މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނާ އިކޮނޮމިކް މިނިސްޓަރު ސައީދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްްވުން އޮތީ މިއަދު އިކޮނޮމިކް މިނިސްޓްރީގައެވެ. މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު އަބްދުރައްޒާގު ހަލީމް ވެސް ބައިވެރި ވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޖޫރީ މަސައްކަތްތަކުގައި އުޅޭ އިސް ފަރާތްތަކުން ބައިވެރިވިއިރު، މި ބައްދަލުވުމުގެ މަގުސަދަކީ މުދާ އުފުލުގެ ގަޑިތަކަށް އައި ބަދަލާ ގުޅިގެން މަޖޫރީ މަސައްކަތް ކުރާ މީހުންނަށް ދިމާވާ ދަތިތައް ބެލުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން މަޖޫރީންނާއި ބައްދަލުކުރެއްވިއިރު، އިއްޔެ މަޖުރީން ވަނީ ދެގުނައަށް އަގުބޮޑުކޮށް މަސައްކަތް ކުރަން ފަށާފައެވެ. ނަމަވެސް މަޖުރީން އަގުތައް ބޮޑުކޮށްފިނަމަ އެކަމުގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.

މާލޭގައި މުދާ އުފުލާ ގަޑި ރޭގަނޑަށް ބަދަލު ކުރުމާއި އެކު ޓްރެފިކް މައްސަލަ ހައްލުވެ މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ވެހިކަލްތައް ދުއްވުން ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަފާ

    ސައިއްޓޭ ތިވަރެއް ނެތޭ..ތީ ހަމަ ޖަވާހިރެއް. ރައީސަކަށް ތިޔަށްވުރެއް ރަނގަޅު ކެރޭ ވިސްނުންތޫނު މީހަކު ރަނިންމޭޓެއް ނުލިބޭނެ

  2. އަބްދުއްލާ

    ވާހަކަދެއްކުން މައްސަލައެއްނޫން އެކަމަކު މަޖޫރީންގެ ދަށު ސަރުކާރު ވެގެން ވުނާނެ. ސަރުކާރުން ރާވާގޮތަށްމަޖޫރީ ނުކުރާނަމަ މަޖޫރީ އުވާލުމަށްފަހު ދިވެހިންނާ ބިދޭސީން އެމްޕީއެލް އިން ވަޒީފާދީ ލޭބރ ފޯސްނެރެން ފަށާ.

  3. ހުމުދު

    މަޖޫރީ ގުރޫޕުތަކުގެ ބޮޑުންނަކީ ރީދޫ ހުންޖެހިފަ ތިބި ބައެއް މާދުއްޕާން ބޮޑިއްޔާ ގުރޫޕުތަށް އުވާލާ އެމް ޕީ އެލް އިން ލޭބަރ ފޯސް އެކުލަވާލާ.....

  4. Diega

    ޑުނިޔޭގެ އެހެން ގައުމުތަކެކޭއެއްގޮތަށް ކަންތައްކުރާނަމަ ދުވާލުގެ ވަގުތުތަކުގަވެސް މުދާހިފައިގެން ވެހިކަލް ތަކަށް ދަތުރުކުރެވޭނެ ވަކިމަގުތަކެއްނަމަވެސް އޮންނަންޖެހޭ، ދުވާލު އެއްވެސްގޮތަކަށް ޑެލިވެރީ ނުކުރެވޭގޮތަށް އޮތުމަކީ ގައުމު ހުޓުމަކައްގެނައުން ތިންކް އެބޮއުޓް އިޓް