ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން އުޅުމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ފަރާތްތަކާއި ހުކުމް ތަންފީޒު ކުރަމުން ގެންދާ ސިޔާސީ ފަރާތްތަކުގެ އާއިލާތަކާއި އެކު ހާއްސަ ޖަލްސާއެއް ބުދަ ދުވަހުގެ ރޭ ބޭއްވުމަށް އިދިކޮޅުފަރާތް ތަކުން ނިންމައިފިއެވެ.
މި ޖަލްސާ ކުރިއަށް ގެންދާން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ.ކުނޫޒުގައި ބުދަ ދުވަހުގެ ރޭ 21:00 ގައެވެ.
އިދިކޮޅުފަރާތް ތަކުން ބުނެފައިވަނީ މި ޖަލްސާގައި މިވަގުތު ހައްޔަރުކޮށްފައި ތިބި ލީޑަރުންގެ އާއިލާތަކާއި ހައްޔަރުކޮށްފައި ތިބި މަޖިލީހުގެ މެމްބަރުންގެ އާއިލާގެ މެމްބަރުންގެ އިތުރުން ސިޔާސީ ދައުވާތަކާ ގުޅިގެން ކުށް ސާބިތުކޮށްފައިވާ ފަރާތްތަކުގެ އާއިލާތައް ވެސް ބައިވެރިވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހާއްސަ ޖަލްސާއަކަށް ތައްޔާރު ވަމުންދާއިރު އިދިކޮޅު ޕާޓީ ތަކުން ދަނީ އަނެއްކާވެސް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންނެވެ. ދިގު މެދުކެޑުމަކަށް ފަހު ގުޅިފައިވާ އިދިކޮޅު ފަރާތަކުން ޖުމުހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް ޝިފާޒު ވިދާޅުވީ ބޮޑު މުޒާހަރާ އަކަށް ތައްޔާރުވާކަމަށާއި އެދުވަހު ރައީސް ޔާމީން ކުޑަ ކަކޫ ޖައްސުވާނެ ކަމަށެވެ.
އިދިކޮޅުން ފަރާތް ތަކުން ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.
?????
ވަރަށް ފަނިވެފައި ވާތީވެ މާމަމެން ގެނެސްގެންވެސް ޖަލްސާގަނޑު ބޭއްވޭތޯ ބަލާ!
މިހާރުން މިހާރަށް ކުނޫޒް ބަންދުކޮށް ، އެތަނުގައި އެ ހިންގާ ޣައިރު ޤާނޫނީ ޙަރަކާތްތައް ހުއްޓުވުމަށް ގޮވައިލަމެވެ. މިއީ ކުށްކުރުމަށް ހިތްވަރުދީ މީހުން ކުށަށް އަރާގަތުމަށް ބާރުއަޅާ ކިއްލާއެކެވެ. އަދި ކުށްވެރިވިޔަސް ބިރު ނުގަތުމަށާ ސަލާމަތީބާރުތަކާ ދެކޮޅަށް މާރާމާރީ ހިންގުމަށް ހިތްވަރުދީ ޚަރަދުކޮށްހަދާ ގޭންގެކެވެ. ކާލިގަނޑު ޖަގަހަ ދޮނަށް ބަހައްޓައިގެން ގާސިމުގެ ކިއްލާއަށް މިމީހުން އަތްގަދަކުރުމުގައި ސިއްރެއް އޮންނާނެއެވެ.
ތިނުން ދުވަހެއް ނާދެ އަބަދުވެސް އޮންނަނީ ތިރިވެފަ
އެހެން ގޮތަކަށް ބުނަންޏާ ކުއްވެރިންގެ ޖަލްސާއެއް ދޯ!
ހިނި އަންނަނީ!!!?????
ހިނި އަންނަނީ!!!??
އިދިކޮޅު ލާދީނީ ފިކުރަށް ތަބަޢަވާ މުނާފިގުން މާޔޫސްވެގެން ދެން މިކަމެއް ނުވިއެއްނޫންހޭ ކިޔާފަ އެހެން ދިމާލަކަށް ފިރާލަފާނެތީ ޖައްސާ ސްޓަންޓް. މިގޮތަށް ޖަލަސާ ބާއްވައިގެން ކަރުމަށައިގެން ދަންދެން ހަޅޭއްލަވާފަ ގެއަށްދިޔައިމާ އެނިމުނީ.
މިހާރު ހަމަ އަސލުވެސް ހިނނިއަންނަނީ
ޖަލްސާތަކަށް ނުކުތީމައެކަނިއެއްނޫނޭ ސަރުކާރާއި ސަރުކާރުން ކުރާ ކަންތަކަށް ނޫނެކޭބުނަނީ