މިހާރު މި އޮތް ފުލުސް އޮފީހަށް މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަރުގެ މައްސަލާގައި އިތުރު ކުރިއެރުމެއް ނުހޯދޭނެކަމަށް ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި މަރު ކޮމިޝަނުން މަޖިލީހަށް ފޮނުވި ރިޟްވާންގެ މަރުގެ ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މިހާރު މި އޮތް ފުލުސް އޮފީހުންވެސް އަދި މިހާރު މި އޮތް ކޯޓުތަކުންވެސް މިކަމުގައި އިތުރު ކުރިއެރުމެއް ނުހޯދޭނެކަމަށް މަރު ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި..ކޮމިޝަންގެ ރައީސް ދެކެވަޑައިގަންނަވަނީއޭ ދެން އިތުރަށް ބާއްވައިގެނެއް ފުލުހުން މިކަމަށްކޮށްދޭނެ ތަހުގީގެއް ނެތޭ. އަދި ރިޕޯޓްގައި ވަރަށް ސާފްކޮށް އެބަ ބުނޭ ފުލުސް އޮފީހުގައި މި މައުލޫމާތު ތާ އަބަދަށް ފެށުނީއްސަުރެ ފަށައިގެން އޮތޭ، ލިބިފައޭ އޮތީ، ކުރީގެ ހޯމް މިނިސްޓަރުވެސް ވަރަށް ސާފްކޮށް ވިދާޅުވި، މި ހުރިހާ މައުލޫމާތެއް، އެބަހުއްޓޭ.... އެހެން ނަމަވެސް އެ ބޭފުޅުންގެ މައްޗަށް އަމަލުނުކުރެއްވީ". ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެންނަ ގޮތުގައި، ކޮމިޝަންގެ ރިޕޯޓް މިގޮތަށް ހުލާސާކޮށް ނަންތަކާއި އެކުގައި މިތަނުގައި ގެނެސް ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އެ އެދިވަޑައިގަންނަވާ ސަބަބަކީ އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި، ދެން އިތުރަށް މިހާރު މި އޮތް ފުލުސް އޮފީހުންވެސް އަދި މިހާރު މި އޮތް ކޯޓުތަކުންވެސް މިކަމުގައި އިތުރު ކުރިއެރުމެއް ނުހޯދޭނެ ތީ ކަމަށެވެ.

"އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ ކިބައިން އެދެން މިކަމާއި ވިސްނަވާއިރު، ބަހުސްކުރައްވާއިރު، މައުލޫމާތު ހޯދަވާއިރުވެސް އަޅުގަނޑު މި ދެންނެވި ނުކުތާތަކަށް ވިސްނަވަން". ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އައިމަނު

    ނަޝީދު ކަލޭ 24 ގަޑިއިރު ސިފައިންގެ ހިމާޔަތުގަ ހުއްޓަސް ހެކިބަސް ދިން ފަރާތްތަކުގެ މައުލޫމާތު އޮތް ރިޕޯޓު ތި ހަވާލުކުރީ ރައީސް ޔާމިނުގެ ދައުރުގަ ތަހުގީގު އޮޅުވާލާ ޑައިވާޓްކުރަން ވާގިވެރިވި މީހުންގެ އަތައް! އެމީހުންގެ ފުރާނަ ނުރައްކަލަކަށް ތި ވައްޓާލީ! ކަލޭގެ ސިކުނޑި މަސައްކަތް ކުރޭތަ؟ އަބަދު ހިއްޕަވާގެން ހުރެ ކުރާ ކަންތައް ތިހުންނަނީ! ރައީސް އިބޫ އެބަޖެހޭ ނަޝީދު ސައިޒުކުރަން! މީނާ ހިތުން ދައުލަތް ހިންގަނީ މީނާ! އިސްތިއުފާދީ ނޫނީ މި މަކުނު މަޖްލިސް ރައީސްކަމުން ވަކި ކުރަންޖެހޭ

    62
    5
  2. ީކީ

    ދޮގުހަދާ ބަޔަކު ހިންގާ ސަރުކާރެއްގައި ދޮގުވެރިން ލައިގެން އުފައްދައިފައިވާ މަރުގެ ކޮމިޝަނެއްގަައި އެތަކެއް އަހަރަކަށްފަހު ހެކިންގެނެސް ދޭހެކިބަހަކީ ތެދަކަށްވާނޭކަމަށް ހަމަ ބުއްދިބޭނުންކޮށްގެން ގަބޫލުކުރެވޭނެހެނެއް ހިޔެއްނުވޭ. އެކޮމިޝަނުގެ ރައީސްވެސް މިމަރާގުޅޭގޮތުން އެކިފަހަރު އެކިގޮތްގޮތަށް ރިޕޯޓްނެރޭ. މިހާރު ރައްޔިތުންނަށްވެސް އެނގެންޖެހޭނެ ހުސްނުއް ސުއޫދަކީ އަންނިއާއި އެއްފެންވަރަކަށް ޑްރާމާކުޅެ ދޮގުހަދާ މީހެއްކަން.

    51
    4
  3. ޢަޅުގަނދު

    މީނަ އަށް ފުލުސއ ވަޒީފާ ދީބަލަ.. ހީވަނީ މުޅި ގައުމުގަ ވާ ހުރިހާ ކަމެއް ކުރެވޭ ހުރިހާ އެއްޗެއް އެނގޭ މީހަކީ މީނަހެން

    55
    5
  4. ހުސްނޫގޭ ބަޖިޔާ

    ކަލޯދެން ދައުލަތައް ލިބޭހާ އެއްޗެއް ހަރަދުކުރަން ކީއްކުރަން ބަހައްޓާތަނެއް ތިފުލުސް އޮފީހަކީ. ހުރިހާ ފުލުހުން ވަޒީފާއިން ވަކިކޮށް ފުލުސް އިމާރާތުގެ ނަންބަދަލުކުރަންވީ ހުސްނުވީސާއަށް. ދެން އެތަނުގަ ހުސްނުއްސުއޫދު ބޭންދީމަ ތިޔަހުރިހާ ޕޮލިހުން ކުރާކަމެއް ވީއެއްނު.

    34
    3
  5. Anonymous

    މިއުޅެނީކީ އެއްވެސް މީހަކައް އިންސާފް ހޯދައިދޭކައް ނޫން. މިއުޅެނީ މުރުތައްދެއް ގެއްލިގެން އެކަމައްޓަކައި. ދެން އެކަންވާނީ ގެރި ރޭޕިސްތާންގެ ގެރިންނައްތަ

    43
    2
  6. ާާާޢަލީ

    ޢަނެއްކާ އަނެއްބަޔަކާ ބެހެންފެއްޓީ ތިހެން ތެޅެނިކޮއް ވެރިކަމުންވެސް ވެއްޓުނީ...

    42
    1
  7. ހުވަދޫ ޑޮކް

    އެވިދާޅު އެއްޗެއްގެ މާނަ ފުންކޮށް ވިސްނާލަމާ

    28
    3
    • މުހައްމަދު

      ވަރަށް ސާފު.. ރާއްޖޭގެ ސަލާމަތީ ބާރުތައް ކޯޓްތައް އުވާލަންވީއޭ އަދި އިންޑިއާ އާއި ސަލާމަތީ ކަންކަން ބެލެހެެއްޓުން ޟަރީއަތް ހިންގުން ހަވާލުކުރަންވީ އޭ.. މިދެން އަޅުވެތި ވުން ނުން ކޮންކަމެއް. މިކަމަަށް މަގު ފަހި ކުރުމަށް ވެރިކަމަށް އައިސް އެއްގައުމުން އަނެއް ގައުމަށް ޖިނާއީ ތަހުގީގު ތަކުގައި އެއްބާރުލުން ދިނުމާއި ބެހޭ އެއްބަސްވުން ތަކެއްގައި ސޮއިކޮށް ނިންމީ. އަދިވެސް ހަމަ ކިޔަންވީ މީ މިނިވަން ގައުމެކޭ

      13
      3
  8. Anonymous

    ދެން ކަލޭގެ ގޭގަ ސަދޫމް ކޯޓް ހަދައިގެން ހުކުމް ކުރަންވީނު.

    43
    2
  9. ބަރުގޮނު

    މަޖްލިސް މެމްބަރުން ކަންކަމާ ވާހަކަ ދައްކަވާއިރު ޚިޔާލު ބަހައްޓަންވާ ގޮތްވެސް ބުނެދެނީ ނަޝީދު. ފުލުހުންނަށް އެއްޗެއް ނުހޯދޭނެކަންވެސް އެގެނީ ނަޝީދަށް. ކޯޓްތަކަށް އިތުރަށް ސާބިތުކުރެވޭނެ ނުވަތަ ސާބިތުވާނެ އެއްޗެއްވެސް ނޯންނާނެކަން އެގެނީވެސް ހަމަ ނަޝީދަށް. މީ ޑިމޮކްރެސީ....؟؟؟؟

    12
    2
  10. ލީމަން

    ކޮބައިތޯ 3 ބާރު.. މިހާރު މިފެންނަނީ މުޅި ގައުމު އެކެއްގެ މުށުތެރޭގައި ވާތަން

    މީނާ ދޯ 3 ބާރު ނުލިބިގެން އުޅުނީ.. ހަމަ ކިރިޔާ ހިރިލެވޭ ވަރުވާއިރަށް ގޮށްމުށް ތެރެއަށް ހުރިހާ ބާރެއް އެއްކޮށް ޖަމާކުރަނީ..މިހާރު

    ޖުޑިޝަރީ އަކީ އަންނީ
    ވެރިކަން ކުރާބާރަކީ އަންނި
    ގާނޫނު ހަދާ ބާރަކީ އަންނި
    ދިފާއީ ބާރަކީ ވެސް ހަމަ އަންނި..

    މީނާ އަވަހަށް ބޭރުކުރޭ.. ނޫނީ މިގައުމު ދުވަހަކުވެސް ސަލާމަތް ނުވާނެ..

    މިހާރު ބޭރު ގައުމުތަކުން ދިވެހިރާއްޖެއަކީ ދެވަނަ އިސްލާމިކް އައިއެއްސް އަށް ގަބޫލުކުރެވޭ ފެންވަރަށް އެކަން ކޮށްފި
    މީހުން މަރާ.. ފޭރޭ.. މީހުންވަގަށް ނަގާ.. ޕްލޮޓް ރާވަނީ މިސްކިތުގައި.. މީ އަންނީ ދިވެހިރާއްޖެ އިޝްތިހާރު ކުރާގޮތަކީ...؟

    އަދިވެސް ހޭލާކަށް ނުވޭތޯ ދިވެހީން...؟

    16
    2
  11. ފީދޮންކެޔޮ

    ނަޝީދުގެ ވާހަކަތަ ތަރުޖަމާ ކުރާނެމީހަކު ބޭނުންވެއްޖެ... ނަޝީދު ބުނިކަމަށް އަހަންނަ ތަރުޖަމާކުރެވުނީ ފުލުހުންގެ މުއައްސަސާ އުވާލަން ހިޔާލަކަށް ނަޝީދު އެހިކަމަށް މެމްބަރުންގާތުން.. ކުރިންވެސް ހުސްނުއްސޫދުމެން ބުނެފަވަނީ ތިމަންނާމެން އެދޭ ވެރިކަމެއްގަ ފުލުހުންގެ މުއައްސަސާއާ މނޑފ އާ އުވާލާފަ މާސިޓީ ކައުންސިލްގެ ބެލުމުގެދަށުން ވަކި ޔުނިޓެހަދާފަ ބާއްވާނެ ވާހަކަ.. މިއީ މިކަންކުރަން ޖަހާ ފުރަތަމަ މޮހޮރު.. މސ ހަމީދު ފުލުހުންގެ ހިމާޔަތުގަ ކީއްބާކުރަނީ... އިމުރާނު ކަލޭގެ ދޫ ކޮބައިތަ މިހާރު... މިއީ ޔަހޫދީ ނުބައި ބަޔަކު ހިންގާ ގެރި ސަރުކާރެ..

    11
    1
  12. ދޮގެއް؟

    ކޮންމެ ބަޔަކު ހޯދިޔަސް ހޯދީމަ ނިމުނީނު. ކަލޭ ހޯދަބަލަ މަކުނެއްހެން ގޮނޑިއަށް އަރާ ޗޯބާލަން ނީނދެ. ކަލޭވެސް ކާ ލާރިއެއް މަދެއް ނޫނެއްނު ހައްދަވައިގެން ކަމަކާނުލާ.

    11
    1
  13. އައްޑޯ

    ރަަގަޅު ވާހަކަ އެއް
    ނަވީނު އާއި އަބްދުﷲ ޝަރީފު މީހަރުން މިހާރަށް ވަކިކުރޭ.

    6
    1
  14. ާައަސްލަމް

    މަގުމަތީ ކޯޓް ހަދައިގެން ކާމިނީގެ ދައުލަތަށް ނެގިހެން ފުލުސްއޮފީސް މަގުމަތީހަދައިގެން ތިމައްސަލަ ނިންމާބަލަ

    9
    2
  15. އަލީ

    މިދަނީ ލޭއޮހޮރުވުމަކާ ދިމާލަށް. އެއްފަރާތުގަ ލާދީނީ ފިކުރު. އަނެއްފަރާތުގަ ދީނީ ހަރުކަށި ފިކުރު. ދެފަރާތް ވެސް އެހާ ބާރުގަދަ.

    6
    1
  16. އަހުމަދު

    ފުލުހުންނާއި ބެހެންޏާ ކުރިން ވީހެން އަމިއްލަ އަށް މެންބަރުކަމުން އިސްތިއުފާ ދޭން ޖެހިދާނެ އޭރުން ގޮޅީގައި އިންނަން ޖެހޭނީ....ފުލުހުން ތިބީ ވަރަށް ރުޅިގަދަ ވެފައި ތިޔަ މައްސަލާގައި

    8
    1
  17. ހަފްސާ

    ރިލުވާނުގެ މަރުގެ މައްސަލާގައި ދެން ކޮން ކުރިއެރުމެއްތޯ ނުލިބިގެން މިއުޅެނީ. މިހާރު އާންމުވެފައިވާ ރިޕޯޓުން އެނގޭގޮތުގައި ތަހުގީގަށް ބަޔާން ދިން ސިއްރު ހެކިވެރިޔާއަށް ހުރިހާ ކަމެއް ލޮލުން ފެނުނު ނުވަތަ ހަމަ އެފަދަ. ދެން އެއޮތީ އެކަން އެނގޭކަށްނޫންތޯ. އެހާވަރަށް ސާފުކޮށް ހުރިހާކަމެއް އަލިފުންޔާއަށް ކިޔައިދެވޭ ހެކިވެރިޔާ އަނެއްކާ ތިކަމުގައި ބައިވެރިނުވޭބާ؟!! ހަމަ ގައިމުވެސް ބަޔަކު ތިޔަފަދަ ކަމެއް ކުރާނީ ވަރަށް ސިއްރުން، އެހެން ކަމަށްވަންޏާމު ޝަހާދަށްލައިދިންކަން ބުނެދޭން އެނގޭ ހެކިވެރިޔާއަކީ ތިޔަ ޖަރީމާގެ ބައިވެރިއެއްކަމަށް ވަރަށްބޮޑަށް ބެލެވޭ.

    8
    1
  18. ހުސައިން

    އެހެންވީމަ އަނެއްކާ ތިޔަ ކޮމިޝަނަށް ހުކުމްކުރުމުގެބާރުދީފަ ކޯތުތަކާއި ފުލުސް އޮފީސް އުވާލަންވީ ނުން. ޤައުމަށްވެސް ފައިދާވާނެ ގައިމު. ޢެރުން ތިޔަ ކޮމިޝަންގައި ހިމެނޭ 5 ވަރަކަށް މީހުންނަށް މުސާރަ ދިނީމަ ނިމުނީ . އޭރުން ދައުލަތަށް ކިހާ ބޮޑު ސޭވެއްކުރެވޭނެ.

  19. ފުލުސްއިންޓަރގުރިޓީ

    ދިވެހި ފުލުހުންނަށް ދުއްތުޜާ ޖެއްސުމަށް ސިއްރުހެކި ބޭޒާރުކުރުމާއި ،ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލުމަށް ބޮޑުވަޒީރަކު މި ކުރާ މަސައްކަތް ވަގުތުން ހުއްޓުވަން ޖެހޭ.ފުލުހުންގެ ގަދަރު ކުޑަވާގޮތަށް ވާހަކަ ދައްކާިރު ފިޔަވަޅޫ އަޅާނެ ކަަމަށް ދޭތެރެދޭތެރެއިން ނޫސްބަޔާން ނެރޭ.މި ކަމަށް ވެސް ބަޔާން ނުނެރެ ފިޔަވަޅު އެޅެންޖެހޭ ނޫންތޯ.ބަލަ ތި ވައްޓާލެވޭނީ ގައުމުގެ އަގު.ތިމާގެ އަގު މަތިކުރަން ،މަ ބޮޑުވާހަކަ ދައްކަނީ.ތި ތަހުގީގުން ދައުވާކުރެވޭ ވަރަށް އެބަހެކި ލިބޭތޯ.

    10
  20. 1111

    ފުލުހްުންގެ ތެރޭގައިވެސް ގިނައީ އެކިކަހަލަ ކުށްތަކަށް އަރައިގަން މީހުން. އެމިހުންގެ ތެރޭގައި އަދި އާންްމުންގެ ތެރޭގައިވެސް ހަޑިހުތުުރު ދަށުދަރަޖައިގެ ބަހުން މުހާތަބް ކުރުމާއި، އަނިޔާ ކުރުމާއި، ބައެއްކަހަލަ މަރާމާރީ ހިންގުމާއި،
    މަސްތުވާތަކެތީގެ ޑީލްތައް ކުރުމާއި، ރިޝްވަތުކެއުމާއި މިފަދަ އެތައްކަމެއް. އެތަަނަށް މީހުންް ވެއްދުުމުގައިވެސް ގޮތެއްްް ފޮތެއް ނުހުރޭ! ފުރަތަމަ ކަމަކަށްް ތިތަން އިސްލާހު ކުރަންވީ!

    7
    1
  21. މަރޭ

    މިދެން ދިވެހިންނަށް ޖެހިފަ އޮތް ކިހާބޮޑު ވަބާއެއްތަ....

  22. ސަޓޯ

    އަންނި ކަލޭވާ ރަގަޅު. އެމް.ސީ ހަމީދުއަށް ފެންދީފަ ކަރުއޮޅާލީ ތިޔާ

  23. ބިސްބޮންގޮންގް

    ދެން ކަލޭގެ އާއިލާމީހުންތައް ފުލުސް އޮފީހާ ހަވާލުވާންވީނު؟ ކަލޭ ބައްޕަ ކޮމިޝަނަރަކަށް، އިންޓެލް ހެޑަކަށް ނާޒިމް ސައްތާރު، ލައިލާ ކްރިމިނަލް ޑިޕާޓްމަންޓުގެ ހެޑަކަށް، ޑީއީޑީ އާ ހަވާލުވާނީ ސީދާ ކަލޭ، ދެން ހުރި އިސްމަގާމުތަކަށް ސިއްކަ އާއިލާގަ މިހާރު ސަރުކާރުގެ މަތީ ވަޒީފާއެއް ނުދީ ތިބި އެންމެން! މިގޮތް ކަމުދާނެތަ؟

  24. ދައިތަ

    މާނައަކީ ހަމީދަށް އެކަމެއް ނުކުރެވޭނެއޭތޯ ރައީސް؟