ފުލުހުންގެ މުއައްސަސާގެ އަގު ވެއްޓި ބަދުނާމުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެން ވާހަކަފުޅު ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށައި އެގޮތައް ކަންތައް ކުރައްވައިގެން ނުވާނެ ކަމަށް ވިދާޅުވެ ގާސިމް އިބްރާހިމް، ނަޝީދަށް ނަސޭހަތް ދެއްވައިފިއެވެ.
އަހުމަދު ރިޟްވާން މަރާލި މައްސަލާގައި ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓްގެ ހުސާލާ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ނަޝީދު ވަނީ ފުލުހުންނަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްޑީޕީ މެންބަރުންގެ ފާޑުކިޔުން ވެސް ބޮޑަށް އަމާޒުވީ ފުލުހުންނަށެވެ.
މަޖިލީހުގެ މިއަަދުގެ ޖަލްސާގައި، އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ ރިޟްވާންގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނުން މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެ ކޮމިޝަނަށް މައްސަލައިގެ ފުރިހަމަ ރިޕޯޓެއް އެކުލަވައިލެވުނީ ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބުމުން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލި ކޮމިޝަނުން މަސައްކަތް ކުރައްވާފައި ނެތެކޭއެއް ނޫން. ނަމަވެސް ފުލުހުންގެ ފަރާތުން އެ ހުރިހާ އެއްބާރުލުމެއް ދީގެން އެ ހުރިހާ ކަމެއް ކުރެވިފައި ވަނީ. އެ ކަމުގެ ހަގީގަތް މަޖިލީހުގެ ރައީސް އޮޅުވާލައި ފުލުހުންގެ މުއައްސަސާ ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކެވުމަކީ އެއް ގޮތަކަށް ވެސް ހަމަޖެހޭ ކަމެއް ނޫން." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ތަހުގީގު ކުރުމުގެ އެއްވެސް ގާބިލް ކަމެއް ނެތް ބޭފުޅުން ހިމެނޭ ރިޔާސީ ކޮމިޝަނަށް އެފަދަ މަސައްކަތެއް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެއީ ހަމައެކަނި ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރިޕޯޓުގައި ހުރީ ފުލުހުން "ދީފައި ހުރި މައުލޫމާތާއި، ދީފައި ހުރި އެއްޗެހި" ކަމަށް ގާސިމް ވިދާޅުވި އެވެ.
"އޭރުގެ ހޯމް މިނިސްޓަރު ކޮންމެ އެއްޗެއް ވިދާޅުވިޔަސް އަދި އޭރު ކޮންމެ ގޮތަކަށް އަމަލު ކޮށްފައި އޮތަސް މިހާރު ތިއްބެވި ފުލުހުން އެ ކަމަށް ފުރިހަމަ އެއްބާރުލުން ދީ އެ ކަމަށް ހުރިހާ ކަމެއްގައި އެހީތެރިވެ ދިން ކަން އެއީ ޔަގީނުން ވެެސް އެނގޭ ކަމެއް." ގާސިމް ވިދާޅުވި އެވެ.
ރިޟްވާންގެ މައްސަލައިގައި އެމްޑީޕީ މަޖިލިސް މެންބަރުން ފުލުހުންނަށް ފާޑުކިޔާފައި ވާތީ ގިނަ އާއްމުން ވެސް ވަނީ މީސް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ.
ކަލޭ 2 ލޯ އަނދިރިވެފަ ދޯ ހުރީ. ކަލެއަށް ނުފެނޭ ދޯ މިކަމުން ފުލކުހުންގެ އިހުމާލު. ކަލޭ ކިތައްމެ ވަރެއް ވިޔސް ފުލުހުން މި ވެރިކަން ވައްޓައެއް ނުލާނެ
ކަލޭ ތީ ގަޅި މީހެއް! އެހެންވީމަ ކަލެއަށް މީހުން ދައްކާ ވާހަކަ ރަގަނޅަށް ނޭގިގެން ތިއުޅެނީ! ކަލޭ ހަމަޖެހިގެން ހުރެ ރަގަނޅަށް ވާނުވާ ބަލާބަލަ! ނޭނގޭނަމަ އެނގޭ މީހެއްކައިރިން ސާފުކޮށްބަލަ! ކަލޭ ރީނދޫ ޖޫސް ބޮޔެގެން ހުރީމަ ތިހިރީ ރަގަނޅަށް ބީތާވެފަ! ހަމަހޭވެރިކަން އައީމަ ކަލެއަށް އެއްޗެއް އެނގޭނީ! ރީނދޫ ބޮޑު ގަމާރަކު ބޮޑު ގޮނޑިއެއްގައި ވެޑުވުނީމަ ދައްކާހާ ވާހަމަ ރީނދޫ ޖޫސް ބޮޔެގެން ތިބޭ މީހުންގެ ގަބޫލުކުރާނެކަންވެސް އެނގޭ! އހ
އަލުން ކުރާނެ ބަދުނާމެއް އެބައޮތްތަ!ގައުމުގެ ހަލާކު އަންނި !
އެއްމެން އެއްމެންނާ ޖައްސުވާ މުޅިގައުމު ހަލާކުކޮއް ސުންނާފަތި ކޮއްފި!
އެއީ ގައުމުގެެ ދަރިންގެ ފިކުރާކުޅޭ ސައިތޯނު!
އޭނަކިޔަވާވިދާޅުވީ ސައިތޯނު ބާގައިން!
އަލިފާން ބޯޅަ އުކުމާ ރަގަޅު ވެރިޔެއް ދުއްވާލާނެ ގޮތް ދަސްކޮއްގެން މިތަން ހަލާކު ކޮއް ނިއްމަނީ !
މިސްކިތަށް ދާނެ އެކަނިވެސް ދެކަނިވެސް ކުދިން!
މިތަން ބިރުވެރި ތަނަކައް ހަދާގެން މިސްކިތާ ކުދިން ދުރުކުރުވާނެ ކަމެއް ނެތް!
އެހެން ދީނެއް ގެންނާން ވެގެން އަނގަ ލަފާނުލެވިގެން މިތެޅި ބާލަނީ!
ރަނގަޅު ވާހަކައެއް،ފުލުހުން ނުވަތަ ފުލުހުން ކުރާ ކުށަކުން މުޅި މުޢަސަސާ ބަދުނާމު ކުރުމަކީ ކަޑަކަމެއް.
އޭނާ އެހުންނަނީ އޭނާގެ ވެރިކަން ވެއްޓުމުގެ ގިލަންވެރިކަމުގައި ހިތާމައިން ހިތް ފަޅައިގެންދާވަރުގަ އަދިވެސް. ބަދަލު ހިފުމުގެ ޝައިޠާނީ ރޫހު އުތުރި އަރައަރާ ހުންނައިރު ދެއކޭނުދެއްކޭ ވާހަކަ ނޭނގޭނެތާ
ގުރޭޓް ފަދަރ އޮފް މޯލްޑިވް
އާ ! ތެދެއް ! މީނަ ބޭނުންވާގޮތަށް ބަޣާވާތް ކޮށް އަންނި ހިފާ ހައްޔަރުކުރީމާ އެމީހުންގެ ވާހަކަ ދައްކައިގެން ނުވާނެ ! ސޭޓު ކިތަންމެ ވަރަކަށް ތިޔަ މީހުނަށް ވައިއަޅުވަން މަސައްކަތް ކުރިއަސް މިފަހަރަކު ތިގޮތަށް ބޯދަމައެއް ނުގަނެވޭނެ ! ހުރިހާކަމެއްވެސް ފޮރުވައިގެން ތިބީ ހަމަ އެމީހުން ! ބަދުނާމު ވާނީ ނުކުރާ ކަމެއް ނަމަ !
ނަޝީދަކީ ދިވެހި + އިސްލާމީ އުއްމަތަށް ޖެހިފަ ހުރި ބަލާވެރި ކަމެއް
ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދާ މީހަކު ތިކަހަލަ ވާހަކަދައްކާނެ. ކޮންމެމީހަކު ކޮންމެ އެއްޗެއްކިޔަސް ވަރިހަމަ.
ގާސްމް އައްވަރައްސަލާމައްފަހުދަންނަވަމެ މިރާއްޖޭގެސިފައިންމިހާރު މިސަރުކާރަކައްބޭނުމެއްނުވޭ އިންޑިޔާބޭސްއައްޑޫގައި ޢަޅަމުންއެގެންްދަނީ އެހެންވެ ގާސިމް ކަހަލަ ބޯހަމަނުޖޭމީހުން ބަގާވަތް ކޮއްފާނެތީ މިސަރުކާރުގެބެކަޕް
ކަމިޝަނުން ފުލުހުންނާއި އެއްވަރަށް ތަހުގީގު ކުރާނީ ކިހިނެއްތޯ، ވަކީލުންނަކީ ތަހުގީގުކުރާބަޔެއްނޫން... ފުލުހުންނަކީ ތައުލީމާއި ތަމްރީނު ލިބި މިފަދަ އެތައް ކަމެއް، ރާއްޖޭގައި ތަހުގީގުކުރާބަޔެއް. ހުރިހާ މައުލޫމާތަކީ ފުލުހުންގެ ތަހުގީގުގައި ހުރި މައުލޫމާތް.. އަދި ސިކުޑި ގަބޫލްނުކުރާ ދެއުޅި އެއްނުވާ ވާހަކަ ސުއޫދު ކޯޓުން ދައްކާފަހުރީ...
ކަލޭ ހުރޭ ގޯނި ފުލުގައި!
ޤާސިމް އިބްރާހީމް އަކީ ގައުމީ ވަތަނީ ބޭފުޅެކެވެ އެ
މަނިކުފާނު ދެއްވާ އިރުސާދު ގަބޫލް ކުރުމަކީ ފައިދާކުރާނެ
ކަމެކެވެ މަ ޖަލަށްލާން ޙުކުމްކޮށްފައިވާތީ ނޫނީ ވެރިކަމަށް
އައުމަށް ހުރަހަކަށްވާ ހުރިހާ އެންމެންނާ ދެކޮޅަށް ގާނޫން
ތައްހަދަހަދައިގެން މަ ތަޚްތުގައި ތާއަބަދު އިންނަން
އުޅުނަސް އެކަމެއްނުވާނެއެވެ މަ ކުޑަގޮޅިއަށް ވަންނަން
ޖެހޭދުވަހެއްވެސް އަތުވެދާނެއެވެ ހުރިހާވެސް މީހަކީ މަ
ކަމަށް ދެކިގެންނުވާނެއެވެ
ގާސިމޫ ކަލޭދޭނެ ނަސޭހަތެ ނަޝީދަށް އެބައޮތްތަ؟މިއީ ކަލޭ ހަަރަދުކޮއްގެން ރައްޔިތުންގާތު ރޮއި އާދޭސްކޮއްގެން ގެނައި ސަރުކާރެ.. މިސަރުކާރު ގެނައިއިރުވެސް ކަލެއަށް އިގޭނެ ވެރިކަމުގެ ބަސްބުނެ އަމުރުނެރޭނީ ނަޝީދުކަން.. ސޯލިހުކިޔާ މާޓުކުރިއެ ރައީސަކަށް ގެނެސް ރައްޔިތުންނާ ގައުމާ ދީން ހަފުސްކުރަމުން މިދަނީ ގާސިމާ މައުމޫނުގެ ނުބައި ނުވިސްނޭ އަމިއްލައެދުމަށް.. މިއަދު ރައްޔިތުންގާތު މައާފަށް އެދެންޖެހޭ ކަލޭމެން.. މިގައުމު ހަލާކުމިވީ ގާސިމުގެ ނުބައިކަމުން... މިކަމަށް ހައްލެބޭނުންވޭ.. ސޭޓު ނޫން ގޮތެ ހޯދަންޖެހޭ..
ސޭޓް އަނެއްކާ މިކުދިންކޮޅު ހައްދައިގެން ބަޤާވާތަކަށް ރެޑީވަނީތަ؟ ސޭޓްތީ ބޮލުރޮދި ކެނޑިފަހުރި މީހެއްކަން އެކުދިންވެސް މިހާރު ޤަބޫލްކުރޭ
ރާއްޖެއަށް ބޭނުންވަނީ އިންޑިޔާ މީހުން ތިބޭ ފުލުސް އޮފީހެއް.