މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލަ އިން އެމްޑީޕީ ވަރަށް ބޮޑަށް ބޭޒާރުވެ، ދޮގުހަދާ ބައެއްކަން ހާމަވެއްޖެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހު މަރުތަކާއި ބެހޭ ކޮމިޝަން އިން ވަނީ ރިޟްވާން ގެއްލުނު މައްސަލާގައި ވަރަށް ތަފްސީލީ މައުލޫމާތުތަކެއް އާއްމުކޮށްފައެވެ. އެ މައުލޫމާތުތަކަކީ އެ ކޮމިޝަނުން "އަލަށް ހޯއްދެވި ކަންކަމެއް ނޫން" ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ކުރިންވެސް ވިދާޅުވެފައެވެ.

އުމަރު މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރިޟްވާން ގެއްލުނު މައްސަލައިގައި އެމްޑީޕީ ވަރަށް ބޮޑަށް ބޭޒާރުވެ އަދި ދޮގުހަދާ ބައެއްކަން ރައްޔިތުންނަށް ހާމަވެފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ، ފަސް އަހަރުވަންދެން އެމްޑީޕީން ރައްޔިތުންނަށް ބުނުނެދެމުން ގެންދިޔައީ ރިޟްވާން ވަގަށް ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށާއި އޭނާ އަކީ ނޫސްވެރިއަކަށް ވުމުން ކޮންމެވެސް ބޮޑު މައުލޫމާތެއް އޭނާ އަށް ލިބިގެން އެކަން ފޮރުވަން ޔާމީން ކުރެއްވި ކަމެއްގެ ގޮތުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

" އެމްޑީޕީގެ ބޭފުޅުން މި ވާހަކަ އެކި ޕޯޑިއަމްތަކުގައި ދެއްކެވިއިރު ހީވީ، މި ބޭފުޅުންގެ ވެރިކަން ފެށި ދުވަހު، އުނދެލި ހިފައިގެން އެމްޑީޕީގެ އިސްބޭފުޅުން ރައީސް ޔާމީންގެ ގެކޮޅަށް ވަދެ، އެގޭ ގޯތިތެރެ ކޮނެގެން ރިޟްވާންގެ ކަށިގަނޑު ނަގާ އާންމުންނަށް ދައްކާނެ ކަމަށެެވެ." އުމަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ސަރުކާރަށް އަށް މަސް ވަންދެން ތަހުގީގު ކުރުމަށްފަހު ކުރީ ސަރުކާރުން ހޯދި މައުލޫމާތު ނޫން އެހެން މައުލުމާތެއް ނުފެނުނު ކަމަށާއި، އަދި ލަދުވެތިކަމާއެކު ބުނަން ޖެހުނީ "އަޅުގަނޑު އަބަދުވެސް ބުނަމުން އައި ގޮތަށް، ރައީސް ޔާމީން އާއި އެއްވެސް ގުޅުމެއް ނެތޭ އަދި ރިޕޯޓަރަކަށް ވުމާއިވެސް އެއްވެސް ގުޅުމެއް ނެތޭ". އުމަރު ވިދާޅުވިއެވެ.

އިތުރަށް އުމަރު ވިދާޅުވީ، އަށް މަސް ފަހުން ތައްޔާރު ކުރި ރިޕޯޓްގައި އެއްވެސް ކަމެއް ނެތްއިރު، މި ފެނިގެން ދިޔައީ ރައީސް ސާލިހުއަށް އެ ރިޕޯޓް އެރުވުމުގެ ބަދަލުގައި މަޖިލީސް ރައީސް އަށް ރިޕޯޓް އެރުވި ތަން ކަމަށެވެ.

"ޑީޕް ސްޓޭޓް އެއް ނޫން ޑަބަލް ސްޓޭޓް އޮތީމަ ހުސްނުއް ސުއޫދަށް ރައީސުލްޖުމްހޫރިއްޔާއަކީ ކޮން ބޭފުޅެއްކަން އޮޅުނީ ކަމަށް ވެދާނެ". އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ދދދދދދ

    ހެހެހެ ވަރަށް ރަނގަޅު ވާހަކައެއް. ދެއްކި ވާހައެއް ވިއްޔާވީ ދޮގަކަށް.އަމިއްލައަށް ވެވުނީ ބޭޒާރު. ރައީސަކީ ކާކުކަމެއް ނޭނގުނު. އެފަކީރުންގެ ހާލު. ހަމްދަރުދީވަން.

    53
    3
  2. ކުންބޭ

    އުމަރު ތިބުނީ ހަމަ ރަނގަޅަށް

    63
    2
  3. ޕޕމގެ ސަޕޯޓަރ

    ބަރާބަރު ސަތޭކައިގެ ވާހަކައެ.. ރޔާމީނަށް ދަންނަވަން މިމައްސަލަ ރޔާމީނާ ގުޅުވާ ވާހަކަ ފެތުރިމީހުންނާމެދު ދައުވާކުރުމަށް.. މިއީ ދައުވާ ނުކޮށް ދޫކޮއްގެންވާނެ ކަމެނޫން.. އުމަރު ދެން ގޮތްދޫކޮށް މިގައުމު ސަލާމަތްކުރަން ރޔާމީނާއެކު ނުކުމެބަލަ.. އާދޭސްމިކުރަނީ.. މިއަނިޔާވެރި ސަރުކާރާ ދެކޮޅަށް ރޔާމީނަށް އެހީވެބަލަ ރައްޔިތުންގެ ހައްގުގަ..

    64
    2
    • ދޮންބެ

      އުމަރު ކިތަންމެހާވެސް ރަނގަޅަށް ރައީސްޔާމީނާއެކު ގައުމު ސަލާމަތްކުރަން މަސައްކަތްކުރީ. އެކަމަކު ރައީސްޔާމީނު އިންނެވީ ކޮރަޕްޓުބަޔަކާ ގައުމު ހިންގަން ހަވާލުކޮށްފަ ތަޚުތުގައި ނިދިކުރައްވާފައި. އުމަރު އެހާ މަސައްކަތްކުރި އިރުވެސް އުމަރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ހުރިހާ ބާރެއް ރައީސް ޔާމީނުގެ މުށަށް ނަންގަވާ އުމަރު ބެހެއްޓީ ދަތިއަޅުވާފައި. މިހާރު ކިތަންމެ އާދޭހެއް ކުރިޔަސް ރައީސްޔާމީނާއެކު އުމަރަށް ދެން މަސައްކަތް ކުރެވޭނީ ދެވަނަ ވިސްނުމަކަށް ގޮސްގެން.

      8
      13
  4. އަލްޖިބްރާ

    ކަލޭގެ ބާރު އޮތްއިރު އަގަހުޅުވާލަން ނުކެރުނީ ވަޒީފާ ގަޑުގެ ބިރުން ނޫންތަ ؟ ތިހިރީ ވަޒީފާވެސް ގެއްލިފަ ! ކަލޭ ދެން އެހެންމީހުންގެ ވާހަކަ ދައްކަން މާތާހިރެއް ނޫން ! އަގަނުގަޅާ މަޑުން ހުރޭ !

    10
    70
  5. އަބްދޫ

    ޢުމަރު ތިޔަ ބުނީ ތެދު ވާހަކަ އެއް

    64
    1
    • މަންޖެ 5 ސެޕްޓެމްބަރ 2019

      އުމަރު ސާބަހޭ

      27
      1
  6. ބަރުގޮނު

    ކޮމިޝަނަކީ ރިޔާސީ ކޮމިޝަން. ބެލެނިވެރި ފަރާތަކީ ރައީސް އޮފީސް. އެކަމަކު ރިޕޯޓް ކިހިލިޖަހައިގެން މިދުވަނީ އެހެން މީހެއް. ރިޟުވާނުގެ ޢާއިލާޔާ ބައްދަލު ކުރާނެ. މިމަސްއަލާގައި މިހާރުގެ ޕޮލިހުންނަށްވެސް ހޯދޭނެ އިތުރުކަމެއް ނޯނަނާނެކަންވެސް ބުނެއިއްވާ ކަޑައަޅާނެ. ރިޕޯޓް އެކަށް ޢާންމު ކުރުމާމެދު ވިސްނާނެ. ޢަޖާބަކީ ސަުޢޫދުވެސް ކޮމިޝަނުގެ ރައީސަށް ވާއިރު ރިޕޯޓް ދާންވީ ދިމަ ސުޢޫދަށް ނޭގުނުކަމާ ، މިރިޕޯޓާ ޖެހުނީމާ ބޮޑުން ފެށިގެން ކުދި މުއައްސަސާތައްވެސް "މަންމަން" ވީކަން.

    20
  7. ކޮރަލް

    ރަނގަޅު ވާހަކައެއް

    17
  8. ބިހޭ

    ގަޓު މުއާ ކަލޭ ބައްދަލު ކުރިންތޭ

  9. ފިނޑި އުމަރު

    މީގެން އިނގުނީ އުމަރުގެ ފިނޑިކަން. ހުރިހާ ކަމެއް ކުރިން އެނގުނު ނަމަވެސް ހާމަކޮށްލާނެ ގަޓުވެސް ނެތްވިއްޔަ.

    2
    14
  10. ސަބުމެރިން.

    އުމަރު ދޮގެއް ނުހަދާނެ ޔަގީން
    އުމަރު ބުނީމުތަ ރ ޔާމިނު ގޭންގު ކުދިންނާ ބައްދަލު ކުރެޔޭ
    ރ ޔާމިނާ ވެރިކަން ހަވާލު ކޮއްފިނަމަ ދައުލަތުގެ ހަޒާނާގެ އިންތާ ކޯޗެއްވެސް ނީންނާނާ ހަނދާނަކުނެއް.