މިއީ 14 ވިލޭރޭގެ ހަނދު ރައްޔިތުންނަށް ދޭނެ ކަމަށްބުނެ ވެރިކަމަށް އައީ ސަރުކާރެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ އދ.އަތޮޅުގެ ރަށްތަކަށް ޔާމީނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދަނގެއްޗަށް ވަޑައިގެން އެރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޔާމީންގެ ވާހަކަފުޅުގައި ވަނީ ހުރިހާ ރައްޔިތުން ވެސް ޙިޔާލު ތަފާތުވުންތައް އެއްކައިރި ކޮށްފައި އެންމެން އެކަތި ގަނޑަކަށް ވާން އެދިވަޑައިގަންނަވާ ފައެވެ. އަދި އެ މަނިކުފާނު އައިސް ހުންނެވީ ޙާލިސް ހިތަކާއި އެކީ ކަމަށާއި ޕީޕީއެމް އަށް އެންމެހާ ފަރާތްތަކުންވެސް ގުޅި ވަޑައިގަތުމަށް އިލްތިމާސް ކުރެއްވިއެވެ.

މި އަންނަ އަހަރު އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކޮށް ދެއްވުމަށް އެ މަނިކުފާނު ވަނީ ދަނގެތީ ރައްޔިތުންގެ ކިބައިން އެދި ވަޑައިގަންނަވާފައެވެ. އެ އިންތިޚާބު ގެއްލިއްޖެ ކަމުގައިވާ ނަމަ އެކަމުގެ ހިތްދަތިކަން އަނެއްކާވެސް އިންތިޚާބެއް އައިސް ނަތީޖާ ބަދަލު ވަންދެން ދެމިގެން ދާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ގައުމަކަށް ދެރަގޮތެއް ވާކަށް އެއްވެސް މީހަކު ނޭދޭނެ. އެއްބައިވަންތަކަށް ދެއްކުމަށް އޮތީ ލޯކަލް ކައުންސިލް އިންތިޚާބު. ކައުންސިލް އިންތިޚާބުގައި ދެރަގޮތެއް ދިމާވެއްޖެނަމަ އެކަމުގެ ދިލަ ރަށްރަށުގެ ރައްޔިތުން ތަހައްމަލް ކުރަން ޖެހޭނެ." ޔާމީން ވިދާޅުވިއެވެ.

ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތެއް ކުރެއްވި ލީޑަރެއް މިހާތަނަށް އައިއިރު ނުފެންނަ ކަމަށާއި އެމަސައްކަތް ރައްޔިތުންނަށްޓަކައި ކޮށްދެވޭނީ ޕީޕީއެމްއަށް ކަމަށް ޔާމީނު ވިދާޅުވިއެވެ. ގައުމީ މަސައްކަތް ގޮތުގައި ކުރަން ޖެހޭ މަސައްކަތަކީ ރައްޔިތުން ގެ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކަމަށާއި ގައުމަށް ފައިދާ ހުރި ކަންކަން ރޭވުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މިހާރު ރައްޔިތުންގެ ކަމެއް ކުރަން އުޅޭ ތަނެއް ނުފެންނަ ކަމަށާއި "ޙިޔާލު ހުރީ މުދާ ބެހުމުގެ ޙިޔާލު" ކަމަށް ވިދާޅުވެ މި ސަރުކާރުގެ ސިޔާސަތު ތަކަށް ޔާމީން ފާޑުވިދާޅުވިއެވެ. އިންތިހާބުތަކާއި ދިމާކޮށް ހަދިޔާ ފޮށިތައް ބަހާ ވާހަކަ އަޑު އިވޭ ކަމަށާއި އެކަމަކު މިހާރު މިއުޅެނީ "ފޫޅުމާފޮށި" ވެސް ނުގެނެސްދެވިގެން ކަމަށް ވިދާޅުވެ ޔާމީން ވަނީ ސަރުކާރަށް ޖޯކު ޖައްސަވާފައެވެ.

ޔާމީނުގެ ވާހަކަފުޅުގައި ރާއްޖޭގައި އޮތީ ދެ ފިކުރެއް ކަމަށާއި ދެން ތިބީ ޖެހޭ ވައިރޯޅިއާ އެއްކޮށް ބަދަލުވެގެންދާ ފިކުރުތައް ކަމަށެވެ. ފުރަތަމަ އޮތީ ގައުމަށް ހެޔޮއެދިގެން ވަޢުދުތައް ވެގެން އެ ވަޢުދުތައް ފުއްދަމުން ގެންދިޔަ ފިކުރެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ދެން އޮތް ފިކުރަކީ ކޮންމެ ބޭފުޅަކު އަތްޕުޅަށް 14 ވިލޭރޭގެ ހަނދު ދެއްވާނެ ކަމަށްބުނެ އެ އިޝްގުގައި ޖައްސައިގެން ވެރިކަމަށް އައިސް ތިބި ބަޔަކު ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ހާލަތު ބަދަލު ކުރެއްވޭނީ ރައްޔިތުންނަށް ކަމަށާއި އެކަން ރައްޔިތުން ކޮށްދެއްވުމަށް ޔާމީނު އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމްޕަތު

    ދެން ކީއްކުރާ ކައުންސިލެއް..ހެހެހެހެ

    5
    25
  2. ގަނީ

    ދިވެހި ރައްޔިތުންނަށް އެޖެންޑާ 19 ގެ ދަށުން ހަނދުދޭން ޖެހޭތީ އިންޑިޔާ އިން ވެއްޖެ ހަނދު ނަގަން ގޮސް. ގޮނޑުދޮށަށް ހަނދު ބަލަންދާ ޖޯޑް ތަކަށް ދެން ބަލާނެ އެއްޗެއް ދައްކަންވާނެ. ނަސީބެއް ޖާބިރު ހަނދު ނުބަލާކަން. ސަންރައިޒް ބަލާ މީހެއްކަން

    35
    1
  3. ބޯކިބާ

    މިލިއަން ޑޮލަރުގެ މަނީލޯންޑަރިން މައްސަލައެއް ކޯޓުގަ ހިނގާއިރު އެފަދަމީހުން ހެއްކަށް ނުފޫޒުފޯރުވާނެކަން ދަނެގެން ޖަލަށްލާންޖެހޭ.

    5
    47
    • Anonymous

      ތިހެން ބުނެބަލަ މިސަރުކާރާ ދިމާލަށް،

      14
      1
  4. ފަންޏެއް

    ހެޔޮނުވާނެ. ތިޔަ ޖަމީލު ތިތަނުން ބޭރުކުރޭ.

    2
    7
  5. ާައަސްލަމް

    ޔާމީން ޖަލަށްލާންޖެހޭ ސަބަބެއްނެތް ފާޑުފާޑުގެ ވާހަކަ ނުދައްކާ މާލެ އާ ވިލިގިއްޔާ ގުޅީފަޅާ ތިލަފުއްޓާ ބުރިޖަކުން ގުޅާލުމަކީ އަނިޔާވެރި އެމްޑީޕީ ސަރުކާރުގެ އެންމެބޮޑް ވަޢުދު ކިތަންމެބޮޑު ދަރަންޔެއްއޮތަސް އެދައްކަން ޖެހޭނީ އެއިރެއްގަ އޮންނަ ސަރުކާރަކުން ނުވަން ފެއަށްޖެހިލާ

    16
    2
  6. ޕޮގުބާ

    މަލެ އާއި ވިލިގިއްޔާ ގުޅީފަޅާ ތިލަފުއްޓާ ބުރިޖަކުން ގުޅާލުމަކީ މިސަރުކާރުގެ ވަޢުދެއް ދަރަނީގެ ވާހަކަ ދައްކާކަށް ނުޖެހެ އިންޑިޔާގެ ޖީއެމްއާރަށް 300 މިލިޔަން ޑޮލަރު ދެއްކީ ޔާމީންގެ ވެރިކަމުގަ އެމްޑޕީ ވެރިކަމުގަ ފެންކުންފުނި ވިއްކާލީ ވިއްކާލީ ލޯކޮބާ

    15
    1