ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ މަސައްކަތް ކުރިއަށް ދަނިކޮށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 07 ވަނަ ދުވަހު އެއާ އިންޑިއާގެ ފްލައިޓެއް އެ ރަންވޭ އަށް ޖެއްސުމުގައި އޮތީ ހަމައެކަނި ޕައިލެޓްގެ އިހުމާލު ކަމަށް މައްސަލަ ތަޙްޤީޤު ކުރި އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޓިން ކޮމެޓީ (އޭއައިސީސީ) އިން ބުނެފިއެވެ.

އޭއައިސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ އެއާ އިންޑިއާގެ އޭ-320 ފްލައިޓް މަސައްކަތް ނުނިމި އޮތް ރަންވޭއަށް ޖެއްސީ ޕައިލެޓް ތައްޔާރު ވާން ޖެހޭ މިންވަރަށް ތައްޔާރު ނުވެ އިނުމުގެ ސަބަބުންނާއި، ރަންވޭ އާއި ބެހޭ މައުލޫމާތު ސާފުކޮށްފައި ނެތުމުން ކަމަށެވެ.

މޫސުން ވެސް ރީތި ދުވަހަކު، ރަންވޭ ވަރަށް ރީއްޗަށް ފެންނަން އޮއްވާ އަދި ރަންވޭ އޮތީ ބަންދުކޮށްފައި ކަމުގެ ނިޝާންތައް ވެސް ރަންވޭ މަތީގައި ހުއްޓާ އެއާ އިންޑިއާގެ ފްލައިޓް ރަންވޭ އަށް ޖެއްސުމުގައި ޕައިލެޓުންގެ އިތުރުން އިތުރު ފަރާތެއްގެ އިހުމާލެއް އޮތް ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އަށް ފްލައިޓް ޖެއްސި މައްސަލައިގައި އެފްލައިޓްގެ ޕައިލެޓުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް އެމީހުން ވަޒީފާ އިން ވަކިކުރިކަމެއް ނުވަތަ ނޫންކަމެއް އެއާ އިންޑިއާ އިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މައްސަލަތަކެއްގައި އޮތް އެއާ އިންޑިއާގެ ޕައިލެޓުންގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭ އެތައް ހާދިސާއެއް ހިނގާފައިވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއާ އިންޑިއާގެ ބައެއް ޕައިލެޓުންނަކީ ޤަވައިދާއި ހިލާފަށް ލައިސަންސް ހޯދައިގެން މަސައްކަތް ކުރާ ޕައިލެޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސައްދާމް

    ބަލަގަ އިންޑިޔާއިން ބޭނުންވީ އެތަނަށް ޖައްސާ ފުރަތަމަ ކޮމާޝަލް ފްލައިޓަކަށް އިންޑިއަން އެއާރލައިސްވާން.

    45
    2
  2. ހުދުހުދު

    މިސަރުކާރަކަށް ނުކެރޭނެ އިންޑިއަން އެއާރލައިސްގެ މައްސަލަ އެކޭ ބުނާކަށް. އިންޑިޔާ ހުންޖެހިފައި ތިބިބައެއްމީ.

    55
    1
  3. ގެރިގުރޫޕް

    ޢެއާރ ޓްރެފިކް ކޮންޓްރޯލާރސް ހާއްސަކޮށް މެނޭޖާރ ލެވަލްގެ ބޭފުޅުންނަކީ ރީދޫ އެޑިކްޓް މީހުން، އެމީހުންގެ ރޭވުންވެސް ވާނެ ތިކަމުގައި އެއީ ޕައިލެޓް އެކަނި ކުރެވޭނެ ކަމެއްނޫން ހާއްސާކޮށް އެއާރކްރާޓް ޑިސެންޑިން އެންޑް ލޭންޑިންގ ފޮލޯކުރާ ކުރުމުގައި. ތިކަމުގައި އެވަގުތު އުޅުއްވި ސީނިއާރ އެއާރޓްރެފިކް ކޮންޓްރޯލާރ ގެ އަތެއްވާނެ.

    36
  4. ހުސޭނުބޭ

    ކޮންމެވެސް ގެރިއެއްގެ ކަމެއް ނޫންތަ؟

    26
  5. ގެރި މޯދީ

    މިތާވެރިންނަކީ ގެރިމޯދީ ޗާބީކުރާ ރޮބަޓުތަކެއް، ނުކެރޭނެ އެއްޗެކޭ ބުނާކަށް

    15
  6. އޮކޯއި

    ހަމް ނައީވާލީ ރަންވޭ ޕަކަޅްނާ ބޭނުންހޭ

    11
  7. ސލ

    ޕައިލެޓްގެ މައްސަލައެއް އޮތަސް ނެތަސް ތިކަމުންވެސް
    ސާފުވަނީ އިންޑިއާއަށް ރާއްޖެ ހުޅުވިފައިވާމިންވަރެވެ
    ރާއްޖޭގެ ދާޚިލީ ކަންކަމުގައި އަތްލާން އިންޑިއާ ފަސްނުޖެހޭ
    މިންވަރެވެ މިސަރުކާރުގެ އުރައްޕެއް ނެތްކަމެވެ.

    16
  8. އަޒާ

    އިންޑިއާ މީހުންނަކީ ރުހުމުގައި ކުރުމަށް ވުރެ ނުރުހުމުގައި ކަންތައްކުރަން ވަރަށް ފޯރި ހުންނަ ބައެއް. އެހެނވެގެން

    14
  9. އަޒާ

    އިންޑިއާ މީހުންނަކީ ރުހުމުގައި ކަން ކުރުމަށްވުރެ ނުރުހުމުގައި ކަން ކުރަން ވަރަށް ފޯރިހުންނަ ބައެއް، އެހެންވެގެން ހިނގި ކަމަކާ ބޮޑަށް ވައްތަރީ...

    11
  10. ރޭޕިސްތާނު

    އިންޑިއާ މީހުން ގެންގުޅޭނީ މުޅިންވެސް ވަގު ލައިސަންސް. ރޭޕް ކުރުމުގެ ލައިސަންސް އެކަނި ސައްްހަވާނީ