ރ. ކިނޮޅަހާއި، ބ. ގޮއިދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އެމްޑަބްލިވްއެސްސީއާއި ހަވާލުކޮށްފިއެވެ.

މިއަދު މެންދުރު ފަހު ޕްލޭނިންގ މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޑަބްލިވްއެސްސިީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.

އެއް އަހަރާއި 10 މަސް ތެރޭގައި ނިންމާގޮަތަށް، ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަގަކީ 36،048،032.06 ރުފިޔާއެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ނިންމާ ގޮތަށް ގޮއިދޫގައި އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ އަގަކީ 46،304،686.85 އެވެ.

މި މަޝްރޫއުގެ ދަށުން އެ ދެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގެ ފެނާއި ނަރުދަމާގެ ވިއުގާ އެޅުމާއި، އޯއާރް ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކެނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާހިމް

    އާބާދީ މިހައިބޮޑެތި ރަށްރަށުގައި ބޮޑެތި ޕްރޮޖެކްޓުތަށް ހިންގުމުން ދައުލަތް އިތުރަށް މުއްސަދިވާނެއެވެ. ތިލަފަތުން ކުރެވޭޖަމެއް.

  2. ރަންނަ

    ކޮބާ އެއަތޮޅު ކެންދޫ އެއީ އާބާދީގެ ގޮތުން އެއަތޮޅުން 3 ވަނަ ނުވަތަ ދާއިރާގެ މައިރަށް ތިކަމުންވެސް ދޭހަވަނީ ނާގާބިލުކަން ބަޖެޓުހުލިވީދޯ ........sory