ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދިނުން އަމިއްލަ ފަރާތަކާއި ހަވާލުކުރަން ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން އިއްޔެ އާއްމު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫޢުގެ މަސައްކަތް ރިވިއުކުރުމަށްޓަކައި އެކުލަވާލާފައިވާ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" ގެ ފަރާތުން ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ޙާލަތު ދެނެގަންނަންޖެހޭ ފަރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2019 ސެޕްޓެންބަރު 11 ވާ ބުދަ ދުވަހުގެ 13:00 އަށް ރައީސް އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ސެޕްޓެންބަރު 17 ވާ އަންގާރަ ދުވަހުގެ 13:00 އަށް ރައީސް އޮފީހަށް އަންދާސީހިސާބު ހުށަހެޅުމަށް ރައީސް އޮފީހުން އެދެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނީ ޙައްޤު ފަރާތްތަކަށް ނޫންކަމަށް މިސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ފްލެޓް ލިބުން ޙައްޤު ފަރާތްތަކަށް ފްލެޓް ދިނުމުގެ މަސައްކަތް މިސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ރައީސް ޞާލިހް ވަނީ "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އެއް އުފައްދަވާ، ޙައްޤުވެރިންނަށް ފްލެޓް ދިިނުމުގެ ކަންކަން ކުރިއަށް ގެންދިއުން އެކޮމެޓީ އާއި ހަވާލުކޮށްފައެވެ.

ނަމަވެސް އެކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދަނީ މާލަސްކޮށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އިސްރާފ

    ފުލެޓާ ބެހޭ ވުޒާރާތަކާ ކޮމެޓީތައް ހުއްޓާ އިތުރު ބަޔެއް ވައްދައިގެން އިސްރާފް ކޮއްފަ ފުލެޓްގެ އަގުއުފުލީމާ ހަނާވަނީ ނިކަމެތި ރައްޔި ތު މީހާ

    90
    1
    • ޒައި

      ރައީސް ސޯލިހް އުފެއްދެވި އެންމެ ކަމެއް ނެތް ލަސް ކޮމިޓީ..

      50
  2. އަހުމަދު

    50 ހާސް ރުފިޔާ ގެ މުސާރައިގައި ތިބި ކޮމެޓީ މެންބަރުން ވީ ނޫންތޯ ގޭގެއަށް ދާން އެމީހުންގެ ގޮނޑީގެ ހޫނު ކަން ކެޑި ދާނެތީ ފޫކޮޅު ހިއްލާލާކަަށް ބޭނުމެއް ނުވޭ މިހާރު އެތައް ފްލެޓެއް އަޅާހައި ފައިސާ ކޮމެޓީ މެންބަރުންނަށް ޚަރަދު ވެއްޖެ...... އެމީހުން ކުރި ކަމެއް ނެތް މުސާރަ ވެސް ހަލާލު ނުވާނެ ދެން ބުނާނެ ފޯމް ގެއްލިއްޖެއޭ......ހެ ހެ

    75
    1
  3. ސައްދާމް

    އެމްޑީޕީގެ ގިނައަދަދެއްގެ ސަޕޯޓަރުންނަށް ފްލެޓް ނުދެވިގެން ކުރިން ހޮވިފައިތިބި މީހުން ވަކިކޮށް އަލުން ދިނުމުގެ ނިޔަތުގައި ކުރެވޭކަމެއްމީ. މިސަރުކާރު މިއޮތީ ކަންޑުމަތި އަޅާފަ.

    70
  4. ހުދުހުދު

    ދައުލަތުގެ ފައިސާތައް އެކިއެކި ނަންނަމުގައި އެކިއެކި މަސައްކަތް ކުރުމުގެ ނަމުގައި މީސްމީހުނަށް ދީގެން އެއިން ކަމިޝަން ނެގުންނޫން ކަމެއް ހައްދަވައިގެން މިސަރުކާރުން ކުރިޔަކަށް ނުގެންދޭ.

    62
  5. ޖާޒީރާ ބޯއީ

    ލޯކަލް ކައުންސިލް އިންތިހާބު ކައިރިވާކަމުގެ އަލާމާތް، މައުލޫމާތު ސާފުކޮށް ނިމޭއިރު އިންތިހާބު ނިމިގެން ގޮސްދާނެ. ރައްޔިތުންނޭވެ ވިސްނަވާށެވެ.

    60
  6. އިހުރު

    ސަރުކާރު ހަވާލްކުރީމު، މަޖުލީސްވެސް ހަވާލް ކުރީމެވެ، މުޅި ދައުލަތް ހިންގުމުގެ އެންމެހާ ބަރުތައް އަމިއްލަ މުށުތެރޭގައި އޮވެމެ 9 މަސް ދުވަސް ވީއިރު ނިކަމެތި ރައްޔިތަކަށްވީ މަންފާއެއް ނެތެވެ. ސަރުކާރާ ހަވާލްވެތިބި މީހުންނާއި އެމީހުންގެ އަހުވާނުންގެ ޖީބުތައްފުރާފިއެވެ. އަދިވެސް ނިކަމެތި ކަމުން އަރާނުގަނެވިތިބި ރައްޔިތުންގެ ބޯކައިގެން ލޯކަލް ކައުންސިލްގެ ވޯޓުވެސް ދޭންވީހެއްޔެވެ. ރައްޔިތުންނޭވެ މީ މިސަރުކާރު ޖަވާބުދާރީ ކުރުވަން ދެންލިބޭނެ އެންމެފަހުގެ ފުރުސަތެވެ. މާތްﷲ ދީނަށް ވާގިދޭބަޔަކާމެނުވީ ނުގުޅޭށެވެ. ﷲގެ އަޒާބް ހަމަގައިމުވެސް ގަދަފަދަވެގެންވެއެވެ.

    59
    1
  7. ޢާބިދާ

    ރައްޔިތުންގެ ޒާތީ މައުލޫމާތު އަމިއްލަ ބަޔަކަށް ދިނުމަށް ނިންމުމަކީ ވަރަށް ނުރައްކާތެރިކަމެއް.. މިކަން ހުއްޓުވަންޖެހޭ...

    69
    1
  8. އެމްޑީޕީ މީހެއް

    އަލުންފޯމްލައިގެން އިންސާފުން ތިފުލެޓްތައް ދޫކުރުމައްގޮވާލަން ކުރީސަރުކާރުން ތިކަންކޮއްފަ ތިއޮތީ އަމާބުނީތީ ފަރައްދާއުސޫލުން

    9
    72
    • ެެއެމްޑީޕީނޫންމީހެއް

      ނުކުރެވިގެން ތިއުޅޭ ކަމަކީ ތީ. ފްލެޓްތައް ހައްގުވެރިފަރާތްތަކަކަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތް އޮތުން އުވާލާފައި ހައްގުން ނޫނަސް އެމްޑީޕީ މެމްބަރުންނަށް ފްލެޓްތައް ބަހާލުން!

      57
      3
  9. ހަސަން ރއ

    ޕެޕަރ ސްޕްރޭ ފައުޖު ގެ ޕްރެޝަރ މާބޮޑުވީމާ ތިކަހަލަ މޮޅެތި ކަންކަން ކުރަން ސާލިހު ވިޔަސް ދެން ޖެހޭނީ. ތިޕެޕަރ ސްޕްރޭ ފައުޖު އެންމެ ވައްތަރުވާނީ މޫސާ ގެފާނު ފަހަތުން ހިގި މުނާފިގު ބަނީ އިސްރާއީލުންގެ ބައިގަނޑާ. އޭސާލިހް ކަލޭ އަހަރެންމެންނަށް ވަޒީފާ ދޭނަމޭ ކިޔާ ތިޔަ ދެނީ މިކަހަލަ ޕޮކެޓްމަނީއަށް 2000 ރުފިޔާ ލިބޭ ކަންކަން. ދެން ޖެހޭނީ މާކްސް ކޮޅު ވަގަށް ނަގައިގެން ދިރިއުޅުމުގެ ބާކީ ބައި ޖައްސަން. ލާރި ހިފައިގެން އައިސްފިއްޔާ ނޯންނާނެެ ޕީޕީ އެއްވެސް

    23
    2
  10. ދޭބަލަ

    ތަމެން ބަނޑޭ ކިޔިއްޔާ މާ ބޮޑަށް ވެސް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ ތަމެން ނަށް ނުވަންނާ އެހެރީ ވަން ދޮރު ނިކުމެ ރައްކާވާންވީއޭ ދަ ކަންޓްރީސައިޑޭ މެންނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ...

    24
  11. މިއަދު

    ބައިކުދިންކޮޅަކަށް ލާރިކޮޅެއްދޭނެގޮތެއްރާވާލީ ސާބަސް ކާސަރުކާރަށް

    34
  12. ހުޅުރާއްޖެ

    ބޭކާރު ކަމެއްް. ތިޔަ ފްލެޓަކަށް އެދުނު ދުވަހުގެ ހާލަތާ މިއަދުގެ ހާލަތާ ދެމެދު ހާސްބައި ފަރަގު ހުންނާނެ. ފޯމުގައި ހުރި މަޢުލޫމާތަށް ބަލައިގެން ފްލެޓް ދިނީމާ ނިމުނީ. ހައްލަކީ ގިނަ ފްލެޓް އަޅައި ބޭނުންވާ މީހުންނަށް ލިބޭނެ ގޮތް ހަމަޖެއްސުން.

    33
  13. ނުރައްކާ

    އިތުރު ބަޔަކަށް ޙަވާލުކޮށް އާންމުންގެ ޒާތީ މައުލޫމާތު އާންމުންގެ އަތް މައްޗަށ ދޫކޮށްލަން ނުޖެއްސިޔަސް.. ވަޤުތީ މުވައްޒަފުންކޮޅެއް ހޯދައިގެންވެސް ތިކަން ކުރެވިދާނެ..އާންމކޮށް މިކަހަލަ ސާރވޭ ތައް ކުރާ
    އުސޫލުން

    30
  14. ޢަދުރޭ

    ބޯހިޔާވަހިކަން ރައްޔިތުންނަށް ހޯދަދޭން ކުރީ ސަރުކާރުން ހެދި ފްލެޓްތަކަކީ މި ސަރުކާރުން އެމްޑީޕީ މީހުންނަށް ފައިސާ ދޫކުރަން އޮތް ބަހަނާ އަކަށް ހަދައިފި . ބޯހިޔާވަހިކަން ނުލިބިފައި ތިބި ރައްޔިތުން ހަމަ ތިބީ ރޯލަ ރޯލަ .. މިހާރު އަހަރުވަނީ މި ސަރުކާރު އައިފަހުން . އައީ ބޯ ހިޔާވަހިކަމުގެ ވަޢުދުވެގެން .ޔާމީނު ވައްކަން ކުރަނީއޭ ކިއާފަ ! މި ގަންނަނީ ކޮން ގަނޑެއް ؟ .ފުރަތަމަ ހެދީ ޙާލަތު ބަލާ ކޮމެޓީ . މިހާރު އެ ކޮމެޓީގެ ދަށުން މި ހެދީ ކޮންޓްރެކްޓް އަށް ޙާލަތު ބަލާ ކޮމެޓީ . އެމް ޑީ ޕީ ބޭނުން ހުރިހާ ކަމެއް ރައްޔިތުން އެއޮތީ ކޮށްދީފަ . ވެރިކަން ދީފި . ރައްޔިތުންގެ މަޖްލީސް ހޯދަދީފި . މިހުރިހާ ކަމެއް ކޮށްދިނީ އަދި ވޯޓް ދިނީކީ ތި ގޮތަށް ކަލޭމެންނާ ދޭތެރޭ ޝައްކު ކުރަމުންނެއް ނޫން .ޝައްކު ވާތީ ވޯޓް ނުދޭން މަޑުކޮށްގެން އަހަރު ދެއަހަރު ތިބީކީ ނޫން އެކަމަކު އޭރު އެހެން ނުހެދުނީތީ މިހެން މިވީ .މިހާރު އެނގިއްޖެ މިދިޔަ މަދު ދުވަސް ކޮޅުގެ ތެެރޭގައި .އަހަރުމެން ރައްޔިތުންނަށް ބަލާވެރިކަން ޖެއްސުން ނޫން ކަމެއް ތި އެމްޑީޕީގެ ޕެކެޖްގައި ނެތް .ކަލޭމެން ތިއުޅެނީ ނަޖިހުން ލިބޭ އާމްދަނީ އިން މިޤައުމު ހިންގަން ތިވަރު ކަނޑުކޮސް ބައެއް މުޅި އޭޝިޔާ ތެރޭ ގައިވެސް ނެތް އަހަރުމެން ރައްޔިތުން ބޭނުންވަނީ ފޮނި ވާހަކަ އަޑު އަހާކަށް ނޫން.. ނަތީޖާ ބޭނުންވަނީ !
    ބޭނުންވަނީ . ނަތީޖާ އެއް ނުނެރެވޭ . ހުސް ބަހަނާތަކެއް އަހަރުމެންނަށް ތި ވިއްކަނީ . . އަހަރު ނިމުނީމަ . ގުރުސް ފެންމަތިވީމަ. ގާނޫނުތައް އިސްލާހު ކުރެވުނީމަ. ކޯޓްތައް އިސްލާހު ކުރެވުނީމަ . އަހަރުމެން ނަކަށް ނެތޭ މަޑުކޮށްގެން ތިބެވޭކަށް ކަލޭމެން ހިތްފުރިގެން ބަންޑުން ވަންދެނެއް. އަހަރުމެން ރައްޔިތުންނަށް ތި ބަލާވެރިކަން ޖައްސަނީ އެމްޑީޕީ އަށް ދަރާފަ އޮތީތަ އަހަރެމެން ؟

    10
  15. ޑާޑީ

    ގޮތް ހުސްވީ

  16. ެފެންނަންހުރިހަގީގަތް

    މީހުންގެހައްގު ފޭރޭމީހުންނައް ﷲތައާލާގެ އަޒާބުގަދަފަދަކަން އެކަލާންގެ ވަނީއަންގަވާފަ އެހެންވީމާ ހަނދާންކުރާތި އެއްވެސް މީހެއްގެހައްގު ނިގުޅައިގަނެ ތިމާބޭނުންވާބަޔަކަށް ދޭމީހުންނަ މިދުނިޔޭގެޔާ އާހިރަތުގައި ހަލާކުކުރައްވައި ނިކަމެތިކުރައް ވާވާދޭއާމީން

    13
  17. ÷ިސޕސިސ

    ޠިއުޅެނީ ކައުންސިލް އިންތިހާބައް މީހުންގެ މައުލޫމާތު ހޯދަން...........

  18. ދިވެއްސަކީ

    ރާއްޖޭގެ އަމިއްލަ ފަރާތެއް ސީދާ ތެދުވެރި ކަމާއި އެކު ތިކަން ކުރާނެ ކަމާއި މެދު ޝައްކު. އެހެން ވީމައި އެމީހުން ކުރާމަސައްކަތުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް ދައުވާ ކުރެވޭނެ ގޮތަކަށް ނޫނީ ހަވާލުކޮށްގެން ނުވާނެ.

  19. ފފ

    ބޭކާރު ހަރަދު ސޯލިހޫ

  20. ސާ

    އަމިއްލަ ފަރާތްތަކަށް ތިކަން ކުރަން ދޫކޮށްލުން އެއީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއްނޫން! އެމީހުން އަދި މާ ޒާތީވަނެ.