ރާއްޖޭގެ ވެރިކަން ވައްޓާލަން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސްރީ ލަންކާގެ ޑްރައިވަރެއް ކަމަށްވާ ޕޮންނިއާ ސުދާގަރަށް ވަކީލެއްގެ ފުރުސަތު ނުދޭކަމަށް ބުނެ އެމައްސަލަ ރާއްޖޭގައި ހުންނަ ހުންނަ ލަންކާގެ އެމްބަސީ އަށް މިއަދު ހުށަހަޅައިފި އެވެ.

ސުދާގަރު އަކީ މ އެންދެރިގަސްގެ ޑްރައިވަރެވެ. އެއީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ދައްތަ ފަރީޝާ އިބްރާހީމްގެ ގެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ އެމްބަސީ އަށް ރައީސް މައުމޫންގެ ގާތް ބޭފުޅަކު ހުށަހެޅުއްވި މައްސަލައިގައި އެދުނީ ހައި ކޮމިޝަން މެދުވެރިވެ ސުދާގަރަށް ގާނޫނީ ވަކީލަކު ހަމަޖައްސައިދީ އޭނާ އަށް ޤާނޫނީ އެހީތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށެވެ.

ސުދާގަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބަލައި ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.