މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިޟްވާންގެ މައްސަލައިގައި ޝާމިލުވާ ފުލުހުން އެއްވެސް އިރެއްގައި ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިގޮތަށް ވިދާޅުވެފައި ވަނީ، ރިޟްވާން ފުރައިގެން ގޮސް ބޭރުގެ ޤައުމެއްގައި އޭނާ މަރުވެފައިވާ ކަމަށް ދެއްކުމަށްޓަކައި އޭނާގެ ޕާސްޕޯޓު ހައްދަން މަސައްކަތްކުރި ކަމަށް ބުނާ ދެ ފުލުހުން ކުރީ ސަރުކާރުގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ، އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ.

އުމަރު ވިދާޅުވެފައި ވަނީ، ރިޟްވާންގެ މައްސަލައިގައި ކޯޕްރަލް މުހައްމަދު ޖިނާހާއި ކޯޕްރަލް އިބްރާހިމް ރިފްއަތު ވަޒީފާއިން ވަކިކޮށްފައި ވަނިކޮށް، އެއީ ގޯސް ނިންމުމެއް ކަމަށް ބަލައި އަލުން ވަޒީފާ ދިނީ މި ސަރުކާރުން ކަމަށެވެ. ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލާ، މި ދެ ފުލުހުން އަލުން ވަޒީފާ އަށް ނެރެފައި ވަނީ މިސަރުކާރުން." އުމަރު ވިދާޅުވިއެވެ.

މިކަން އާންމުނަށް ފޮރުވުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އިން ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް ސުވާލު ކުރި ބައްދަލުވުން ވަނީ ސިއްރުކޮށްފައި ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

ފުލުހުން ރޭ ވިދާޅުވީ، ރިލްވާންގެ މައްސަލައިގައި ތަހުގީގަށް ހުރަސްއެޅި ދެ ފުލުހަކު ހައްޔަރުކުރުމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައި ވަނިކޮށް، އެކަން ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ދެކޭ ކަމަށެވެ.

ރިޟްވާންގެ ޕާސްޕޯޓް ހަދަން އުޅުނު ދެ ފުލުހުން ހައްޔަރު ކުރަން އޭޖީ އެންގެވުމުން ރިޔާސީ ކޮމިޝަނާއި މަޝްވަރާ ކުރެވުނު ކަމަށާއި އެމަޝްވަރާތަކުގައި ރިޔާސީ ކޮމިޝަނުން ވަނީ ކޮމިޝަނުން ފާހަގަ ކުރާ ދެފުލުހުންގެ މައްޗަށް ޖިނާޢީ ދައުވާ ކުރެވޭ ފަދަ ހެކިތަކެއް ލިބިފައި ނުވާތީ އެމައްސަލަ އާއި ގުޅިގެން އެ ދެ ފުލުހުން ހައްޔަރު ކުރަން ޖެހޭ ފަދަ ޤާނޫނީ ސަބަބުތަކެއް އޮތް ކަމަށް ނުދެކޭ ކަމަށް ވިދާޅުވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން އެމީހުންގެ މައްސަލަ އިދާރީ ގޮތުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިޟްވާން މައްސަލައިގައި ހިމެނޭ ދެ ފުލުހުން މިހާރު ވަނީ މަޤާމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވެއްމުލި ސަރުދާރު

    ހުސްނުއްސުއޫދާ ނަޝީދާ ވަނީ އަދީބާ ދެކޮޅަށް ސިއްރު ހެކިބަސް ދިން ސިއްރު 02 ފުލުހުންގެ ވަނަވަރު ހާމަކޮަށް އާއްމުކޮށްފަ. ނަޝީދު ކޮއްކޮ ނާޒިމް އެމީހުންގެ ފޮޓޯ އާއްމުކޮށް ކާޅަށް ދީފައި. އެމީހުންނަށް ގެއްލުން ދިނުމަށް ނާޒިމް ވަނީ މަގު ކޮށާދީފަ. އެމީހުންގެ ބޭނުން މިސަރުކާރުން ވެސް ޔާމީންގެ ސަރުކާރުންވެސް އަދީބާ ދެކޮޅަށް ބޭނުންކޮށްފަވޭ. މިހާރު އެދެމީހުންގެ ފުރާނައަށް ނުރައްކާވާވަރުގެ އިންޒާރުތައް ލިބެމުންދަނީ. އާއިލާއަށް ބިރުވެރިކަން. ގެއާ އެކު ރޯކޮށްލާފި ނަމަ ކާކު ޒިންމާ ނަގަނީ. މިކަން ހުސްނުއްސުއޫދު ވެސް ނަޝީދު ވެސް ތަހައްމަލް ކުރަންޖެހޭނެ

    43
  2. ދދދދދދ

    އަދިވެސް ދިގު ހަދަނީ؟ އިތުރަށް އޮޅުވާލަން އުޅުނު ވަރަކަށް ވާނީ ބޭޒާރު. ދެންވެސް މައިތިރި އަރަން އުޅޭ.

  3. ރީނދޫ ބުއްޅަބޭ

    ވަކިކުރި. އެމީހުންނަށް އެކަމަށް އަމުރު ކުރި މީހާވެސް ވަކިކުރި. މިހާރު ކޮމިޝަނަރުކަން ދީފަ ހުއްޓަކަސް ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ. ދެން ބުނޭ އަމުރުކުރި މީހާވެސް ވަކި ނުކުރެއޭ. މުސީބާތެއް މިއޮތީ.

    18
  4. ާއަލިބެ

    ހަމަ ހިނި އަންނަނީ!!! ޚެކެކެކކކެކކެ! ގަމާރު ކޮމިޝަން

  5. Anonymous

    ކަލޭމެން ތެދެއް ގަދާނެ ކަމަށް ގަބޫލުކުރާނީ މަރުނުވާނެކަމަށް ގަބޫލުކުރާ ޖާހިލުން އެކަނި.

  6. ހހހހ

    މިހާރުބތިތަނަށް ފާވެފަ ތިހުރި މީހާ އެެއީ އޭރުގެ އިންޓެލިޖެންސްގަ ހުރި މީހާ. ކަލެއާއެކު ވަކިކުރި އެންމެން ކަލޭ ތިއުޅެނީ ގެންގޮސްގެން. ނިކަން ނޫހަކުން އެމައުލޫނާތު ނަގާފަ ޚަބަރެއް ޖަހާލަބަލަ.

  7. Anonymous

    ވަކިކުރި ތާރީޚާާ އަލުން ވަޒީފާދިން ތާރީޚާ ވަޒީފާނެތި ހޭދަވި ދުވަސްތަކަށް މިހާރު ދެމުން ގެންދާ ފައިސާގެ މިންވަރުވެސް އެނގޭ.

  8. ގިޓާ

    ރިޟުވާނު ރިޟުވާނު ، ކޮބައި އަފުރާސީު ޢަލީ އެކަން ކައްވާލީތަ؟

  9. މޮޔަ

    އުމަރު ނަސީރަކީ ތިކަން ސިއްރުކޮށްގެ އުޅެ ރިލްވާނުގެ މައިން ބަފައިންނަށް ދޮގުހެދި މައްކާރެއް!