ނ. ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި އެ މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާ އަޅާފައިހުރި 03 ފުޅި އާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ނ.ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.