ގާސިިމް އިބްރާހިމްގެ އައިލެންޑް ބްރޮޑްކާސްޓިން ކުންފުނިން ހިންގަމުން އަންނަ ވީ މީޑިއާ އިން 40 މުވައްޒަފުން ވަކިކުރަން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ވީ މީޑިއާގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެތަނުގައި ތިބި 90 މުވައްޒަފުންގެ ތެރެއިން 40 މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން މިހާރު މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.

މިހާރު ވަނީ ވަޒީފާ އިން ވަކިކުރާ ބައެއް މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ނޯޓިސް ވެސް ދީފައެވެ.

ވީމީޑިއާގެ ސީނިއާ މުވައްޒަފަކު އިއްޔެ މުވައްޒަފުންގެ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ބުނީ މުވައްޒަފުން މަދުކުރަން ނިންމާފައި ވަނީ ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ކަމަށެވެ. މިހާރު މަހެއްގެ މައްޗަށް ޚަރަދުވާ 1.3 މިލިއަން ރުފިޔާ 750000 ރުފިޔާ އަށް މަދުކުރަން އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ނިިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި މިކަމާއި ގުޅިގެން މުވައްޒަފުންގެ ހިތްހަމަނުޖެހުންތަކާއި، ރުޅިވެރިކަން ވެސް އޮންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވީ މީޑިއާގެ އެންމެ މަޝްހޫރީ ވީޓީވީއެވެ. ވީޓީވީގެ އިތުރުން ރޭޑިއޯ ސްޓޭޝަނަކާއި އޮންލައިން ވެބްސައިޓެއް ވެސް ވީމީޑިއާގައި ހިމެނެެއެވެ. އަދި ދާދިފަހުން ވަނީ ފިލްމް ވެސް އުފައްދަން ފަށާފައެވެ.

ވީޓީވީ އަކީ ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕްރައިވެޓް ޓީވީ ސްޓޭޝަނެވެ. ވީޓީވީގެ ޚިދުމަތް ފެށީ 2008 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުއްލާ

    ވީމީޑިއާގެ 40 މުވައްޒަފުން ވަޒީފާ އިން ވަކިކުރަނީ

    53 މިނެޓް ކުރިން ( ސެޕްޓެމްބަރު 7, 2019 )

    އަތުން ކޮނުނު ކައްވަޅަށް ހިތުން ރުހުމުން އަވަހަށް ފައިބާ . ލައްކަދުވަހުަ ހައްދު ފަހަނަ އަޅާ ވާހަކަ ދެއްކިއްޖެ އެއްނު . ތިއޮތީ ބޯން އުޅުނު ބޮނޑި ބޮއިފަ. ފޭހުނު އިލޮށިގަނޑު ލޮލައް ވަދެފަ.

    31
    15
  2. މާމިގިލީ މީހާ

    ބޯގޮވި ބުރުމާގެ ވަޒީފާއަށް ވަންނާނީވެސް ބޯގޮވާފަ ތިބި މީހުން.

    34
    4
  3. ގފދގ

    ވީ މީޑިއާގަ ތިބި މަސައްކަތްތެރި ހިދުމަތްތެރި މީހުން ބޭރުކުރަނީ ހަރަދު ކުޑަ ކުރާކަށް ނޫން ... މިހާރުގެެ މެނޭޖްމަންޓް ބޭފުޅުން ހިތްޕުޅާ ވާކަހަލަ މީހުން ވެއްދުމަށް..