ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި ދިރާގުން އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި 2 މަސްދުވަހުގެ މުއްދަތައް މަތީ ސްޕީޑު އަދި ގިނަ އެލަވެންސް ހިމެނޭ ޕެކޭޖެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހުޅުވައިދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 3 ސެޕްޓެމްބަރ 2019 އިން 31 އޮކްޓޯބަރ 2019 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ބްރޯޑްބޭންޑް އަދި އޭ.ޑީ.އެސް.އެލް ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕެކޭޖްގެ އަގުގައި އެ ޕެކޭޖައްވުރެ މަތީގެ ޕެކޭޖެއް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންކަމުން ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސްޕީޑް ތަޖުރިބާ ކޮށްލެވޭނެއެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖައް ބަދަލުވެސް ކޮށްލެވޭނެއެވެ. 2 މަސް ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ދިރާގު ވެބްސައިޓްގެ މައިއެކައުންޓުން ޕެކޭޖް ބަދަލުކުރުމަށް އެޕްލައި ކުރެއްވޭނެއެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް، ނުވަތަ 123 އަށް ގުޅުއްވައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމަރ ސަރވިސް ސެންޓަރުތަކަށް ޒިޔާރަތްކުއްވައިގެން ޕެކޭޖްބަދަލު ކުރެއްވޭނެއެވެ.

މި ޕޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ދިރާގުގެ ވެބްސައިޓުން ވެސް ލިބޭނެއެވެ.

ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅުކޮށް ހިދުމަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމަކީ ދިރާގުގެ އެންމެ ބޮޑު އަމާޒު ކަމަށާއި މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހާ

    އުރީދޫ ކޮބާ ކިހިނެއް ތިހަދަނީ. މީޑިޔާނެޓް ބޭނުންވާގޮތަށް ނެޓްވޯކް އަނބުރައަނބުރާ އެމީހުން މުއްސަނދި ކުރުމުގަދޯ.

    5
    1