ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް 644 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޖުލައި މަހުގެ ރިޕޯޓުން ހާމަވެއްޖެއެވެ.
މި އަހަރުގެ ޖޫން މަހުގެ ދައުލަތުގެ ރިޒާވްގައި 677.4 މިލިއަން ޑޮލަރު ހުރި އިރު ޖުލައި މަހަށް ފަހު މި އަދަދު ވަނީ 644 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މިއީ 33.4 މިލިއަން ޑޮލަރު (5 އިންސައްތަ)ގެ ދަށްވުމެކެވެ.
ޖުލައި މަހުގެ ރިޕޯޓުން ދައްކާގޮތުގައި، ވަގުތުން ބޭނުން ކުރެވެން ހުރި ޔޫސަބަލް ރިޒާވްވެސް ވަނީ ދަށްވެފައެވެ. މިގޮތުން ޖޫން މަސް ނިމުނު އިރު 276 މިލިއަން ޑޮލަރު ޔޫޒަބަލް ރިޒާވްގައި ހުރި އިރު ޖުލައި މަހުގެ ނިޔަލަށް މި އަދަދު ވަނީ 275.4ށް ވެއްޓިފައެވެ.
ދިވެހި ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރު 5.4 އިންސައްތަ ދަށް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަނަރ އާއިޝަތު ޒާހިރާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ސަރުކާރުން ވަނީ އަވަށްޓެރި އިންޑިއާ އާއި އެކު ކަރަންސީ ސްވެޕް އެގްރީމެންޓެއް ހަދައި 400 މިލިއަން ޑޮލަރު ހޯދާފައެވެ. މީގެ ތެރެއިން 50 ވަރަކަށް މިލިއަން ޑޮލަރު ބޭނުން ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ޤައުމެއް ނެތް، އިންޑިޔ ފަސްޓް ވިއްޔާ
ހުސްވަނީ ހުސްބވަނީ ދެއަހަރުން ބައިތުލްމާލު ހުސްވަނީ
ސާބަހޭ ޒީރޯޓޮލެރެންސް ރައީސް. ވައްކަމެއް ނުކުރޭ. ތަރައްގީއަށް ކަމެއްނުކުރޭ. ބަޖެޓަކު ފައިސާއެއް ނެތް. އިންޑިޔާއިން އެތައް ބިލިޔަން ޑޮލަރެއް ނެގި. ރިޒާވްދަށްވެއްޖެ. ކިހިނެއް ތިހަދަނީ. އަރަތެއްމީ. ޔާމީން ވައްކަންކުރި ތަރައްގީ މުޅިގައުމުގަ ހެސްކިޔާފަ. ބަޖެޓް އިތުރުވަމުން ދިޔައީ. ކިހިނެއް މިވަނީ.
ކޮބާ ދިވެހި ދައުލަތުގެ މާލިއްޔަތު ދަވާލަނީ ކޮންބައެއް؟ އަދި ދައުލަތުގެ ރިޒާވް އިތުރު ކުރީ ކޮންބައެއް؟ މިއީ ދޮގު ހަދާ ދިވެހިން ގުނބޯ ހައްދައިގެން ފުރުސަތުގެ ނާޖާއިޒު ފާއިދާ ނަގައިގެން އައި ސަރުކާރެއް. ވަރަށް ދެރަ، ދިވެހިން ދިވެހިންގެ ގަމާރުކަންމަތީ.
އަބަދަށް.....
ނަގާބަހާ ،ހުސްކުރޭ...ކުރިޔަބާރަކުރިޔަ......
ބަހާ ނަގާ ހުސްކުރޭ .. ބާރަކުރިޔަ...........
މިހާރުވެސް ރައްޔިތުންގެ މިހުރިހާ ފައިސާއެއް ގޮސް މިވަންނަނީ ޔާމީންގެ އކ އަށްތޯ. ކިހާދެރަކަމެއް. ރައްޔިތުން ހޭލަންވެއްޖެކަމަށް ފެންނަނީ..އަދިވެސް ސޯލިހު
މިހިރީއެ ހާލަކީ އުޅޭ. ކިހިނެއްތަ ދެން ހަދާނީ.
ދެން މިފްކޯއިން ރެކޯޑު އަދަދަށް މަސް ބަނދު ކޮށްގެން ގެއަށް ގެންގޮސް ބަރިޖަހާފަ ބަހައްޓަނީތަ؟ މިއޮތީވާ ކަމެއް.
މިދަނީ ރާކަނިމަސް ކެވެމުން.
ރައްޔިތުންނޭވެ ހޭލާށެވެ، މިސަރުކާރާއިއެކު ދިވެހި ގައުމުވެސް އިންދަޖެހޭނެއެވެ.
ލަންކާގެ ޕީއެމް ރަނިލް އޭނާއެއީ އޭނާގެ ގައުމުގައިވެސް ދައުލަތުގެ ތަންތަން ވިައކުމުގެ ބޮޑު އެޖެންޓެކެވެ، މިފަހުން ކުއްލިޔަކަށް ރާއްޖެ އެރިއެރުން ވާނީވެސް އެފަދަ ކަމަކަށްށެވެ. ހޭލާށެވެ، ގައުމުން ކޮންމެވެސް ތަނެއް މިހާރުވާނީ އިންޑިޔާއަށް ވިއްކާނިންމާފައެވެ.