މަރުތަކާއި ބެހޭ ކޮމިޝަން އިން ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލަާގައި ނެރުނު ރިޕޯޓްގައި ހުރި ހުރިހާ މައުލޫމާތެއް ފުލުހުންގެ އަތުގައި ކުރިން ހުރި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ، މިއަދު އޮތް ރައްޔިތުންގެ މަަޖިލީހުގެ ޖަލްސާގައެވެ.

ނަޝީދު ވިދާޅުވީ، ކޮމިޝަންގެ ފަރާތުން މައުލޫމާތު ދިނުމަށް މިހާރުގެ ފުލުސް އޮފީހުގެ އިންޓަލިޖެންސް ޑިޕާޓްމެންޓުގައި އެދުމުން ނުދޭ ކަމަށެވެ. އަދި މި ރިޕޯޓްގައި އިންޓަލިޖެންސް ބޭފުޅުންނާއި، ފުލުހުންގެ އިސް އޮފިޝަލުން އެކަމަށް ޒިންމާ ވާން ޖެހޭނެ ކަމަށް ވިދާޅުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގައި....ކޮމިޝަންގެ ރައީސް ދެކެވަޑައިގަންނަވަނީއޭ ދެން އިތުރަށް ބާއްވައިގެނެއް ފުލުހުން މިކަމަށްކޮށްދޭނެ ތަހުގީގެއް ނެތޭ. އަދި ރިޕޯޓްގައި ވަރަށް ސާފްކޮށް އެބަ ބުނޭ ފުލުސް އޮފީހުގައި މި މައުލޫމާތު ތާ އަބަދަށް ފެށުނީއްސަުރެ ފަށައިގެން އޮތޭ، ލިބިފައޭ އޮތީ، ކުރީގެ ހޯމް މިނިސްޓަރުވެސް ވަރަށް ސާފްކޮށް ވިދާޅުވި، މި ހުރިހާ މައުލޫމާތެއް، އެބަހުއްޓޭ.... އެހެން ނަމަވެސް އެ ބޭފުޅުންގެ މައްޗަށް އަމަލުނުކުރެއްވީ". ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވިއިރު، ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު މިދިޔަ އަދީއްތަ ދުވަހު ހާމަކުރި މައުލޫމާތުތަކަކީ ކޮމިޝަނުން "އަލަށް ހޯއްދެވި ކަންކަމެއް ނޫން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ އެރޭ ވިދާޅުވެފައެވެ.

އުމަރު ނަސީރު ފޭސްބުކުގައި މިކަމާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރުގެ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ހާމަކުރެއްވި ވާހަކަތަކަކީ ފުލުހުންގެ ތަހުގީގަށް ކުރިންވެސް ހޯދާފައިހުރި މައުލޫމާތުތަކެއް ކަމަށެވެ.

މަރުގެ ކޮމިޝަނުން ހާމަކުރައްވާފައިވާ މައުލޫމާތުތަކުގެ އަލީގައި، މިއަދު ވިދާޅުވީ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ތަހުޤީޤުކުރެވިފައިވާ ކަމަށެވެ. އަދި ހަމަ އެހެންމެ މައްސަލަ ޝަރީޢަތަށް ފޮނުވުނު ކަމަށާއި، ނަމަވެސް ޝަރުޢީ ކޯޓެއްގައި ސާބިތުކުރާ ވަރުގެ ހެކި ނެތުމުން މައްސަލަ ސާބިތުވެފައި ނުވާ ކަމަށެވެ.

އުމަރު މިގޮތަށް ވިދާޅުވިއިރު، ހުސްނުއްސުޢޫދު ވިދާޅުވެފައި ވަނީ އެ މައުލޫމާތުތަކުގެ އަލީގައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދަޢުވާ އުފުލައި ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

އުމަރު ނަސީރު ވިދާޅުވީ، "އަޅުގަނޑުމެން ހޯދި ހެކި ނޫން އިތުރު ހެއްކެއް ލިބިފައިވާ ނަމަ" އަވަހަށް މައްސަލަ އަލުން ޝަރީޢަތަށް ފޮނުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރިޟްވާން މައްސަލާގައި ތަހުގީގަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނަށް ބަޔާންދިން މީހަކު ބުނީ، ރިޟްވާން ދޯންޏަކަށް އެރުވުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލުމަށް ފަހު ހަށިގަނޑު ކަނޑުފައްތާފައި ކަމަށެވެ.

ރިޔާސީ ކޮމިޝަން ރިޟްވާންގެ މަރާއި ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އާއްމުކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ ކޮމިޝަނަށް ދިފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޟްވާން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އުކުޅަހު ދޯންޏަކަށް ކަމަށެވެ.

"މި ދޯންޏަށް އެރުވުމަށްފަހު ރިޟްވާންގެ ކަރު ބުރިކޮށްލީ އެވެ. ބޯ ބުރިކޮށްލުމަށްފަހު، އެ މީހުން ރިލަވާނުގެ ހަށިގަނޑު ކަނޑު ފެއްތީއެވެ." ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޟްވާން ދޯންޏަށް އެރުވީ، ރަތް ކާރުގައި ގޮސް ރިޟްވާން ކިޑްނެޕްކޮށްގެން އަތިރިމައްޗަށް ގެނެސް ޑިންގީއަކަށް އަރުވައިގެން އެ ދޯނިކައިރިއަށް ގެނެސް ގެންކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސައުދު

    މަރެއް ސާބިތުކުރެވޭވަރަށް ހެއްކާ ޤަރީނާނެތީމަ ސުޢޫދު ވެސް ބުނެފަ އެބައޮތް ކަނޑު އުޅަދަކަށް ގެންގޮސް މަރާލީކަމަށް އެކަމަކުހެކިންގެ ހެކިބަހުގަ ފުށުއެރުމެއް ހުރި ކަމަށާ އެކަން ކަށަވަރު ކުރަން ޖެހޭ ކަމަށް އެކަން ކަށަވަރު ނުކޮށް ކިހިނެއް މަރު ސާބިތު ކުރީ

  2. ޝާހް، ރ.ވާދޫ

    މިކަލޭގެ ބޭނުނީމަ އެހެން ބައެއްގެ ބޮލަށް ކަނޑާލަނީ.. ތީ ހަމަ ފައްކާ މުނާފިގެއް.. ކޮންމެ ކަމެއްގަ ބިރަކާނުލާ ކޮންމެ ފަދަ ދޮގެއްވެސް ހަދާފާނެ ޝައިތާނެއް..

    24
    1
  3. ކެކެކެ

    ހަހަހަ މިކަހަލަ ކޮންމެ ކަމެއްގަ މިބައިގަނޑު އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާތަން ފެނުނީމަ ހާދަ މަޖަލޭ. ވަރަށް ފައްކާ.

    17
  4. އިސްމާލް

    ޤައުމަށްްް އެެެއިރަކު ދިމާވެެފާއިވައި ވާ ކޮންމެ ކަމަކަށް ޓެކްލް ކުރެެވެންޖެހޭނެ////މަގުތައް ހައްދަން ކުއްވެރިންވެސް ނެރުނީ ތިކޭސްްް ސޯލްވް ކުރަން އެކިގޮތް ގޮތައް އެބަ މަސައްކަތް ކުރޭ..../ އުމަރު ތިގެނެން ގުޅޭ ބޯދާ ހަރުކަށި ވިސްނުމެއް ތިހިން ޕޯޑިނއަމް އަކަށް އަޜާލާަ އިރަށް ކިހިނެއް ގުޑޭނީ....5 އަހަރުގެ ޗާންސްް ކެތް ނުވި.....މުރިމަތި ނުލެވުނީ ދައްކަނއ ޖެހިފަ އޮތް ދަރަންޏެއް އޮތީމަަަަ.....ފުރަތަމަ ލޯނުދައްކާފާ ކަލޭ ވާހަކަ ދައްކާނީ

  5. މުހައްމަދު

    މީހުންގެ އަބުރުކަތިލަމުން ދުވާއިރު ކުޑަކޮއްވެސް ﷲ ދެ ބިރުނުގަނޭބާ ހިތައް އަރާ..

  6. ކާފަދ

    ދެން ރިޟްވާނަށް ނޫނީ ޢާއިލާއަށް ކޯޗެކޯމިސަރުކާރަށް މިހޯދައިދެވުނީ؟ އެއަށް ބޮޑު ޚަރަދުކޮށް އެއަށްބޮޑު ކޮމިސަނަށް ގާ ނޫނީ އެހެން ބާރެއް ދީގެނވެސް މިކުރިކަމަީ ފުލުސްއޮފީހުގަ ހުރި މައުލޫމާތުތައް ބައިޑްކޮށްލާ ފޮތަކަށް ހަދާލުން. އިތުރަށް ސޫދާނަށް އިތުރުކޮށްމިބުނެލެވުނީ ބޯބުރިކޮށް މަރާލާފަ ކަނޑު ފެއްތީއޭ. އުމަރާ ޔާމީނުއާ އެހެން ނުބުނެ ތިބެން އުޅުނީ

  7. މިއަދު

    ތިމައުލޫމާތުތަކަކީ ކުރިންވެސްހުރި މައުލޫމާތުކަމަށްވާއިރު ތިއުފެއްދި ކޮމިޝަނުން މުސާރަ ނަގައިގެން ކުރީކޮންކަމެއް

  8. އައްޔު

    އާބިދައްތާގެ މުހައްމަދާ ކަލޯނޫންތަ ބުނީ އިންޓެލިޖެންސް މައުލޫމާތަކަށް އެކަނި ބޭސްކޮށް ހައްޔަރެއް ނުކުރެވޭނޭ އެއްވެސް ކަމެއް ނުކުރެވޭނޭ އެއީ މައްސަލަތަށް ވަކިގޮތަކަށް ނިންމަން އޮންނައެއްޗެއް ނޫނޭ ސޯ އިންޓެލިޖެންސް ރިޕޯޓަކީ އެކޯޑިންގ ޓޫޔޫ ޔޫސްލެސް އެއްޗެށް ހަމަ ކުއްލިއަކަށް މެމްބަރަށް އަރާވަޑައިގެން މިހާރު ތިޔަ ވިދާޅުވަނީ އިންޓެލިޖެންސް މައުލޫމާތަކަށް ފުލުހުންނަށް އަމަލުނުކުރީމަ އޭގެ ޒިންމާ ނަގަންޖެހޭނީ ފުލުހުންނޭ މަނިކުފާނު ވަށާޖެހޭ ގޮތަކަށް ބުނަންވެއްޖެނުން އަހަންނަކަށް ނޭނގެ

  9. ދޮށިކޮއި ޢަލީގެ މުޙައްމަދު

    ދެން ރިޟްވާނަށް ނޫނީ ޢާއިލާއަށް ކޯޗެކޯމިސަރުކާރަށް މިހޯދައިދެވުނީ؟ އެއަށް ބޮޑު ޚަރަދުކޮށް އެއަށްބޮޑު ކޮމިސަނަށް ގާ ނޫނީ އެހެން ބާރެއް ދީގެންވެސް މިކުރިކަމަކީ ފުލުސްއޮފީހުގަ ހުރި މައުލޫމާތުތައް ބައިޑްކޮށްލާ ފޮތަކަށް ހަދާލުން. އިތުރަށް ސޫދައް އިތުރުކޮށްމިބުނެލެވުނީ ބޯބުރިކޮށް މަރާލާފަ ކަނޑު ފެއްތީއޭ. އުމަރާ ޔާމީނުއާ އެހެން ނުބުނެ ތިބެން އުޅުނީ އެއިލާއަށް ކުރާނެ އަސަރު އެނގޭތީ ކަމަށް ހީވަނީ