ރާއްޖޭގައި ސައިކަލްގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެއް ކުންފުނި ކަމަށްވާ ލިސްޓަސް އެކުންފުނީގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.

ލިސްޓަސްގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަން ފުލުހުން ކަށަވަރު ކޮށްދިން ނަމަވެސް ވަގަށް ނަގާފައި ވަނީ ކިހައި އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ސާފުކޮށެއް ނުދެއެވެ. އަދި ފައިސާ ވަގަށް ނެގީ ކޮން ފިހާރައަކުން ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލިޓަސް ފިހާރައިގެ ތިޖޫރީގައި ހުރި ގިނަ އަދަދެެއްގެ ފައިސާ ވަގަށް ނެގި މައްސަލައެއް ރޭ 3:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވި އަހެއްހާ ދުވަހުގެ ތެރޭގައި މާލޭގައި ވަނީ ވަރަށް ބޮޑެތި ވައްކަންތަކާއި ފޭރުންތައް ހިނގާފައެވެ. ނަމަވެސް ވަގަށް ނަގާފައިވާ ފައިސާ އާއި ފޭރިފައިވާ ފައިސާގެ ތެރެއިން ފުލުހުންނަށް އަތުވެފައި ވަނީ މަދު އަދަދެއްގެ ފައިސާ އެވެ. ގިނަ މައްސަލަތަކުގައި ބައިވެރިވި މީހުން ވެސް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބީރުބޮލް

    އަލް ގާއިދާކަމަކަށް ތިވާނީ

    • ބޮޑުދުފާ

      ނޫން. ސޫދުބުނީ ފައިސާ ނަގަނީ އައިއެސް މީހުނޯ. އަލްދައިދާމީހުން މީހުންމަރަނިއްޔޯ.

  2. ޒަމާން

    ވައްކަމެއްތަ... އެއުޅޭ... އައި. އެސް.. ޖަމާޢަތް ނައްޓާފަ ނުދާނެ... އެ ޚަވާރިޖު.. ގުރޫޕަކީ މުސްލިމުންގެ... ލެޔާއި މުދާ ހުއްދަކުރާ ބައިގަނޑެއް... ސަލްޓަންޕާކު.. ބޮންގޮއްވި.. އަމީނު އެއީ.. އެމީހުންގެ... އަމީރޯ...

  3. ގާދިރު

    ފުލުހުން ނަށް ރަސްމީގަޑީގަ މައްސަލަ ހުށައެޅީމަ އޯކޭ ވާނެ. ދަންވަރު ބަންދު ވާނެ.

  4. ޝާފިޢު

    ވަގަށް ހޯދި ވެރިކަމެއްގައި އޮންނަނީވެސް ވައްކަންކުރުމާ ޙީލަތްހެދުން

  5. ލޮލް

    އަލްގައިދާ - އައިއެސް - ވުޖޫދަށް އައުމުގެ ކުރިން ވައްކަން ކުރީ ކާކުތޯ ބަލަން އަހުންބޭނުން!
    އަންނި ކުރެން އަހާ އިނގޭނެ ހެން ހީވަނީ!
    މީގެ ކުރިން ރާއްޖޭގަ ވައްކަން ކޮއްގެން އަރުވާލާފަ ވަނީވެސް އަލްގައިދާ ނޫނީ އައިއެސް މީހުންތަ؟