ސީރިއާގައި ތިބި ހަނގުރާމަވެރިންނަށް ރާއްޖެއިން ފައިސާއެއް ނުލިބޭކަމަށް ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިން ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕް އިން ބުނެފިއެވެ.

އެ ގްރޫޕޫން މިގޮތަށް ބުނެފައި ވަނީ، ރާއްޖޭގައި ހިނގާ ބޮޑެތި ވައްކަންތަކާއި އައިއެސް އާ ގުޅުން އޮންނަ ކަމަށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނިކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ރިޟްވާން މަރާލުމުގައި ރާއްޖޭގެ އެއްވެސް "މުޖާހިދަކު" އަދި ސީރިއާގައި ހަރަކާތްތެރިވާ އެއްވެސް ބައެއްގެ އަތެއް ނެތް ކަމަށެވެ.

"އަދި ރާއްޖޭގައި ސީރިއާގައި ތިބި ހަނގުރާމަވެރިންނަށް ފައިސާ ފޮނުވާނެ، ފަރާތެއް ނުހުންނާނެ، ސީރިއާގައި ތިބި ހަނގުރާމަވެރިންނަށް ރާއްޖެއިން ފައިސާއެއް ނުލިބޭ" ބިލާދް އަލް ޝާމްގެ ބަޔާނުގައި ވެއެވެ.

އަދި ރާއްޖޭގެ އެއްވެސް މުޖާހިދަކާއި، ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކާއި ގުޅުމެއް ނެތް ކަމަށް ވެސް އެޖަމާޢަތުން ބުނެއެވެ.

މަރު ކޮމިޝަނުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނު ސުއޫދު ވިދާޅުވީ، ރާއްޖޭގައި އައިއެސް ޖަމާއަތުން ފައިސާ ހޯދަމުން ދަނީ ބޮޑެތި ވައްކަންތައް ކުރަމުން އަންނަ ކަމަށެވެ.

ސުއޫދު ވަނީ މާލޭގައި ފަހަކަށް އައިސް ހިނގާފައިވާ ބޮޑެތި ވައްކަންތައް ކޮށްފައިވަނީ ސީދާ މިޖަމާއަތުން ކަން އެނގިފައިވާ ކަމާއި، މީގެ ތެރޭގައި ހިމެނޭ މީހުން އިނގޭ ކަމަށް ވިދާޅުވެފައެވެ.

"އައިއެސްއަށް ނިސްބަތްވާ ފަޅިއަކީ މާލޭގައި ކުރަމުންދާ ވައްކަންތަކުގައި، މިފަހުން ހިނގި ބޮޑެތި ވައްކަންތަކުގައި ޝާމިލްވި ފަރާތެއް. އެގޮތުން ދާދިފަހުން ބީއެޗްއެމް އިން ގެއްލުނު ފައިސާ ފަދަ ވައްކަން ތަކަކީ މި ޖަމާއަތުންކޮށްފައިވާ ކަންކަން ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާއަށް ނިސްބަތްވާ ޖަމާއަތުން ފައިސާ ހޯދަނީ އެކިއެކި ވިޔަފާރި ކޮށްގެން ކަމަށެވެ.

ފޮތި ފިހާރަތަކާއި ތަރުކާރީ ވިޔަފާރިތަކާއި ހޮޓާތަކާއި، ކަންނެލި މަސްދޯނި ދުއްވުން ފަދަ މަސައްކަތް ކޮށްގެން ފައިސާ ހޯދާކަމަށް އެނގިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ަޫސޫޖީ

  ސީރިޔާ ހަނގުރާމަ ވެރީންނައް ރާއްޖެއިން ފޮނުވަނީ މިފްކޯ ރިހާކުރާއި ދިޔާހަކުރާއި ތެލުލި ބަނބުކެޔޮފޮއްޗާއި ހަނާކުރި ފޯއްޕެކެޓެވެ.

  44
  3
 2. Angela

  ޢަހުންވެސް އަޑުއަހާފަވަނީ ހަނގުރާމަޔަށްދާ ކޮންމެ ބޮލަކަށް ކުޑަކުއްޖަކަށް ނަމަވެސް ފައިސާ ލިބޭކަމަށް ދެން މިރާއްޖެއިން ކޮން ފައިސާއެެއް ފޮނުވާ ވާހަކަޔެއްބާ ! ސުއޫދު ނޫސްބަޔާން ދެމުން ދިޔައިރުވެސް ހީވަމުން ދިޔައީ ކުރު ވާހަކަ މުބާރާ ތެއް ހެން ހަރުދަނާ ކަމެއް ނެތް ގޮތެއްގަ ކަންކަން ފާހަގަކޮށްފަވަނީ

  45
  5
  • ތެދު

   ތި އަކީ ހަމަ ތެދު ހަބަރެއް. ކޮންމެ ބޮލަކަށް ލާރި ހުންނާނެ ގެއެއް ފެން ކަރަންޓް ގޭސް ބޭސް ފަރުވާ ހަރަދު ދޭ

   10
   1
 3. ޢަލީ

  ދެން ހަގުރާމަވެރިންނޭ މުޖާހިދުންނޭ ކިޔައިގެން ހުރިހާ ނުބައިކަމެއް ކޮށްފަ ހުރިހާ ޚަރަދެއް މަތިން ފައިބަނީތަ؟ މީހުން މަރާމީހުން ތެދު ނުހަދާނެ! ބިލާދުޝާމްއޭ ބިލާދު ލައިލިއޭ ކިޔައިގެން މުސްލިމުންނަށް ހުތުރު އަރުވާ ބައިގަޑެއް ތިޔައީ

  22
  6
 4. މިއަދު

  ސުޢޫދުގެ މިބުނުންތަކުގެ އަސްލެއްކަމަށް ބެލެވެނީ ރާއްޖޭގައި މިއޮތް ހަމަޖެހުން ނަގާލާ އައިއެސްފަދަ ހަނގުރާމަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ ސަމާލުކަމަށް ރާއްޖެ ގެނަސް ރާއްޖެއާއި މެދު އެފަދަ ޖަމާއަތްތަކުގެ މެދުގައި ނަފްރަތުއުފައްދާ ރާއްޖެއަށް ނުރައްކާކުރުން

  9
  1
 5. އަބޯ

  އަލްގައިދާއިން އައިސް މި ނަސީދު ހައްޔަރު ކޮށްގެން ސީރިޔާއަށް ގެންގޮސް ބޮލަށް ބޮން އަލާލަދޭން ނުވޭތަ ؟

  12
  2
 6. ސަބާން

  ބިލާދައް އެންމެ ރަނގަޅީ ރާއްޖޭގެ މާޅޮސްކޭލާއި މިތާ ހައްދާ ކަދުރުގެ ބާވަތްކަމައްވާތީ..ބިލާދައް ނިތާ ތިބެގެން އެންމެން އެކުސްޕޯޓުކުރަނީ މާޅޮސްކޭލާއި ކަދުރެވެ..

  4
  1
 7. ސުޢޫދު

  މާލޭގައުޅޭކަމައްރިބުނާގްރޫޕަކީ ކޮންތަނެއްގަ ރެޖިސްޓަރވެގެން ހިންގާ ގްރޫޕެއްތޯ އަދި އެގްރޫޕް ރަޖިސްޓްރީކޮއްދިނީ ސުއޫދުތަ

 8. ޒަމާން

  ? ކަނު ސުއޫދުގެ މޮޔަ ކޮމިޝަން ?
  މި ދިވެހި ރާއްޖޭގަ މިހާތަނަށް ނުރައްކާތެރި އެތައް މަރެއް ހިނގާފައި ވާއިރު ހަމައެކަނި އެންމެ 2 ކަމެއް ނަގައިގެން މިއުޅެނީ ހަގީގަތުގައި އަދުލު އިންސާފު ހޯދުމަށް ބާއެވެ. ނުވަތަ އެއީ ވަކި ތަނަކުން ފަންޑު ކުރެވި ދުރާލާ ރޭވިގެން ކުރިޔަށްދާ ، އިނގިރޭސިވިލާތާއި ، އިންޑިޔާގެ އެޖެންޑާއެއް ނޫންބާއެވެ....!

  ?️ ފުލެޓް ތެރޭ ބޮލަށް ދަގަނޑެއް އަމުނާލާފައި މަރާލި ފައުޑީގެ މައްސަލަ ސުއޫދު ދެކުނިން ހެއްޔެވެ؟.. ނުވިތާކަށް އޭރު މި ސަދޫމުގެ ގާޒީކަލޭގެ ކުރި ކަމަކީ އެ ގާތިލުން ތައް ބޮޑު އަދަދުން ފައިސާ ނަގައިގެން ސަލާމަތް ކޮށްދިނުމެވެ.
  ?️ އަނިޔާވެރި ގޮތަަކަށް މަރާލައިފައި ގެއްލުވާލާފައި އޮތް އަޒްލީނާގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ ލާމު ގަމަށް އުފަން މަރްޔަމް ޝީރިން އަނިޔާވެރި ގޮތަކަށް މަރާލައިފައި އެއްލާ ލާފައި އޮތީ މާލޭ ގެއެއްގެ ކުނިތަުގެ ތެރޭގައެވެ.. މި މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ ލަންކާގައި މަރާލާފައި އެއްލާލާފައި އޮށްވައި ފެނުނު ބޮސްނިޔާ ރަބަރޭގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ ޝީލާ ނަޖީބުގެ ބައްޕަ ، ގާނޫނީ ވަކީލު ނަޖީބުގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ ކޯސްޓް ދަޅަކަށް ކޮށާފައި އަޅާފައި އޮތް ތުއްތު ކުއްޖެއް ވިލިގިނލި ބަނދަރު ސަރަހައްދުން ނެގި އިރު އެމަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️އަނިޔާވެރި ގޮތަކަށް ކަސްތޮޅުގައި ބައިންދާ މަރާލި ތުއްތު ތުއްތު އިބްތިހާލުގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ރާއްޖެ ތެރޭގައި ދޮންދަރިއަކު ދޮންބައްޕައަކު ފަތްޖެހި އެނދެއްގައި ނިދާފައި އޮށްވައި ކަތިވަޅިން ޖަހައި ކަރުބުރިކޮށްލި މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️ޔާމިން ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އެމްއެމް އޭ ކުރިމަތިން ވަޅިޖަހައި އަނިޔާވެރިކޮށް މަރާލި ޅަ ޒުވާނާގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟
  ?️މަސްބާނަން ގޮސް ގެއްލުނުކަމަށް ބުނާ ފުލުސް މީހާގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ ؟
  ?️ ދާދި ފަހަކުން ލޯބިވެރިޔާ އާއެކީ ގޮސް ވީ ނުވީ އެއް ނޭނގި ގެއްލިފައިވާ ޒުވާން އަންހެނާ ގެ މަރުގެ ތަހުގީގު ކޮބައި ހެއްޔެވެ؟

  ? އޭ ސޫއްޖާއެވެ.. މިހެން ކަލެޔަށް ދައްކަންވީ ކިތައް ކަންްތައް ހެއްޔެވެ؟ މިވެސް ހަމަ އެބުނާ އަލްގައިދާއިން އުސާމާ ބިން ލާދިން ބުނެގެން މަރާފަ ހުރި މަރުތަކެއް ހެއްޔެވެ؟...
  ކަލޭގެ މަގުސަދު ވަރަށް ސާފެވެ.. އަލީ ވަހީދު ޖީއެމް އާރު އަތުން ބަނޑުއަޅާލިހެން... ގެރި މޯދީ އާއި ގެރި ނަޝީދު ކަލެޔަށް ދިނީ ކިތައް މިލިޔަންކަން އެނގޭނީ އަދި ފަންގިގަނޑު ނެގުނީމައެވެ... ކަލޭގެ ސްކޫލް ދުވަސްވަރު އަޅުކަން ކުރާނެ ފަރާތެއް ނޭނގިގެން ބުރާންޗެއްހެން އެނބުރި ފަރަންޖީ ލެކްޗަރާއިން ގާތު އަހަމުން ދުވީ ، ކަލޭ އިސްލާމްދީން ގަބޫލު ކުރާލެއް ބޮޑުކަމުން ތާއެވެ... ކަލޭގެ މަގުސަދު ވަރަށް ސާފެވެ. އަދި ކުފުރާ ޝިރުކު ކުރަން ފަހިވެގެން ދިޔުމަކީ ކަލޭ ގަބޫލު ކުރާ ގޮތުގައި މިނިވަން ފިކުރެވެ.... އެއާ ދެކޮޅު ހަދައިފިނަމަ އެއީ ހައްދު ފަހަނަ އެޅުމެވެ....

  1
  1
 9. ޤަމަރު

  ޙުސްނުއްސުޢޫދު ނެރުނު ދިގުވާހަކައަކީ ޚިޔާލީ ފޮލައެއްގެމައްޗަށް ލިޔެ އެޔަށް ނިމުމެއްގެންނަންވެސް ނޭގުނު ގިނަ ދޮގު އެކުލެވޭ ޚިޔާލީ ވާހަކައެކެވެ. އެ ވާހަކާގައި ހިމެނޭ ބައެއް ވާހަކަތައް ޙަޤީޤަތަކަށްވާނަމަ އެއީ މީގެކުރިން ފުލުހުން ތަޙްޤީޤުކޮށް މަޞްލަޙަތަށްޓަކައި އަދިއިހަށް ސިއްރުކޮށްފައި ވާހަކަތަކެވެ. އޭގައި ސުޢޫދަށް ހޯދުނު އާ އެއްޗެއް ނެތެވެ. ސުޢޫދު ނެރުނު ދިގު ވާހަކަ އަމާޒްހިފާފައިވަނީ ވގުޞާލިޙްގެ ވަޢުދު ފުއްދައިފިންކަން ދެއްކުމަށެވެ.

 10. ޢަދުރޭ

  މިވެރިން . ކިޔާ . ޢެއްޗިއްސަށް .. އިތުބާރު . ކުރާނީ . ކިހިނެއް .. ކެމިކަލް .. ހަތިޔާރުން . ސީރިޔާގެ . ރައްޔިތުން . ނަށް ... ޙަމަލާ .. ދީފާ .. ބައްޝާރު .. ބޮލުގަ .. އަޅުވާ .. ބައެއް . މީ