަމަބަލާލެވޭ...މުސްލިމުންނަކީ އެންހަށިގަނޑެއްގެ މިސާލޭބުނާތީ އަހަން...ހާދަޖާހިލުންވެސް އުޅެޔޭދޯ

      17
      2