މާލޭ މާފަންނުގައި ހުރި މޯބައިލް ފޯނު ފިހާރައެއް ފަޅާލައި ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭ މާފަންނުގައި ހުޅުވާފައި ހުރި މޯބައިލް ފޯނު ފިހާރައެއްގެ ބިއްލޫރި ތަޅާލައި ފިހާރައަށްވަދެ ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ ފަތިހު 05:00 ހާއިރު ލިބިފައިވާ ކަމަށެވެ.

ފިހާރަ ފަޅާލައިގެން ވަގަށް ނަގާފައިވަނީ 18 ފޯނު ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ސުޢޫދުބޭ ބުނީ އަލްޤައިދާގެ ލީޑަރުން ފޯނުކުރަން ބޭނުންވާތީ ފޯނުތައްވެސް ވަގަށް ނަގަނިއްޔޯ!

  2. ޖަޒީރާ 19

    ޖަޒީރާގައި ޖަރީމާ ހިންގުމަކީ ތަހުޒީބު އަމަލެއް.