އއ. ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ވ. ފެލިދޫ ހާބަަރ އެކްސްޓެންޝަން މަސައްކަތް ކުރުމަށްއެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ދެ އެއްބަަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

ތިން މަސް ތެރޭގައި ނިންމާ ގޮތަށް ރަސްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށުގެ ހުޅަނގުފަރާތުން 200 މީޓަރގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލާ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް 7.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ފެލިދޫ ފެލިދޫ ހާބަަރ އެކްސްޓެންޝަން މަސައްކަތް ކުރުމަށް އެމްޓިސީސީއާއި ހަވާލުކޮށްފައި ވަނީ 18.5 މިލިއަން ރުފިޔާއަށެވެ. މި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫއުގެ މަސައްކަތް ހަތް މަސް ތެރޭގައި ނިންމަން ޖެހޭއިރު، މި މަޝްރޫއުގެ ދަށުން އެރަށުގެ 61 މީޓާރު ބޭރު ތޮށިލުމާއި، 180 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 126 މީޓަރުގެ އެއް ގަމު ތޮށި ލުމާއި، 610 އެކަމީޓަރު ޕާވްމެންޓް ހަދާ ދެ ނެރުބައްތި ޖަހާ، ބަނދުރުގައި އަށް ބައްތި ޖަހަން ޖެހެއެވެ.