އެސްޓީއޯ އިން މާލޭގެ އިންޑަސްޓްރިއަލް ޒޯންގައި މަލްޓި-ކޮމްޕްލެކްސް ބިލްޑިންގްއެއް އަޅަން ނިންމައި، އެތަން ޑިޒައިންކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނިން އަޅަން ނިންމާފައުވާ "މަލްޓި-ކޮމްޕްލެކްސް" ބިލްޑިންގގެ ޑިޒައިން އަދި މެނޭޖުކުރާނެ ފަރާތެއް ހޯދަން ބޭނުންވާކަމާށެވެ.

އެގޮތުން އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުމަށް އެސްޓީއޯން ވަނީ އިއުލާނުކޮށްފައެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 15:00 އެވެ.

އެ ކުންފުނިން ބުނާގޮތުގައި، އަޅަން ނިންމާފައި ވަނީ އަށް ބުރީގެ އިމާރާތެކެވެ. އެ އިމާރާތަކީ އެ އިމާރާތަކީ 40،000 އަކަ ފޫޓުގެ ބިމެއްގައި އަޅާ އިމާރާތެއް ކަމަށާއި، އެ އިމާރާތުގައި ޕާކިން ޒޯނާއި ގިނަ ގުދަންތަކެއްގެ އިތުރުން ކޮންފަރެންސް ހޯލްއެއް ގާއިމްކުރާނެ ކަމަށް އެސްޓީއޯ އިން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހާ

    ފުލުހުންނާ ސިފައިން ކޮބާ؟ މިހެން މިބުނީ ތަނެއް ހިއްކިއަސް ހެދިއަސް ކޮންމެ މަގްސަދެއްގައިކުރިއަސް ފުލުހުން ސިފައިން އެސްޓީއޯ ވަދެ މުޅިތަން ހުސްކޮށްލައެވެ. ހުޅުމާލެވެސް ސިފައިން ފުލުހުން ހިފާ ނިމިއްޖެ. ހެދިގެންއުޅެނީ މާ މަތީބައެއްކަމަށް. ގައުމު ހަލާކުރާ ބައެއްމީ.