ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) ބަދަލު ކުރުމުން ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އެކަން ކުށްވެރި ކުރައްވައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސާލިހު ތަސްދީގު ކުރެއްވީ އިއްޔެ އެވެ.

އެކަން ކުށްވެރިކޮށް ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑީޖޭއޭ، ޖޭއެސްސީގެ ދަށަށް ބަދަލުވެގެންދާ ގޮތަށް ގާނޫނު ފާސްކޮށް، ތަސްދީޤުކުރުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިއީ ޖުޑިޝަރީގެ މިނިވަންކަމަށް ހުރަސްއެޅި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއްގެ ގޮތުގައި ޖަމީލު ސިފަކުރެއްވިއެވެ.

"ޤާނޫނުއަސާސީ ގެ 7 މ އިން ޤާއިމްކޮށްފައިވާ ބާރުތައް ވަކިވެފައި އޮންނަ ނިޒާމު ނެތިގެން ހިނގައްޖެ". ޖަމީލުގެ ޓްވީޓްގައި ވެއެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ.

މި ބިލަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    އެމްޑީޕީއަށް ތާއީދުކޮށް ވެރިކަމަށް ގެނެވިއްޖެ. ދެންތިބެ ކުޅިބަލަން. ހަކުޅި ކުރިޔަށް ކުޅެލާނެ.

    12
    1
  2. ބޮނޑިބަތް

    ޖަމީލުމެން ބޮނޑިބަތްގަޑެއް ކައްކާގެން ގެނައި ވެރިކަމެއް މިއީ. ދެން އަތްޖަހާ

  3. މަރުމޯލު

    މީހަކު އަޅެ ދެބަންދިހާރު ނުވިއްޔާ ދެރައެއްނު. މިތިބަ އެއްޗެހިތައް ފަނޑިޔާރުގެ އިސްލާހުކުރަނިއްޔޯލަ. މިއެއްޗެހި މަޖިލީހުގައި ތިބެގެން މަސްހުނިގަނޑެއްހެން ފަނޑިޔާރުގެ މޮޑެނީނޫންތަ؟

    9
    1