ޓްރީ ޓޮޕް ހޮސްޕިޓަލްގެ މުވައްޒަފުންތަކެެއް ކާނާ ވިހަވެގެން ފަރުވާ ދޭން ޖެހުނު ކަމަށާއި އެކަން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކެންޓީނުން ކެއި މުވައްޒަފުންތަކެއް ކާނާ ވިހަވީ މިދިޔަ ހަފްތާގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހުރިހާ މުވައްޒަފުންގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށާއި އެކަން ދިމާވި ސަބަބު ބަލަމުން އަންނާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

"ދެ ތިން އިންސިޑެންޓެއް ހިނގި މިދިޔަ ހަފްތާގައި. އެކަން ބަލައި ނިމުނީމަ ދެއްތޯ އެއްޗެއް ބުނަން އެނގޭނީ،" ޓްރީ ޓޮޕް އިން ބުންޏެވެ.

ޓްރީ ޓޮޕް އިން ކާނާވި މުވައްޒަފުން މައުލޫމާތު ސިއްރު ކުރަން އުޅޭކަމަށް ބުނެ މީސް މީޑިއާގައި ބައެއް މީހުން ފާޑުކިޔާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޓޯ

    ޕިސް ޕިސް ޕިސް ޕުސް.. ލޮލް.. އެންމެ އަގުބޮޑު ހޮސްޕިޓަލްގެ ފެންވަރުދޯ ؟؟

    2
    7
  2. އަލީ އިބްރާހިމް

    އަގުބޮޑް ހޮސްޕިޓަލްގެ ހިދުމަތް ކަމަކުނުދޭ ޑޮކްޓަރަށް ދައްކަން ދިޔަސް އެހާގިނައިރުން މެމޯވެސް ހެދެނީ ދިގުކުއުގަ ހުރެގެން އަދި ރަޖިސްޓްރީ ވެލަންވެސް ކިއުގަ 1 ގަޑި އިރު ހުންނަންޖެހުން
    އައިޖީ އެމް އެޗް އަށް ވުރެ ހިދުމަތް ގޯސް ދާވަރުތަނެއްނޫން..

    1
    3
  3. ލައިސް

    އިޓް ވޯސް 30 ޕްލަސް ސްޓާފްސް