ހޯމަ ދުވަހު އިރުއޮޮއްސުނުހާއިރު ބިދޭސީއަކު ގެއަކަށް ވަދެ، އެ ގޭގެ ސިޓިން ރޫމުގައި އިން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މިކަން ހިނގާފައި ވަނީ މާލެ އަތޮޅު ރަށެއްގައެވެ. ބިދޭސީ މީހާ ވަނީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމަށް ފަހު އެގެއިން ނިކުމެގެން ފިލާފައެވެ. ގޭތެރޭގައި އިތުރު މީހަކު ފެންނަން ނެތީސް ބިދޭސީ މީހާ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުން އެކުއްޖާ ވަނީ އަވަހަށް މަންމަ ކައިރިއަށް ގޮސް އެވާހަކަ ބުނެފައެވެ.

އަންހެން ކުއްޖާގެ ބައްޕަ އާއި އިތުރު ބަޔަކު ވަނީ ބިދޭސީ މީހާ މަގުމަތިން ހޯދައިގެން ފުލުހުންނާއި ހަވާލުކޮށްފައެވެ.

އެ ބިދޭސީ މީހާ އަކީ އަންހެން ކުއްޖާގެ ގެއަށް އާއްމުކޮށް ގޮސް އުޅޭ މީހެއް ކަމަށް ވެއެވެ.

ބިދޭސީ މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފިއެވެ.

ފުލުހުން ވިދާޅުވީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހުށަހެޅޭ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖަައެހިނދ

    ބަންގާޅު ބޮންދުންނަކީ އަލްގައިދާ މީހުން.... ހުރިހާ ބޮންދުން ބޭރުކޮށްފަ ހަމައެކަނި އިންޑިޔާގެ މިނިވަން ޚިޔާލުގެ މީހުން މަސައްކަތު މީހުންގެ ގޮތުގައި އެތެރެ ކުރެވޭގޮތަށް ޤާނޫނު ހަދަންވީ..

    22
    25
    • ޣ

      އިންޑިއާ އަކީ ރޭޕް ކަންޓްރީ، ހުޅަގުގެ ގައުމްތަކުން ވެސް ބުނޭ އިންޑިއާ ހިންދޫއިންގެ ރޭޕް މައްސަލަތަށް ބޮޑޭ

  2. ދަންސޫރަ

    ސަރުކާރުގެ ނުކުޅެދުން ތެރިކަން ފެންނަވަރު

    45
    3
  3. ޢިޔާބު

    ބަންގާޅީން ބޭރުކުރަން ރައްޔިތން ނުކުންނަންވީ

    38
    3
  4. ސައްދާމް

    ދިވެހި ސަރުކާރުން މިފަދަކަންކަމުގައި ފުރިހަމައަށް ޒިންމާ ނަގަންޖެހޭނެ.

    29
    1
  5. ތެދުވެރިޔާ

    ވަރަށް ފުންކޮށް ވިސްނާލައްވާ! މި ބިދޭސީ މީހާ މިގޮތަށް ތަކުރާރުކޮށް މިކަން ކުރާ ކަމަށް ވާނަމަ، އަދި ކަމާބެހޭ ފަރާތުން ވެސް މިމައްސަލަ ނުބަލާ ކަމަށްވާނަމަ، އެމީހާ ކުންވެރިނުވެ ހެވިލާފަ އުޅޭތަން ބަލަން ނުހިރެވިގެން އެ ކުއްޖާގެ ބައްޕަ އެ ބިދޭސީ މީހާ ގައިގާ ޖެހި. ނަމަވެސް ސުވާލަކީ ރައްޔިތުން ނުކުންނާނީ އެ ބިދޭސީ މީހާ ގެ ދިފާއުގައި އޭނައަށް އިންސާފު ހޯދާށޭ ގޮވަމުން ހެއްޔެވެ؟

    29
    4
  6. ކަލޯ

    މާލެ އަތޮޅެއް ނޫން ކ.މާލެ އަޖައިބު ވެއްޖެ ބޮންދު މީހާ އަކީ ވަރަށް ގިނައިން އެގެޔަށް ދާމީހަކު ކަމައް ވީ އިރު 14 އަހަރުގެ އަން ކުއްޖާގެ ފަރާތުން އެއްވެސް ކަހަލަ އިޝާރާތެއް ނުވަނީހެއް ތިފަދަކަމެއްވެދާނެ ކަމަކައް ގަބޫލެއް ނުކުރެވޭ...

    8
    12
    • ކަލޯގެ ބާފާ

      ހަމަ އިސާރާތެއް ވިޔޭކިފަ ގަޔައް އަރަން ޖެހޭތަ.. މީހަކު ވާހަކަ ދައްކާއިރަށް ނޫނީ ހީލާ އިރަށް ސެޓުވެފަކަމައް ދެކުމަކީ މޮޔަކަމެއް...

      13
  7. ހުހު

    މިހެންވެ އަބަދުވެސް ގޭދޮރު ތަޅުލައިގެން ތިބެންވީ. މިބަލާވެރިކަމާ ހެދި އުޅެވޭ ވަރެއް ނޫން

    17
    1