ކޭޝް ކާޑެއް ބޭނުންކޮށްގެން ފައިސާ ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ތ.ގާދިއްފުށި، ޖަވާހިރުމާގެ، ޡަމީނާ އިބްރާހީމް (24އ) ނަމަކަށް ކިޔާ އަންހެނެކެވެ.

ޡަމީނާ އިބްރާހީމް އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9791394 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ތަފާތު ދެ މައްސަލައެއްގައި ހަތަރު މީހަކު ހޯދުމަށް އިއްޔެވެސް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ތީ ވަރަށް ނުލަފާ ނުބައި ގޮތްކުޑަ ކުއްޖެއް

  2. ދޮންބޭބެ

    ލައިފްގަ އަންނާނެ އަޕްސް އެންޑް ޑައުންސް ވެސް ?‍♂️

  3. މަ

    ބޮނޑިއެއް ލިބެންދެން

  4. އެހެންތޭ

    ބުރުގާ އަޅާފައިވާ ބުރުގޭ ޖާން އެއް ދޯ. ތިޔާ ބުރުގާ ނަގާ ޖަނގިޔާ ބޮލުގައި އަޅުވަން އުޅެންވީއެއް ނޫންތޭ.

  5. Anonymous

    ހަހަހަ އެއްޗެއް އިނގި ގެނެއްވެސް ނޫން ދޯ ތިހެން ތިބުނީ . ހަހަހަ

  6. އެއްމެން

    މި ޚަބަރު ފެނުނީމަ ހިތަށް އެރީ އަންހެނެއްވީމަ އޭ މި އެނގުނީ. އެގޮތްމިގޮތހުން ކާޑު ބޭނުންކޮށްގެންނާއި އަދި މަކަރުން އެކައުންޓުގެ މައުލޫމާތު ހޯދައުގެން ބޭންކުން ވައްކަންކުރާ ބައިވަރު ފިރިހެނުން އެބައުޅޭ. އަދި މިމީހުން ރެޔާއި ދުވާލު ކުރަނީ މިމަސައްކަތް. އެކަމަކު އެއިން މީހަކު ދުވަހަކު ހޯދޭކަމަކަށްނުވޭ. އިންޑިޔާގެ ކްރައިމް ޕެޓްރޯލް އިން ދައްކާވަރަށް ކީއްވެބާ މިގައުމުގައި މަސައްކަތް ނުކުރެވެނީީ

    • ހައްޖަ

      ތިބުނުއްވީ ވަރަށްބޮޑު ތެދެއް އަޅުގަޑުގެ އެކައުންޓުން ވެސް ހަމަތިކަހަލަ މަކަރާ ހީލަތުން ވަނީ އެތައްފައިސާއެއް ނަގާފަ މިހާރު މަހަކަށްވުރެ ގިނަވީ އަދިވެސް ވީކަމެއް ހަރާމް ޕޮލިހަށްވެސް މައްސަލަ ހުށަހެޅިން އަދިވެސް އެމީހާ ހަމައެކަންތައް ތަކުރާރު ކުރަމުންދަނީ އެމީހާޔާ ދޭތެރޭ އެއްވެސް ފިޔަވަޅެއް ނޭޅެ މީ ވަރަށްދެރަ ކަމެއް..