ރާއްޖެ އިން "އެންމެ ފުރަތަމަ އިންޑިއާ" ނުވަތަ "އިންޑިއާ ފަސްޓް ޕޮލިސީ" ތަންފީޒު ކުރަން ނިންމުމާއި އެކު އެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާ ކޮށްފިއެވެ.

މޯދީ މިކަމަށް ޝުކުރު އަދާ ކުރައްވާކަން ހާމަ ކޮށްފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓާރ އޮފް އެކްސްޓާނަލް އެފެއާސް، ޑރ.ޖައިޝަންކަރު ރައީސް ސޯލިހު އާއި މިއަދު ބައްދަލުކުރައްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ.ޖައިޝަންކަރާއި ރައީސް ސޯލިހު

ރައީސް އާއި ބައްދަލު ކުރެއްވުމަށް ފަހު ޑރ. ޖައިޝަންކަރު ކުރެއްވި ޓްވީޓުގައި ވަނީ އެންމެ ފުރަތަމަ އިންޑިއާ ސިޔާސަތު ތަންފީޒު ކުރައްވާ ކަމަށްޓަކައި އެ ގައުމުގެ ބޮޑުވަޒީރު މޯދީގެ ޝުކުރާއި ތައުރީފު ރައީސް ސޯލިހަށް އަރިސް ކުރެއްވި ކަމަށެވެ. އަދި އެ ގައުމުގެ ފަރާތުން ރާއްޖެއަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިހަށް ދެއްވި ކަމަށެވެ. މީގެ އިތުރުން، އިންޑިއަން އޯޝަން ކޮންފަރެންސްގެ އިންތިޒާމުތަކަށް ވެސް ރައީސް ސޯލިހަށް ޝުކުރު ދެންނެވި ކަމަށް ޑރ.ޖައިޝަންކަރުގެ ޓްވީޓުގައި ވެއެވެ.

ރައީސް ސޯލިހުގެ ވެރިކަމަށް އަރައި ވަޑައިގަތުމުގެ ކުރިންވެސް އިންޑިއާ އާއި ކުރިން އޮތް ގުޅުން ބަދަހި ކުރަން ނިންމަވާފައި ވާއިރު އެންމެ ފުރަތަމަ އިންޑިއާ ސިޔާސަތަކީ ހާރިޖީ ކަންކަމުގައި ރާއްޖެ އިން އަބަދުވެސް އެންމެ ފުރަތަމަ އިންޑިއާ އަށް އިސްކަމެއް ދޭ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙާއްޓެ

    ޢެންމެ ފުރަތަމަ ގައުމު. ޢިންޑިއާ އެއް ނޫން.

    31
  2. އުތުރުން

    ރާއްޖެއިން އަމަލުކުރަން ފަށާފައިމިވާ ފަސްޓް "އިންޑިއާ"
    ޕޮލިސީއަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލަށް އޭގެ
    ނުރައްކާ އޮތްކަމެކެވެ ރާއްޖޭގައި ހަމަނުޖެހުމެއް ހިނގަން
    މެދުވެރިވާ ކޮންމެފަހަރަކު މިފަހަކަށްއައިސް އިންޑިއާއިން
    ދަނީ ރާއްޖެއަށް ބިރުދައްކަމުންނެވެ މިފަދަ ބިރުދެއްކުން
    ތަކަކީ ނަފްސާނީ ގޮތުންނާއި މާއްދީގޮތުން ދިވެހިންނަށް
    ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަންކަމެވެ
    އެހެންވީމާ ރާއްޖެއަށް އެހީތެރިވެދޭ ގައުމުތަކާއި އެކު ގުޅުން
    ވަރުގަދަކުރުން މާމުހިއްމެވެ.

    36
  3. ާަޕޮގުބާ

    ކޮބާ ހީވެ

    22
  4. އަހުން

    ތައުރީފު ނުކޮށް ކީއްކުރާނީ ރާއްޖެވަނީ އިންޑިއާއަށް 400 މިލިއަންޑޮލަރަށް ވިއްކާލާފަ ވިއްޔާ ދެންތައުރީފު ނުކޮށްދޫކޮށްލާނީ މޮޔައެއްދޯ. އަހަރުންވެސް އެއްޗެއް އަގުހެޔޮކޯށް ވިއްކާލީމަ ލިބޭފަރާތުން ޝުކުރުއަދާކޮށް ތައުރީފުކުރޭ.

    28
  5. Anonymous

    އެންމެ ފުރަތަމަ ޤައުމު މިހިރަ ބީތާވެފަހުރި ކިނބުލާ. އެންމެ ފުރަތަމަ އިންޑިއާ ޕޮލިސީ ހިންގަން ކަލޭ އިންޑިއާއަށްދޭ. ފައިބާށޭ...ފައިބާށޭ....

    37
  6. ހަސަނާ

    އިންޑިއާގެ ބާރާއި ނުފޫޒު މިވަނީ މުޅި ދިވެހިރާއްޖޭގެ އިޤްތިސޯދުގައި ވަކިހިއްޕާލައިފަ، މިއީ މިގައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ހުރި ނުރައްކަލެއް.

    15
  7. ބަކުރުބެ

    ޕްލޭނެއް ހަދަން ނޭގޭބަޔަކު ވެރިކަަމަށް އެރުނީމާ ދެން ތެޅެންޖެހޭނީ އެހެންނެއްނު، ތެލަނގަައެއް ކަތިކައްޗާ ދާހެން ރާއްޖެމިދަނީ، އަނެއްކާ އަނެއް ސާމަރާދޫނި ރާއްޖެއަށް ބިސްނޭޅިއްޔާވާނީ

    13
  8. ކިހާ ދެރަކަމެއް

    އެމްޑީޕީގެ ބޮޑުން ތިބީ ހިންދީ މޯދީމެނަށް ރަގަޅަށް ވެސް ވިކިއަޅުވެތިވެފައި. އަދި މިގައުމުގެ ރައްޔިތުންވެސް އެހިންދީންގެ އަޅުވެތިކޮއްފި އަދި ކުރަމުންދަނީވެސް. މިއީ ސިޔާސީ ކަމަކަށް ނުހަދާ ތަންކޮޅެއް ސީރިއަސްކޮއް ވިސްނަންވެއްޖެ ކަމެއް މިހާރު.

    13
  9. ބެއްޔާ ހުތާ

    އިންޝާﷲ ދެން އޮތީ ސޯލިހުބެއަށް އެންމެ 4 އަހަރު މުސްލިމުން ކައިލާ މޯދީ ގުންޑާ އިންޑިޔާ އަކާ އަހަރުމެން އެއްގަލަކަށް ނާރާނަން ،

    12
  10. ޖަހާންގިރި

    ގައުމު އިނދަޖެހެނީ މާގިނަދުވަހެއްނުވެ ސަރުކާރުވެއްޓިދާނެ އޭގެފަހުގައި ކިނބޫއިންޑިއާއަށް ގައުމު ވިއްކާލިގޮތުގެ ޝަރީއަތް ލައިވުކޮށް ދައްކަމުންގެންދާނަން މިކޮމެންޓު ރާއްޖޭގެ ގައުމީ ކުތުބުހާނާގައި ރައްކާކޮށްފަ ބަހައްޓައިދޭތި ވައްސަލާމް..

  11. ޢިޔާބު

    ގައުމެއްގެ ވެރިން އަމިއްލަ އެދުން ބޮޑުވެ އިންޑިޔާގެ އަޅުވެތިކަމަށް އަމިއްލަޔަށް ދިޔަ ގައުމުެއް މި ނޫނީ ނޯންނާނެ.

  12. ސާގު

    ބޯގަމާރުންނަކަށް ނޭގޭނެ އަމިއްލަ ވިސްނުމަށް ޤައުމު ހިންގާކަށް، އެހެންވީމާ ދެންޖެހޭނީ އިންޑިޔާ ބުނާހާކަމެއް ކުރާކަށް ނޫންތޯ، މޯދީގެެ މެސެޖް ވަރަށް ސާފު، ރައްޔިތުން ވަރަށް ހޭލާ ތިބޭތި

  13. ރައްޔިތުން

    އެހެންވީމާ.. އިންޑިއާ މީހުންނަށް ބަހާފަ ބާކީ ވެއްޖެ ޔާ ދޯ ފްލެޓް ގަނޑެއް ވެސް ދިވެއްސަކަށް ލިބޭނީ..