އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން އަވަސްކުރުމާއި ގުޅޭގޮތުން އިންޑިއާއިގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޑރ.ސުބްރަމަނިޔަމް ޖެއިޝަންކަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖެއިޝަންކަރް، އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. ދެ ބޭފުޅުން ކުރިއަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ސަރުކާރުން ކުރިއަށްގެންދާވާ މަސައްކަތްތަކާއި އަދި އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން ކުރިއަށްގެދެވިދާނެ މުހިންމު ކަންކަމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

ޚާއްސަކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން ރާއްޖެއާއިއެކު ވެފައިވަ އެއްބަސްވުމުގައި ހިމެނޭ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މި ސަރަޙައްދުގެ ކަނޑުގެ ސަަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި އަދި ކުޅުދުއްފުއްޓާއި އިންޑިއާއާއިދެމެދު ފެރީ ދަތުރު ބޭއްވުމުގެ އެއްބަސްވުންތަކުގައިވަނީ ސޮއިކުރައްވާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރގެ މި ދަތުރުފުޅުގައިވަނީ ޖިނާއީ ތަޙްޤީޤުތަކަށް އިންޑިއާއިން އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރައްވާފައެވެ.

ޖެއި ޝަންކަރް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހުޅުމާލޭގައި އަޅާ އިންޑިއަން އެމްބަސީގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަބޭ

    އިންޑިޔާއިން މިވަނީ ރާއްޖެ ދަންތުރައެއްގަ ޖައްސާފަ އެއްބަސްވިގޮތައް އެއްވެސްކަމެއް ކޮށެއްނުދޭ ކްރެޑިޓްފެސިލިޓީން ދެނީވެސް ރޮޔެއާދޭސްކުރީމަ ކަންމަތީ ފިހާރައިން މަހަކައްވާވަރައް އެތިކޮޅެއް ގަނެލެވޭވަރައް މިހާރު ޕްރެސަރ ކުރަމުންދަނީ އެއާޕޯޓްނުލިބިގެން އެތަންހޯދުމައް

  2. އަރަތެއް

    އަޅެފަހެ، މި ވެރިކަން އައީ އިންޑިޔާ މީހުންނައް ހައގުތަކެއް ހޯދަ ދޭންތަ، ކޮބައިތަ އަހަރެމެން ދިވެހިންގެ ހައްގުތައް، ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ނިހިގާ، ހައިރާން ވެއްޖެ، ނުދަނަހުރިން މިވަރައް މި ބައިގަޑު އިންޑިޔާ ގެ އަޅުވެތިކަމައް ގޮސްފި ކމައް. މިކެހިވެރި ރޭވުންތަކުން މި ގައައުމު ސަލާމަތް ކުރައްވާދޭވެ،އާމީން

  3. އަވަސް އަރުވާލި

    ކީއްވެތަ މާއަވަސް ނުވެގެން ރޭޕިސްތާނުން މި އުޅެނީ، އަހަރެމެންގެ ޒީރޯ ކޮރޮޕްޓް މިނިސްޓރ ތިކަން ވ އަވަސް ކުރާނެ ނަގާފަ ހުރިއެއްޗެހި ބޮޑުކަމުން.

  4. އޭއެމް

    ޢެވެރިން ބޭނުންވާނީ އެވެރިންގެ ކަންކަން ފުރިހަމަ ކުރަން ކުލަވަރުދައްކަންވަރައްމޮޅުވާނެ