މާލެއިން ހުޅުމާލެއަށް ދަތުރުކުރި ބަހެއްގެ ތެރޭގައި، އުމުރުން ދުވަސްވީ ފިރިހެނަކު އަންހެން ކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރޭ 9:15 ހާއިރު މާލެއިން ހުޅުމާލެއަށް ދިޔަ ބަހެއްގެ ތެރޭގައި ފިރިހެން މީހާ އިން ސީޓު ޖެހިގެން ހުރި ސީޓުގައި އިން އަންހެން ކުއްޖަކާ ބެހެން އެ ފިރިހެން މީހާ އުޅުނުއިރު، އޭނާ ވަނީ އެ އަންހެން ކުއްޖާގެ ގައިގައި އަތްލާފައެވެ.
މި ހާދިސާ އާއި ގުޅިގެން އެ އަންހެން ކުއްޖާގެ އާއިލީ ފަރާތަކުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އަންހެންކުއްޖާ އެންމެ ފުރަތަމަ އިނީ ފިރިހެން މީހާ ޖެހިގެން ހުރި ސީޓުގައި ކަމަށާއި، ދަތުރު މަތީގައި އޭނާ އެކުއްޖާގެ ގައިގައި ދެފަހަރެއްގެމަތިން އަތްލާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ގައިގައި އަތްލުމަށްފަހު، "ކުރިމަތީގައި ހުރި ސީޓުގައި އިނީ ބައްޕަތޯ" ސުވާލު ކުރި ކަމަށާއި، އެއީ ބައްޕަ ނޫން ކަމަށް ޖަވާބުގައި ބުނުމުން ފަހުން އަނެއްކާވެސް ގައިގައި އަތްލާފައިވާ ކަމަށް ބުނެފައި ވެއެވެ.
ދެވަނަ ފަހަރަށް އެ ފިރިހެން މީހާ، އަންހެން ކުއްޖާގެ ގައިގައި އަތްލުމުން އެއްކައިރިޔަކަށް ޖެހުނުމުން، އެއީ "ސިއްސައިގެން ދޭތޯ ބަލާލީ އޭ" ބުނި ކަމަށް، އެ އަންހެން ކުއްޖާގެ އާއިލީ ފަރާތުން އެ ހާދިސާ ހިނގައިދިޔަގޮތް ޙިއްސާކުރަމުން ބުނެފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ފިރިހެން މީހާ އެގޮތަށް ކަންތައް ކުރުމުން އަންހެން ކުއްޖާ ފަހުން ވަނީ އެހެން ސީޓަކަށް ބަދަލުވެފައެވެ.
މި ހާދިސާގެ މައުލޫމާތު އެ އަންހެން ކުއްޖާ ވަނީ އާއިލާއަށް އެވަގުތު މެސެޖުން އަންގާފައެވެ. އެއާއެކު ބަސް ހުއްޓި ސަރަޙައްދަށް އާއިލާގެ ބަޔަކު ގޮސް އެ ފިރިހެންމީހާ އާއި ސުވާލުކޮށް އޭނާއަށް ނަސޭހަތްތެރިވި ކަމަށް އާއިލާގެ ފަރާތުން ބުނެފައި ވެއެވެ.
އާއިލާގެ އިތުރު ކުއްޖަކަށްވެސް މިފަދަ ހާދިސާއަކާއި މީގެ ކުރިން ކުރިމަތިލާން ޖެހުނުކަން ހާމަކޮށް، ހާދިސާގެ މައުލުމާތު މީސްމީޑިއާގައި ޙިއްސާކުރި ފަރާތުން ބުނެފައިވަނީ، މިއީ ރާއްޖޭގައި ވަރަށް ގިނަ އާއިލާތަކުން ކުރިމަތިލާން ޖެހިފައި އޮތް މައްސަލައެއް ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާއި އަޅާނުލެވި ދޫކޮށްލެވުމުގެ ސަބަބުން، އެކަމުގެ ދެރަ ކުޑަކުދިންނަށް ލިބެމުންދާ ކަމަށް އޭނާ ލިޔެފައިވާ ޕޯސްޓުގައި ބުނެފައި ވެއެވެ.
ރޭގެ ހާދިސާގައި އުމުރުން ދުވަސްވީ ފިރިހެންމީހާ ބެހެން އުޅުނީ ކޮން އުމުރެއްގެ އަންހެން ކުއްޖަކާއި ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް އެކުއްޖާ އާއި ބެހެން އުޅުނު ފިރިހެން މީހާގެ ފޮޓޯއެއް، މިކަމާއި ގުޅިގެން ލިޔެފައިވާ ޕޯސްޓާއެކު އާންމުކޮށްފައި ވެއެވެ. މި މައްސަލަ ފުލުހުން ބަލަމުންދާ ކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ އާއި ގޯނާކުރާ މައްސަލަތައް ރާއްޖޭގައި ވަރަށް ގިނައިން ފެންމަތި ވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގައި ކުޑަކުދިންނަށް އޮންނަ އަމާންކަމާއި ރައްކާތެރިކަން ކުޑަވެ އާއިލާތަކަށް ބޮޑެތި ކަންބޮޑުވުންތަކާއި ކުރިމަތިލާން ޖެހެއެވެ.
އަލް ޤައިދާއިން ހުޅުމާލޭގައި ހިންގާ ކަމެއް ތިއީ!
ނޫނޭ އަންހެން ވެރިންނަށް އެކަނި ކަންކަން ވާނެ. ފިރިހެނުން އުޅޭހާ ގޮތަކަށް އުޅެންވެސް އުޅެވޭނެ، ކުރާހާ ކަމެއްވެސް ކުރެވޭނެ.
ފިރިހެންމީހާ އެކުރީ މާ ރަނގަޅު ކަމެއް ދޯ
ޢިސްލާމް ދީނުގަ ބަސްދަތުރު ކުރުން އަންހެނުނަށް ހަރާމް ކަމެއް އެގޭމީހަކު ބުނެދީބަލަ. 3 ދުވަހަށްވުރެ ދިގު ދަތުރުގަ މަހުރަމެއް ހުންނަންޖެހޭކަމަށް އެގިފަ އިންނަނީ
ތިކަމުގައި ކޮބާތޯ ސިދާތާގެ ބަހަކީ؟ ހައްލަކީ ބެޑްޝީޓްތޯ
ބަސް ތެރޭ ދިމާވާ ހާދިސާ ތަކާ ގުޅޭ ގޮތުން ގުޅޭނެ މޯބައިލް ނަންބަރު އެއް މިހުންނަށް ފެންނަ ގޮތައް ބަހައްޓަން ވީއެވެ.
ކަމަކާނުލާ އަތެއް ނުލާނެ. ކޮސް ވާހަކަނުދައްކާ.
އިސްލާމްދީނުގައި ހަރާމްކަމެއް ހިލޭ އަންހެނުން ގައިގައި އަތްލުމަކީ. ކިޔާނުކިޔާއެއް ނޭނގި ކޮސް ވާހަކަނުދައްކާ.
ދީން ފެންނަނީ ކަލޭ ބޭނުންވާ ކަން ކަމަށް އެކަނިތަ؟ ހިތް ނުރުހޭ ކަމެއްވިއްޔާ ހައްދުފަހަނައެޅީ. ނޫނީ ކަޓުމުއްލާ ވީ. ފުރަތަމަ މަހުރަމަކާ ނުލާ އަންހެނާ ދަތުރު ކުރުމުގެ ހުކުމް ބުނެދީބަލަ! މާއިނގޭ
ތިކަމާ ބެހޭ ކޮމެޓީއެއް ހަދާފަ، ކޮމެޓީ އެންމެންގެ ބޯނިވާވާގޮތަށް ބެޑްޝީޓެއްއަޅާފަ، އައިއެސްގެ މާލޭ ގޮތްޕާ ހަވާލުކޮށްފަ، މަޖިލީހަށް މައްސަލަވައްދާ.
ބެހުނީމަ މިފެންނަނީ ބެހޭތަން. އަންހެނުންވެސް ރަނގަޅުކުރަންޖޭހޭ ކަންކަން އެބަހުރި، މިސާލަކަށް ހެދުންއެޅުމާއި، ރިވެތި އަހްލާގް ބޭރުތެރޭގަ ހިފެހެއްޓުން،. ދެން ބުނާނެ އަމިއްލަ މިނިވަން ކަމޭއެއީ. އެހެންވެއްޖެ ކަމަށްވަނީޔާ ބެހުނުމީހާވެސް އަމިއްލަ މިނިވަންކަން އެއީ.
ޥަރަށް ބޮޑު ތެދެއް
ހަދންވީގޮތަކީ ކޮންމެގަޑިޔަކުވެސް އޮންނަންވީ ދެ ބަސް، އެއްބަހަށް އަންހެނުން އަނެެއްބަހަށް ފިރިހެނުން. ނޫނީ ބަހުގެ ދެފަޅީގަ ދެޖިންސް ތިބެންވީ.
ބަނޑުފެންނަ، ފައިގެ ފަލަމަސްގަނޑު ފެންނަ، ކަރުވަޅުފެންނަ، ތުނި، އެތެރެ ފެންނަ ހެދުން ލަންޏާ، .
އެެެންވެ މަހުރަމަކާއެކީ ނޫނީ ދަތުރުނުކުރަން އޮންނަނީ
ތަނާއިގުޅޭނެ ނަމްބަރުތައް ބަސް ސްޓޮޕް ތަކުގައި ހުންނަ ޕޯސްޓަރުތަކުންވެސް ލިބެން ހުންނާނެ އަދި ފޭސްބުކް ޕޭޖްގައިިވެސް ހުންނާނެ
ކޮބައިތޯހެކި ހަމަބުންޏޭ ބުންޏޭ ކިޔާފަވެސް ވާހަކަ ދެއްކިދާނެ
ފުލުހުން މެދުވެރި ކޮށް ނުވަތަ ނުކޮށް ވެސް ހާދިސާގެ ހަގީގަތް ޔަގީން ކަމާއެކު އަދި ހެއްކާއި އެކު ހޯދުން ވަރަށް މުހިއްމު،އަދި މިހިދުމަތް ރަނގަޅު ގޮތު ގައި ، ހިމާޔަތާއި ރައްކާ ތެރިކަން ކަށަވަރު ކުރުމު ގެ ގޮތުން ބަހު ގައި ދަތުރުކު ރާ އެއްމެހާ ފަރާތްތަކު ގެ އެއްބާރު ލުން އަޅުގަނޑުމެން ޓީމަށް އަށް ބޭނުންވޭ؛؛؛
މިފަދަ އަމަލު ތައް ފުލުހުން މެދުވެރި ކޮށް ކުރި އަށް ގެން ދިއުމަށް ތި އެއްމެހާ ފަރާތުން ވަގުތުން އެބަހެއް ގައި ހުންނަ މުއައްޒްފުން ގެ އެހީ ގައި ގޯސް އަމަލު ހިންގި ފަރާތް އައަޑެންޓިފައި ކޮށްދިނުމު ގައި އެހީ ތެރިކަމެއް ދެއްވަވާ.
ޢިސްލާމް ދީނުގަ ބަސްދަތުރު ކުރުން އަންހެނުނަށް ހަރާމް ކަމެއް އެގޭމީހަކު ބުނެދީބަލަ. 3 ދުވަހަށްވުރެ ދިގު ދަތުރުގަ މަހުރަމެއް ހުންނަންޖެހޭކަމަށް އެގިފަ އިންނަނީ
އަންހެން ދަރީންނަށް ދަސްކޮށްދޭންޖެހޭ އެގޮތަށް މީހަކު ބެހެފިއްޔާ ހުށިޔާރު ވާން
އަބަދަކު މައިންބަފައިން ކައިރިއަކު ނުތިބޭނެ
ބޮނޑިއެއް އެޅިނަމަ
ދައްކާނީ ޕާޓޭންގެ ނުބައިވާހަކަ ބައެއް މުސްކުޅިންގެ ކަންތައް ވަރަށް ބޮޑު
ރާއްޖޭގައިވެސް އޮފީސްތަކުގައި އަދު ބަސް ފަދަ އިށީދެގެން މަޑުކުރަންޖެހޭ ތަންތަނުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކީން އިށީދެވޭގޮތަށް ހަމަޖެއްސުން މުހިންމު