މާލޭގައި އެތައް ޓަނެއްގެ ނަޖިސް، ކޮންމެ ދުވަހަކު އުފެދޭ ކަމަށާއި، ނަޖިހުން ގޭސް އުފައްދާ، ފައިސާ ހޯދުމުގެ ވިސްނުން އެމްޑަބްލިއުއެސްސީ އާއި ސަރުކާރުން ގެންގުޅޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ކ.ތުލުސްދޫ އާއި ކ.ހިންމަފުށީގެ ނަރުދަމާގެ ނިޒާމު ނިންމުމަށް ފަހު، އޮޕަރޭޓްކުރަން ނުފެށި ލަސްވާތީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކަށް މިއަދުގެ މަޖިލިސް ޖަލްސާގައި ޖަވާބު ދެއްވަމުން ޑރ.ހުސެއިން ވިދާޅުވީ މިހާރު ނަޖިސް ބޭރުކުރަނީ ފަރުމައްޗަށް ކަމަށާއި އުކާލާ ނަޖިހަކީ އެނަރަބިކް ޑިޖެޝަން ޕްރޮސެސް ބޭނުންކޮށްފި ނަމަ، ގޭސް އުފައްދައި ފައިސާ ހޯދިދާނެ އެއްޗެއް ކަމަށެވެ.

"ދާދި ފަހުން އަޅުގަނޑު ޗެކް ރިޕަބްލިކަށާއި އިޓަލީ އަށް ކުރި ދަތުރުގައި މިފަދަ ނިޒާމުތައް ހިނގާ ގޮތާއި އޭގެ ތަޖުރިބާ އަޅުގަނޑުމެން ޓެކްނިކަލް މީހުން ވަނީ ހޯދާފައި،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ހުސެއިން ވިދާޅުވީ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ނަމޫނާއަކަށް ބަލައިގެން އެފަދަ ކަންކަން ކުރުމުން، މާލެ އަށް ހައްލުތައް ލިބި ފަސޭހަވާނެ ކަމަށެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ކުނި އެބަހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރ ހުސެއިން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގުމަށް ރައީސް އޮފީހުން ހުއްދަ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބައެއް ރަށްރަށުގައި ކުނިކޮށިތައް ހެދިފައި ވީނަމަވެސް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނިކޮށިތައް ހުސްކުރެވޭނެ ގޮތެއް ނެތުމެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ގުއިދައިތަ

    މިވެސް އުޅޭ މީހެއް ދޯ ؟؟

    18
  2. ގުއިވަޅުބޮޑުމެހި

    ކޮންމެދުވަހަކު ނަޖިސްޓައްޕެއް ފޮނުވައިދީފާނަށް 500ރުފިޔާދނިކޮން އެކި ކެޓަގެރީ ތަކުގެ ނަޖިސް މިހާރުން ފަށައިގެން ތައްޔާރު ކުރަން މިފަށަނީ

    39
  3. އާމިނަތު

    ހީސްލާފަ އެވިއްކާގެން ލާރިހޯދަން އުޅެބަލަ ދެންކޮންމެސް ކަމެއް ކުރާނެދޯ މިވެރިން ލާރިހޯދަން

    ހެހެހެހެހެހަަހަހަހަހަ

    33
    • ހުސޭނުބޭ

      ބަރާބަރު ވާހަކައެއް! މޯދީމެން މޫނު ދޮންނަނީ އެއިންނޯ! އިންޑިޔާއަށް އެކްސްޕޯޓު ކުރެވޭނެ!

      31
  4. ފަޒޫ

    ބޭފުޅާ ލާސީވެސް އަނބިމީހާގާަތު ބުނެގެން ރައްކާކޮށްފަ ބަހައްޓައްޗޭ ވިއްކަން ސަރުކާރަށް
    ލާރިހޯދަން

    37
  5. ސާރ

    ދިވެހީންގެ ނަޖިހުގަ އޭތި އެނާޖީހަދަން ފީސިބަލް ވާވަރުގެ ކެލޮރިފިކް ވެލިއުއެއް ނެތް ކަމައް ކުރީން ހެދިފަ ހުރި ދިރާސާތަކުން ދައްކާ. އަދި މިއީ ދިވެހީން ކާބޮއެ އުޅޭތަކެއްޗާއި އެންވަޔަރަމެންޓަލް ފެކްޓަރސްގެ ސަބަބުން ކަމައް ރިސާޗްގައިވަނީ. މާލޭ ސަރަހައްދުން ދިވެހިން އުފައްދާ ނަޖިހުގަވެސް ފީސިބަލް މިންވަރަކައް ކެލޮރިފިކްވެލިޔޫ އެއް ނުހުރޭ.

    14
  6. ސައުދާގަރް

    ކޮންމެ ގެޔަކައް ނަޖިސް ދަޅެއް ސަރުކާރުން ދޭންވީ.. އޭރުން އެގެޔަކުން އުފައްދާ ނަޖިސްތައް ކޮންމެ ދުވަހަކު ކަލެކްޓުކޮއްގެން މަޖިލީހައް ގެންގޮސް މަޖިލީސް ރައީސްގެ މޭޒުމަތިން ޓެސްޓުކޮއްގެން ދެން ގެންދާނީ ސުޓެލްކޯގެ އިންޖީނުތަކައް ނަޖިހުން ހަކަތަނެރެން އަޅާން. އެއައްފަހު ހަކަތަތައް ފުޅިފުޅީގައި ބަންދުކޮއްގެން ބަނގްލާދޭޝް މީހުން ލައްވާ ހަކަތަތައް ގޭގެޔައް ވިއްކާނީ.

    24
  7. ކަމަނަ

    އެހެންވީމާ ގުއިރޭންވީ ކޮތަޅަށްތޯ؟ އޭރުންތާ މާލެފޮނުވަން ފަސޭހަވާނީ. ޔަހޫދީ ވިސްނުންދޯ

    28
  8. ހުސައިން

    ގުއިކޮތަޅެއް ކިތައް ރުފިޔާއަށްބާ؟ ފައްކާ؟

    11
  9. ޒާ

    ޗީޑި ނަޖިސްފައިސާ.

  10. ފަރޭ

    މީނަ މީ ހައި ބީމްގަ ނޫނީ ކާރު ނުދުއްވޭ މީހެއް. އޭނައަށް ނުފެންނަނީޔޯ. ދެން ކީކުރަންވާ ދުއްވަނީ. ހައިބީމް އަޅުވައިގެން އަބަދު ދުއްވާތީ އޭނަ ކައިރީ އަހާލީމަ ދިން ޖަވާބު މީ

  11. އަފީ

    އަނެއްކާ ކަންތަކާ ޖެހުނީ. ނަޖިހުން ގޭސް ބޭރުކުރިޔަސް ހެޔޮ. އަނެއްކާ ސަރުކާރަށް ނަޖިސް ގަންނަން ނަހަދާތި. އެހެންނޫނީ މިހާރު އުޅޭކުދިން ސަރުކާރަށް ނަޖިސް ވިއްކަން ޖެހޭނީ ފާހާނާ ތަށިމަތީ މީހާ އިންދަ ވަގަށް ނަގައިގެންވެސް ނަޖިސް ސަރުކާރަށް ގެންގޮސް ވިއްކާލަފަނެ.

  12. ޒުރާ

    އިއުލާން ނަމްބަރ 2019/002

    ސަރުކާރުން ނަޖިސް ބޭނުންވާތީ އަޅުގަނޑު ނަޖިސް ހޯސޭލް އަދި ރީޓެއިލް ކުރަން
    ނަޖިސް ކިލޯއެއް 150ރ

    11
  13. ކކކކ

    އެހެންވީމަ ގޭސް ވަރަށް އަގުހެޔޮ ވާންވާނެ. ޢަހަރުވެން ބަރާބަރަށް ރޯ މެޓީރިއަލްސް ޕްރޮވައިޑް ކޮށްދޭނަން

    10
  14. ބޯކިބާ

    ތީގެ ނިޒާމެއް ގާއިމުކުރަންވީ ކޮންމެ މީހެއްގެ ފުއްކިބައިގަ. އޭރުންދެން ބަދިގެއަށްވަދެ އުނދުނަށް ހޮޅިގުޅާލައިގެން ކައްކާލެވޭނެތާ.

    • ހުސޭނުބޭ

      އެރުން ހުންނާނީ ބޮލަށް ގުއި އަރާފައެއްނޫންތަ؟ އޭހެން ވެފައި ހުރި މީހެއްގެ ފޮޓޯ އެ ފެންނަނީވެސް!

  15. ބަސްނާހާ މީހާ

    މާތް ކަލާކޯ.... ކުރީ ފަހަރު އުޅުއްވީ ކުއްޅަވަކާ ގަރުދިޔަ ވިއްކައިގެން ފައިސާ ހޯދަން. މިފަހަރު މިއުޅުއްވަނީ އޭއްޗިހި ކައިގެން ބާލާ ނަޖިސް ވިއްކައިގެން ފައިސާ ހޯދަން... ނޫނޭ ވާ ސާބަސް.

  16. ޗީޗީޗީ

    ކުރިން ގާފަރު ކައިރީ ޖެހި ބުރަފަތިތައް އަދިވެސް ނުހުއްޓޭ އެނބުރެންފެށި ގޮތަށް. މިހާރި ނަޖިސް ސަރިކާރުން ނަޖިސްކަރަންޓް.