މިހާރު ކުރިއަށްދާ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ދަރިވަރުންނަށް ކުށް ކިޔެވިފައިވާ ވީޑިއޯ ދައުރު ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައިވަނީ، މިހާރު ކުރިޔައްދާ 33 ގައުމީ ގުރުއާން މުބާރާތުގައި ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ، ދަރިވަރުންގެ ހައްގާށް އުނިކަން އަންނަ ގޮތަށް، ދައުރުކުރަމުންދާކަން މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަމަށެވެ.

"ވީމާާ އެކަން އެހެން ނުކުރުމަށް އެންމެހާފާރާތް ތަކަށް ނަސޭހަތްތެރިވަމެވެ". އެ ޓްވީޓްގައި ވެއެވެ.

އިއްޔެ މީސް މީޑިއާގައި އާއްމު ކުރަމުންދިޔައިރު، އެ ވީޑިއޯ އަށް ޖޯކު ޖަހާ އެތައް ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

މި އަހަރުގެ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި 1000 ދަރިވަރިންނަަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތް ފެށީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޭެއެނޯނިމަސް

    ސަލާމަތެއް ނެތް!

    10
    1
  2. ިޮފަލިިިޔަ

    އެސޮރު ބުނީ ސަލާމަތެއް ނެތެން ނޫން ހޯ

    5
    1
  3. ނާނު

    ކުއް ކިޔިފާވާނަމަ ޖަޖުން އިސްލާހުނުކޮށްދިނީ ކީއްވެ މިއީ މައްސަލަޔަކީ ދަރިވަރުން ކިޔެވީ ކީރިިތި މޫރިތި ގުރުއާން ބޮޑުގޮހޮޑާ ވާހަކައެއްނޫން މިކަމުންއިބުރަތެއް ހާސިލުވެއްޖެ .

    5
    1
  4. ގުއިދުއް ކާޅު

    ޢެއީކީ ކުށެއް ކަމަށް ނުދެކެން. ޢެކމަކު ކުށްފޮރުވައި، ހެޔޮނުބައި ވަކި ނުކޮށްދެވުމަކީ ދަރިންނަށް ދަސްކޮށްދެވޭ ގޯހެއް..

  5. ޒީ

    އަޖައިބެއް އެހެން ކުދިން އެކުއް ނުކިޔާނީ ޥެސް އެ އިނގިގެން ދޯ!
    ތީ ބޮޑުވަޜު ދެން ސުކޫލު ތަކުގަ ހެޔޮ ކޮންމެ ގޮތަކައް ކަންކަންދިޔަސް!
    ދެން ގައުމީ މުބާރާތެކޭ މިކިޔަނީ ކީއްކުރަން
    ނުބަޔަސް ރަގަޅަސް ދައްކަން ޖެހޭނެ ދޯ!
    އެއީ މުބާރާތެއް ހާމަކުރެވެންވާނެ ދޯ!
    މުބާރާތަށް ކުދިން ގެންދިޔާވެސް ކުއްނުޖެހޭ ކުދިންް ގަސްދުގަ ކަޓުވާލާފަ!
    އެހެންވެ ކޮންމެވެސް ބަހަނާއެއް ދައްކަނީ!

    1
    1
  6. ހުސޭނު

    އެ ކުއްޖާ ކީ ޤުރުއާން ކިޔެވުމުގެ ކުށެއް ނޫން... އެފަދަ މުބާރާތެއްގައި ދަރިވަރެއްގެ ފަރާތުން ފެނިގެން ނުވާނެ ބޭއަދަބީ ކަމެއް ފެނިގެންދިޔައީ.. ދަރިވަރުން ތައްޔާރުކުރުމަށް ސްކޫލްތަކުން ދޭ ސަމާލުކަން ރަނގަޅުނޫންކަން މިކަމުން އެނގިގެން ދިޔައީ... މުބާރާތުގައި 2 ސުވާލު އޮންނާނެކަން އެ ދަރިވަރަށް އެނގޭބާ.. އެފަދަ މުބާރާތެއްގަ އެގޮތަށް ތުންތަޅުވާ، ކުދިކިޔާ ސަލާމަތެއް ނެތްކަމަށް ބުނެގެން ނުވާނެކަން ދަރިވަރަށް ބުނެދެވުނުބާ..