އެމްޑީޕީގެ އެކްޓިވިސްޓު އަލީ ހާޝިމް (ސްމިތު) ސިޔާސި މަގާމަކަށް އައްޔަންކޮށްފި އެވެ.
އޭނާ އައްޔަންކޮށްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށެވެ.
ސްމިތް ސިޔާސީ މަގާމަކަށް އައްޔަން ކުރިއިރު، އޭނާއަކީ ގްރޭޑް ހަތެއްގެ ފެންވަރުގެ މީހެކެވެ. އޭނާއަކީ އަހްލާގީ މައްސަލައެއްގައި ސްކޫލުން ކަނޑާލި މީހެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުގައި އަބަދުވެސް އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ސްމިތް އެ މަގާމަށް ހަމަޖެއްސީ، އޭނާއަށް ސިޔާސީ މަގާމެއް ދޭން އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން މީސް މީޑިއާގައި ކެމްޕެއިން ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ.
ސްމިތްއަކީ އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޖަލަށްވެސް ލި މީހެކެވެ. މާރާމާރީ މައްސަލަތަކުގައި އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައި ވެއެވެ. މީގެ އިތުރުން، ރާއްޖެ ސިއްސުވާލި އެއް މަރުކަމުގައިވާ ޑރ.އަފްރަޝީމްގެ މަރުގެ މައްސަލާގައި ވެސް ސްމިތު ހައްޔަރު ކުރިއެވެ. ނަމަވެސް އެމައްސަލައިގައި އޭނާގެ ބައިިވެރިވުމެއް ނެތުމުން އޭނާ ދޫކޮށްލީއެވެ.
އޭނާ މި މާގަމަށް އައްޔަންކޮށްފައި މި ވަނީ، އެމްޑީޕީގެ ހުރިހާ އެކްޓިވިސްޓުންނަށް މި ސަރުކާރުގައި ވަޒީފާ ނުލިބިގެން ޝަކުވާ ކުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެ ހުރިހާ އެންމެނަށް ވަޒީފާ ދީފިނަމަ ތަރައްޤީއަށް އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް، އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ ހަފްތާއެއް ވެސް ނުވަނީސް ކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ދާއިރު އެމްޑީޕީ އަށް ތާއިދު ނުކުރާ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ފާއިތުވި ނުވަ ވަރަކަށް މަސް ދުވަސް ތެރޭގައި ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.
ތީ ރަތްލާޖެހި ގާތިލެއް. މައުމޫނު ދައުރުގަ އެތައް ބަޔަކު މެރުމުގަ ހުރި ބޮޑު ގާތިލެއްތީ. ޝިފާއުﷲ ވާހިދުއާއި މިމީހުން ގުޅިގެން ވަނީ މަސްތުގެ ހާލުގަ ހުރެ އެތައްބަޔަކުމަރަަ ބޮޑެތި މާރާމާރީއާއި ބޮޑެތި ވައްކަންތައްކޮށްފަ. ފަހަރެއްގަ އިބޫ ސޯލިހަށް ބިރުދައްކައިގެން ހޯދި ވަޒީފާއަކަށްވެދާނެ.
ބަލަގަ! ވެރިކަމުގައި ހުރީ ނުކިޔަވަހުރި މީހެކެވެ. އޭނަގެ ފަހަތުގައި ތިބެންޖެހޭނީވެސް އެފަދަ މީހުންނެވެ.
"ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު" ކަމުގެ މަޤާމު އެއީ ގްރޭޑް 7 ފެންވަރުގެ މަޤާމެއްނޫންތަ؟
މިއޯ ތައުލީމައް މި ސަރުކާރުން ކޮއްދިން އެންމެ ބޮޑުކަމަކީ..
ސާބަހޭ އިބޫ ސޯލިހު. އަހަރުމެންގެ މައިންބަފައިން ނުކައި ނޮބޮއި ތިބެގެން ރުފިޔާ ހޯދާފަ ދަރިންނަށް ކިޔަވާދީ އެކުދިންނަށް ރަގަޅު ވަޒީފާ ލިބޭނެ ކަމުގެ ފޮނިއުއްމީދު ކޮށް ހުވަފެންތައް ދެކޭއިރު ނުކިޔަވާ މަގުމަތީ ގަމާރާމާރީ ހިންގާ މީހުންނަށް ވަޒީފާ ދެމުން ތިދަނީ ސާބަސް ހަމަ ???
މައްސަލަ އެއްނެތްތާ ތިއޮތީ ބުނެފަތާ މި ސަރުކާރުންނޭ އެންމެބޮޑު ޚަރަދެއް ކުރީ ކިޔަވަދޭން. މިސަރުކާރުން ކިޔަވައިދީގެން ދެވުނީ ދޯ.
ރިިީނދޫ ސަރުކާރުގައި ގިނަވާނީ މިކަހަލަ ގުންޑާއިންނޭ. ކިީއްކުރާނީ ގައުމުގެ ހަާލު . އެބައެއްގެ ހާލަތު ބަދަލު ކުރަންޖެހޭނިީ އެބަޔަކު އަމިއްލައަށް ދިވެހިން ބެޭނުންވިީ ބިރަކާ ނުލަަާ މަޖާ ކުރަން .ދިވެހިން ބޭނުން ވިގޮތް ބޮޑު މަންޒަރު ތި ފެންނަނީ ދެންވެސް ޔަާމީންގެ ފަހަތަށްއަރާ .
އެމް ޑީޕީ ކުރިއަށް އަތުވެއްޖެއްޔާ އެ މީހަކު ހުންނަ ސިފައިން ވެސް އެކަން އެނގޭނެ. މުޖުތަމައު ޤަބޫލު ކުރާ ކަހަލަ ރީތި ހަރުދަނާ ސިފައެއް އެ މީހެއްގެ ބޭރުފުށަކުން ބުފެންނާނެ. ވައްތަރު ވާނީ ޖަންގަލީ ތެރޭގެ ކޮންމެވެސް ކަހަލަ އެއްޗަކާ.
?
ދައްކާނެވާހަކައެއް ނެތް. މަގު ދެއްކީ ރައްޔިތުން. ރައްޔިތުންްގެ މަޖިލީހުގައިވެސް ގިނައީ އެކްތިވިސްޓުން.
ޕާޓީގެ އެކްޓިވިސްޓުންނަށް ވަޒީފާ ދީ ނިމުމަށްފަހު ބާކީތިބި ޒީރޯ ޓޮލަރެންސްގެ ޕާޓޭއިންނަށްވެސް ވަޒީފާދެނީ! ދެން މިކަމާހުރެ ބަޖެޓް ހުސްވެ، ރިޒާވް ހުސްވީމާ އިބޫ ސޯލިހް މިގޮވަނީ މުންޖޭ!
7 ގެ ފެންވަރުން ޑިރެކްޓަރ ލެވެލަށް.. އޯލެވެލާ އޭލެވެލާ މަތީ ފާސްތަކާ ހިފައިގެން އައީމަ ކިރިޔާ މިލިބެނީ އޮފީހެއްގެ ދޮރުމަތީ ގޭޓް ބެލެހެއްޓުމުގެ މަޤާމް..
ޜައްޔިތިން ގުބޯ ހެއްދުމުގެ ހިތިރަހަ ފެންނާނެ.މިއީ މައިންބަފައިންގެ ތަރިކަމުދަލަށް ހަދައިފި. ޔާމީން އަށް ފޫޅުކަޑަފަ.
ޑަސްބިނުން ކުނިހޮވައިގެން ސަރުކާރު ހިންގުމުގެ ނަތީޖާ އިއުލާންކުރާއިރުވެސް މިކަލޭގެ ދެބަންދިހާރުވެފަ .
އަޑުބަރޭ އަށްވެސް ސްޓޭޓް މިނިސްޓަރ ކަންދީފަ ޔޫތު މިނިސްޓްރީން...އޭނާ ކިޔެވީ ގްރޭޑް 5 އާހިސާބަށް..ދިވެހިބަހުން އަމިއްލަނަން އަޅަންވެސް ކިރިޔާ އެނގެނީ...ޒީރޯ ޓޮލަރެންސް ގެ ކަރަޕްޝަން އަމާ...
ގުރޭޑު 7 ގެ ފެންވަރު އެކަނިތަ ؟؟ މިއީ ބޮޑު ޕާރޓޭއެއް... އައްޗީ... މިފެންނަނީ ހަަމަ ގަންޖާ ނަޝީދުގެ ހަޔާތް ކުޑަކަމާ ލަދުކުޑަކަން. އޭ އިބުރޭ އަހަރެމެން ކަލެއައް ވޯޓުދިނީކީ މިކަހަލަ ކަނޑުކޮހުންނަށް ސަރުކާރުގެ ޒިންމާދާރު މަގާމްތައް ދޭކަށެއް ނޫނޭ... ކަލެއައް އޮތް ތާއީދު ނިމުނީ !!!
ޒަހާ ވަހީދު އާއި ޔުމްނާ އަށް ވުރެ 1000 ބައި ރަނގަޅަށް ހިންގާނެ. ޒަހާ އަކީ ޔާމިނު ކައިރި މިނިސްޓަރ ކަން ކޮށް ޕާރޕޯމަންސް އެއް ނުދެއްކުނު މީހެއް. ކީއްކުރަން މިނިސްޓަރ ކަން ދޭންވީ މައުމޫނުގެ ސްލޮޓް ގަޔޯ. މައުމޫނު އަށް ކިރިޔަކިރިޔާ 3000 ސޮއި ހަމަވީ. ދެން ކޮން ސްލޮޓެއްތަ ؟
ދެންކޮބާ ކިޔެވުމުގެ ބޭނުމަކީ މުސާރަވެސް ޖަހާލަބަލަ
ނޫނޭ. މިހާރު ޕީޕީ މީހުން ކުރި ކަމެއްނަަމަ މިކަމާ ބޮޑު ރިޕޯޓެއްވެސް ނެރޭނެ.
ޑރ. އަފްރާޝީމްގެ މައްސަލަ ރިލްވާން މައްސަލަ ނިމެންވާއިރަށް ފެންމަތިވާނެ އޭރުން އެގޭނެ ސުމތުގެ ބައިވެރިވުން.
މުޅި ސަރުކާރުގައި މިކަހަލަގެ ދެއުޅިއެއްނުވާ ކަޗޯރުން
ރާބޮއެގެން އެތައް މުޒާހަރާ އަކަށް ގޮސް ހަމަ ނުޖެހުން ހިނގީމަ. ނަީދުބުންޔަސް އެޔޮތީ ދީފަ.
މިހާރު އުޅެނީ ސުންނަތަށް އެރުންތާ ސޫދު މެންނަށް ދީނުގެ ބޮލުގަ އެޅުވޭނީ.
ލަދުގެ ކަންފުޅެއްވެސް ހުރި ބައިގަޑެއްނޫން މިއީކީ! ޓެކުހުން ހިތައްއެރިގޮތެއް ތިހަދަނީ،
މިބައިގަނޑުގެ ލަދު ނެކީނޫން. ރައީސް ސޯލިހުގެ ލަދުނެތީމާ މިކަހަލަމީހުނަށް ބޮޑެތިމަގާމްދެނީ.
ދިގު ކުށުގެ ރެކޯޑު އޮތުމަކީ މިހާރު ސަރުކާރުގެ ވަޒީފާތަކައް އެޕްލައިކުރާއިރު އިތުރައް މާކުސް ލިބޭ ކަމަކައްވީމާ.. އެންމެ މަތީ ވަޒީފާތައް މިހާރު ލިބޭނީ ސުމިތު އާއި ދަނިތު މެންނައް ނޫންތޯ.
މީނާ އައް ދޭންވީ މިނިސްޓަރީ އޮފް އިސްލާމިކް އެފެޔާސްގެ މިނިސްޓަރުކަމާއި އިސްލާމީ މަރުކަޒުގެ އިމާމުކަންވެސް.
މިއީ އެއީވާއޭ ކިޔާމީހަކު މަޖިލިހުގައި ބިރުގަންނަވާހަކަ ދައްކާފައި ދޫކޮއްލާފަ ތިބެން ބިރުގަންނަ ކަހަލަމީހެއް ކަމައް ބުނެ އުޅެނީ ދަންނަމީހުން އަދިވެސް އިންސާފޭ ޒުވާނުންނޭ ތައުލީމޭ ކިޔައިގެން ބާރައް މަޖިލީހުގަޔާ ޕޯޑިއަމް ތަކުގައި ވާހަކަދައްކާ ބާރައް މީ އެޖެންޓް 19 އޭކިޔާފަ ލަދުމިގަންނަންޖެހެނީ މަމެން އަޑުއަހާމީހުން މިޔައްވުރެ މާގާބިލް ތައުލީމީ ޒުވާނުން ވަޒީފޡނެތިފައި އެބަތިބި ރައްޔަތުންގެ ތެކްސްޕޭ ރުފިޔާއިން މުސާރަޔާ އިނާޔަތާ ނަގައިގެން ލަދުކޮބާ
އެމްޑީޕީގެ ވެރިކަމެއްގާ ސިޔާސީމަގާމެއްގެ ހުރިހާ ޝަރުތު މީނާގެ ފުރިހަމަ ވެފައިވާކަމަށް މިޚަބަރުން މަށަށް އެނގުނީ. ރައީސްސޯލިަށް އައްސަރިބަހާސާބަސް.
ހޯހޯ މުޅިންބަރާބަރު މިކަހަލަ ސޮހަލުން އިތުރުކުރޭ އޭރުން ޚުދުމުހުތާރު ވެރިކަމެއް ދެމެހެއްޓޭނީ މަޖިލީހުގައެތިބީ އިއް ޒަތްތެރިންތޯ އެހުރީ ނެތްގަ އީސަޔާ އީވާގެ ހާލަތު ދެންއޮތީ އެމްޑީޕީ ކުރީސަފު އެހުރީ އިއްޒަތުގެވެރިޔާ ޝިފާޒު އިތުރު ވެބްކެމް ކުޅުންތެރިން ދެންއޮތީ އަދުގެ ސަރުކާރު މަތިފަޑި ބޮޑެތި ގޭންގު ލީޑަރުންނާ ވަގުން ތިބެގެން މުޅިގައުމު ކައި ހުސްކުރަނީ ހެހެ މަޖިލިހުގެރައީސް ވަކިސަހަލުބާ އެހުރީ ހުކުރު ޚުތުބާގެ ހުރުމަތްކަނޑާ ދީނަށް ފުރައްސާރަ ކުރާވަރު ވަރިހަމަތާ އެޑިއުކޭޝަން މިނިސްޓަރު ބޮޑުހުތުރެއް އަދަބާ ސަދަބު ގެއްލުވާލައިފި ޓުވަރިޒަމް އެހެރަކިއްލިތަޅަނީ ލާރިން އިސްލާމިކު މިނިސްޓަރު ފައްޅިއެޅިޔަށް އޯކޭ މަސްވެރިކަން މަކަރާއޮޅުވާލައިގެން ނަޖިސްވިއްކަނީޔޯ ބޯހަލާކު މުޅިގައުމު ވިއްކާ ހުސްކޮށްފި ކައި ހުސްކޮށްފި ކާފިރުވެނިމިއްޖެ ދެންއަތްޖަހާ ވަރިހަމަ ސަލާމަތީބާރުތައް ފުނޑާލައި ހަރުގެ ތަކަށް ބަދަލުކޮށްފި އަދިވެސް އޮތީ ހަލާކުވުން ކުރިޔަށް
ޗީޑި މަގުމަތީގަ މާރާމާރީ ހިންގަން އުޅުނު ހިމާރެއް. މިމީހުންނަށް މީހުން ތާއީދުކުރާ ސަބަބު މިފެންނަނީ. ޔާމީނުގެ ސަރުކާރުން ނުދޭނެ މިކަހަލަ މީހުންނަކަށް އެކަހަލަ ވަޒީފާއެއް. ކިތަންމެ ގިނަ ވަޒީފާއެއް ދިނަސް ދޭނީ އެކަށީގެންވާ މީހުންނަށް. ވަރަށް ތަފާތު ދޯ؟
ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ މި ޚަރަދުކުރަނީ މިމީހުންގެ އަޢުވާނުންނަށް ބޮޑެތިމަޤާމުދީ އެމީހުނަށް މުސާރަދޭން.
ކީއްވެ ސްމިތު ވާހަކަ ދައްކަނީ؟ ކީއްވެ އަޑުބަރޭމެނަށް މިއަށްވުރެ ބޮޑެތި މަޤާމު ދިންވާހަކަ ނުދައްކަނީ؟ ވަކީދާއޯ؟ ފިލްމުސްޓާރު އަޒޭ އޯ؟
އަހަރެންނަށް މިނިސްޓަރުކަން ކުރެވެންޏާ ސުމިތައް ޑިރެކްޓަރުކަން ނުކުރެވެންވީ ކީއްވެ؟ ވަލީދާ އާ އަޒޭވެސް އެއުޅެނީނުން. ދިވެހިން ކޮންއިރަކުންބާ މީހުން ޖަޖް ކުރުން ހުއްޓާނީ
ސުމިތް އަކީ ބަރާބަރު މީހެއް. ކުރިން މީހަކު އުޅެފަ ހުރި ގޮތަކުން ނުވަތަ ތަޢުލީމެއް ނުލިބި ހުރުމުންނޭ ކިޔާފަ ނުޖެހޭ މީހުން ބާކީ ކުރާކަށް. ފޮތުގެ ބަންޑޭރި ގަނޑު ބަލަގެން އެތެރޭގަ އޮތް އެޗެއް ނޭންގޭނެ ދޯ!