އޭޑީކޭ ހޮސްޕިޓަލަށް މިއަދު ޑޮކްޓަރަށް ދައްކަން ދިޔަ މެދު އުމުރުގެ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ ކަނޑުމަތީގައި އޮއްވާ ފެނިއްޖެއެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅެވެ.

ފުލުހުން ވިދާޅުވީ 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 17:15 އެހާކަންހާއިރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާ އިން މިރޭ 20:34 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ.

މާލެ ކައިރިން ކަނޑުމަތިން އެމްޓީސީ ފެރީއަކަށް މިރޭ 21:30 އެހާކަންހާއިރު އެމީހާ ފެނިގެން ނަގައިގެން ފުލުހުންގެ އިދާރާއަށް ވަނީ ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ގެއްލުނު މީހާގެ އާއިލާ މީހަކު ބުނީ އޭނާ ގެއްލުނީ އޭޑީކޭގައި އިނދެފައި ފާހާނާއަކަށް ގޮސްފައި އެބަ އަންނަން ކަމަށް ބުނެ، ދިޔަ ފަހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ އާއިލާ މީހުން ވެސް އޭނާ އާއި އެކު މިވަގުތު ފުލުހުންގެ އިދާރާގައި އެބަތިބި ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކާފަ

    ޢޭޑީކޭގެ ޑރ.ކަނޑުރަސްގެފާނަށް ދެއްކީތަ؟

    57
    5
  2. މިނިވަނާ

    ސުރުޚީ ރަގަޅެއްނޫން..... ސުރުޚީއިން ހީވަނީ އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތް މީހަކު ގެއްލުނީ ކަމަށް.... ތިހެން ބަލާނަމަ އޭޑީކޭ މަގުން ހިގިޔަސް މިހެން ބުނެވިދާނެ ދޯ...

    146
    3
  3. ބިންގޯ

    އޭ.ޑީ.ކޭ ފާޙާނާ އިން ކަނޑަށް ފުލަސްވީބާ؟

    110
    4
  4. ާލޮސްޓް އެޓް ސީ

    ތަންކޮޅެއް ކަނޑު އުޅަނދު މަދު ސަރަޙައްދެއްނަަމަ ފެނުމުގެ ޗާންސް ކުޑަވީސް. އަމްދުން ރޭގަނޑު ކަނޑުމަތިން.

    30
    2
    • ބޯހަލާކު

      ހުރިހާ ކަމެއް އެެއީ ސިޔާސީ ކަންކަމެއް ނޫނެއްނު!

      7
      1
  5. ޙަސަން

    ކަނޑުމަތިން ހިނގާފަ ދަނިކޮށްބާ ފެނުނީ!

    37
    4
    • ޤައުމީ ރޫހު

      ތިކަމުގެ ޒިއްމާ އިސްތިއުފާ ދިން ރައީސް ނަގަންޖެހޭނެ

      25
      13
  6. ކާކު ޒިންމާ

    ސަރުކާރު މައްސަލަ އެއް

    28
    10
  7. ފާއިޒު

    އޭ ޑީ ކޭ ގެ ޢިމާރާތް އުސްވީމާ ވީގޮތެއްކަމަށް ވާނީ ކުރިޔަށް އޮތްތާނގައި ދަރުމަވަންތަ ހޮސސޕިޓަލުން އެކަމަށް ވިސްނަންވާނެ.

    14
    1
  8. ހުސޭނުބޭ

    އޭޑީކޭ ގައި އެޑްމިޓް ކޮށްފައި އޮންނަ މީހާވެސް ޖަޒީރާވަންތަވެގެން ދުނިޔެ ބަލާލަނީ!

    14
    7
  9. ޢަކު

    ސިކުނޑި ހަމަ ނުޖެހޭ މީހެއ ް އުތަ؟

    4
    1
  10. ސައްދާމް

    މައްސަލަ ވަރަށް ރަގަޅައް ތަހްގީގް ކުރަންފެނޭ، މަރުކޮމިޝަނަށް ފޮނުވާ

    16
    1
  11. ޓައްޓު

    ރައީސް ޔާމީން ޒިއްމާ ނަންގަވަން ޖެހޭނެ

    12
    4
  12. ވަތުކިބަ

    އޭޑީކޭ އިން ގެއްލުނު މީހަކު ކަނޑުމަތީގައި އޮއްވާ ފެނިއްޖެ . އެޑްމިޑް ކުރީއެނދުގާ ހޭލި އިރު އޮތީ ކަނޑުމަތީގާ .....ހުވަފެނެއްތާ