މަރާލުމަށްފަހު މާލޭ ގެއެއްގެ ތެރޭގައި ހުރި ކުނި ތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީންގެ ފިރިހެން ދަރިފުޅު، ޝައިބާން ސުހައިލް އެކްސިޑެންޓެއްވެ ސީރިއަސް ހާލުގައި ފަރުވާދެމުން އެބަދެއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އެކްސިޑެންޓުގައި ޝައިބާނަށް ސީރިއަސް ހާލުގައި އޭޑީކޭ ހޮސްޕިޓަލުން ފަރުވާދެމުން ދާއިރު، އޭނާގެ ކަނދުރާ ވަނީ ބިންދައިގެން ގޮސްފައެވެ. އަދި އެކްސިޑެންޓުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާގެ މައިނާރު (ސްޕައިނަލް ކޯޑު) ފިތި، އުނަގަނޑުން ތިރީގައި ވަނީ ވާގި ނެތިފައެވެ.

މައިނާރު ފިތިފައިވުމުން ޝައިބާންގެ އުނަގަނޑުން މަތީގެ ބާރުވެސް ދެރަވެފައިވާއިރު، އޭނާގެ ޑައިފްރާމްގައި ވާގި ނެތުމުގެ ސަބަބުން އަމިއްލައަށް ނޭވާލާން ނުކުޅެދި، އޭނާ ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭޑީކޭ އައިސީޔޫގައި މިހާރު ދަރުވާދެމުންދާ ޝައިބާން، ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް ޑޮކްޓަރުން އިރުޝާދު ދެއްވާފައިވާ ކަމަށް ޝައިބާންގެ އާއިލާއިން ބުނެއެވެ. ނަމަވެސް އާއިލާގެ އެހައި ތަނަވަސްކަމެއް ނެތުމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ ގޮތެއް އަދި ހަމަޖެހިފައި ނުވާ ކަމަށް ޝައިބާންގެ އާއިލާއިން ބުނެފައި ވެއެވެ. މިކަމާއި ގުޅިގެން ޝައިބާނަށް އެހީ ހޯދުމަށް އާއިލާއިން ވަނީ މީސްމީޑިއާ ކެމްޕޭނެއްވެސް ފަށާފައެވެ.

ޝައިބާންގެ މަންމަ ޝީރީން މަރާލުމުން އޭނާގެ އެންމެހާ ކަންކަމެއް ބަލަހައްޓަމުން ދަނީ އޭނާގެ މާމަ، ޝަރީފާ އިބްރާހީމެވެ. ޝައިބާނަކީ ހަމަދު ސްކޫލުގެ ގްރޭޑު 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ، އުމުރުން 16 އަހަރުގެ ކުއްޖެކެވެ.

އަނިޔާވެރި ގޮތަކަށް ޝައިބާންގެ މަންމަ، ޝީރީން މަރާލާފައި ވަނިކޮށް ފެނުނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.


ޝައިބާން ޝުހެއިލް އަށް އެހީވުމަށް:

އެކައުންޓް ނަމްބަރު: 7707361363101 ޝަރީފާ އިބްރާހީމް (މާމަ)

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މަބޫ

    މަރާލުމަށްފަހު މާލޭ ގެއެއްގެ ތެރޭގައި ހުރި ކުނި ތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ލ. ގަމު ތުނޑި، ހުރަވީ، މަރިޔަމް ޝީރީންގެ، ފިރިހެން ދަރިފުޅު-- ޝައިބާން ސުހައިލް އެކްސިޑެންޓެއްވެ ސީރިއަސް ހާލުގައި ފަރުވާދެމުން އެބަދެއެވެ

    13
    2
  2. ދަންސޫރަ

    މަޑީއެއްނު ދުއްވިލެއް ކަމެއްވީމަ ކޮމެންޓް ކުރާމީހުން ގޯސްވާނި

    8
    14
    • ވާނުވާ

      ބުރޯ ދުއްވިލެއް މަޑީއޭ ތިކިޔަނީ މި ޙަބަރުގަ އެބައޮތްތަ އެކްސިޑެންޓް ވިގޮތެއް. ކިހިނެއް އެނގެނީ ޝައިބާންގެ ކުށެއް އޮތްކަމެއް؟؟؟

      23
      1
  3. މަބުރޫކު (ޕާސަންސުޕޯކު)

    2010 ހާދަ އަމާންވެފަ ރައްކާތެރިއޭ.

    4
    12
  4. މަންޖެ

    އެކްސިޑެންޓް ހިނގާފަވަނީ ކޮންތާކު ކިހިނެތްތަ؟؟

    26
  5. ފެހިކުލަ

    ނޫހުގަ ޖެހިދޯ މީގެ ކުރިން ޝީރީންގެ އެހެން ދަރިއެއްވެސް އަލިފާނުގެ ހާދިސާއެއްގަ މަރުވިކަމަށް. އަނެއްކާ މިކުއްޖާވެސް. ކިހިނެއް މިވަނީ. ގޯޑް ބްލެސް ދިސް ފެމިލީ. ވަރަށް ދެރަވޭ

    51
  6. ކަހަނބު

    ކޮބާހޭ މިސަރުކާރުން އުވާލާނެކަމަށްބުނި ފަންޑުފޮށި އުވާލެވިއްޖެހޭ.. ކީއްވެ ފަންޑު ފޮށި އުވާނުލެވިގެން އުޅެނީ.. އިބުރާހިމުގެ ރިޔާސީ ވައުދެ ފަންޑުފޮށި އުވާލުމަކީ.. އަދިވެސް ރައްޔިތުން ސަލާންޖެހަންޖެހެނީ.. ހުރިހާ ރައްޔިތުން ސަރުކާރާ މިސުވާލު ކުރަންވެއްޖެނުން..

    50
    1
  7. އުގޫފާރު މީހާ

    ހާދަ ދެރައޭ. މަންމަވެސް އެހާ އިހާނެތިކޮށް . ދަރިފުޅުވެސް............ ވަރަށް ދެރަ.

    37
  8. ޢަލިއާ

    ކޮބާ 16 އަހަރު ނުވާ ކުޑަކުއްޖަކު އަތަށް ސައިކަލު ދުއްވަންދިން ފަރާތް! އަވަސް ޝިފާއަކަށް އެދެން.

    22
    1
  9. ޖީ.އެސް.ޓީ. ކޮމް

    ކޮބާތަ ރައްޔިތުން ދޭ ޖީ އެސް ޓީ އެއަށް ހަދާގޮތެއް ބުނެދީބަލަ؟ އަބަދުވެސް ރައްޔިތުން މިޖެހެނީ ސަލާމް ޖަހަން. ސިޔަސީމީހުން މުއްސަދި ކަމުގައި އުދުހެނީ .

    31
    1
  10. ތީބޭކާރު އަމަލެއް

    މިހާރު އެނގޭދޯ އަސަރުކުރާނެވަރު އެހެންމީހުންގެވެސް ތިބެނީދަރީން!

    18
    2
  11. ތޫ

    މީހަކަށް ދެރައެއް ލިބުނީމަ މަލާމަތް ކުރުމަަަަކީ ވަރަށް ނުބާކަމެއް!
    މާދަމާ ތިމާޔަށް އެފަދަ ގޮތެއް މެދުވެރިވެދާނެ!
    ބަލިވެފާވާ މީހަކަށް ހެޔޮދުއާ ކޮއްދިނުން މާރަގަޅު!
    ސައިބާންއަށް އަވަސް ސިފާއެއް ދެއްވާންދޭވެ".އާމީން"

    48
  12. ސައްދާމް

    ރައީސް ސޯލިހުގެ ވައުދު "ފަނޑު ފޮށި" އަދިވެސް ކުރިޔައް. ލަދެއް ހަޔާތެއް ގަންނަ ބައެއްނޫން ވެރިކަމާގެން ތައްތެޅެނީ.

    1
    1