މި ސަރުކާރާއި މެދު ރައްޔިތުން މާޔޫސްވެފައި ތިބި މަންޒަރު ފެނިއްޖެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވީ އ.ދ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމު މިއަދު މާލޭ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދލުވުމެއްގައެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަމުން އަދުރޭ، ވިދާޅުވީ ފެނިގެންދިޔައީ މިއަދުގެ ސަރުކާރު ދެކެ ރައްޔިތުން މާޔޫސްވެފަ ތިބި މަންޒަރުކަމަށެވެ. އަދި ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެން ދިޔައީ ރައީސް ޔާމީނަށް އޮތް ތާޢީދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ މަންޒަރު ކަމަށް އަދުރޭ ވިދާޅުވިއެވެ.

މި ދަތުރުގައި ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ ރައީސް ޔާމީނުގެ ޓީމުން ވަނީ އ.ދ މަހިބަދޫ އަށާއި، ކުނބުރުދޫ އަށާއި ދަނގެއްޗަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ.

އަދުރޭ ވިދާޅުވި ގޮތުގައި މިހާރު އެބޭފުޅުންގެ މިދަތުރުތަކީ ޕާޓީތައް ވަރުގަދަކުރުމަށް ފެއްޓި ދަތުރެއް ކަމަށެވެ. މީގެ އިތުރުން މި ދަތުރަކީ، ރައްޔިތުންގެ ވިސްނުން މިހާރު ހުރިގޮތް ބަލާ، އޮޅުންފިލުވުމަށާއި، އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް ތައްޔާރުވުމަށް ކުރަމުން ގެންދާ ދަތުރެއް ކަމަށް އަދުރޭ ފާހަގަކުރެއްވިއެވެ. ރައީސް ޔާމީން ވަޑައިގަތުމުން އެ ތިން ރަށުގެ ރައްޔިތުން ދެއްވި ހޫނު މަރުޙަބާ އަށް އަދުރޭ ވަނީ ޕީޕީއެމް، ޕީއެންސީގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރިޒާ

    ސާބަސް އަދުރޭ މިފަހަރު ޖެހޭނެ އެއްޝެއް ހަދަން

    6
    2
    • ކަލޯ

      ތަމެން ރައްޔިތުންގެ މުދަލާއި ފައިސާއިން ބޮޑު ވައްކަމެއް ނުކުރެވޭތާ ދުވަސްތަކެއްވީތޭ؟ ލަދުކޮބާ؟؟؟ ނުޙައްޤު މުއްސަނދިކަން ހަނދާނެއް ނުނެތޭ...ތެލާއި ޓިނާއި މިހެންގޮސް ކިޔާނެކަމެއްނެތް...ﷲ މޮޅަށް ދެކެދެނެ ވޮޑިގެންވަނީ...އެންމެ ފަހުން ރެހެންދި ފްލެޓާއި ހުޅުމާލެ ފްލެޓާއި މަޖީދީމަގު ފިހާރަތަކާއި ބޮޑު ބޯޓްތަކާއި ފައުންޑޭޝަންތަކާއި ބިންތައް ހޯދިހަނދާން ނުވޭތޭ؟ އެންމެން ކިޔަސް ކަލޭ ލަދު ގަންނަންޖެހޭނެ ރައްޔިތުން ކުރިމަށްޗަށް އަރަން...

      2
      5
  2. ޣީހުޓާވރ

    ދެން އަދުރޭ އަވަހަށް ސަރުކާރާ ގުޅިވަޑައިގެން ރައްޔިތުންގެ މާޔޫސް ފިލުއްވައި ދެއްވުމަށްޓަކައި ކޮންމެވެސް ބޮޑު ޕްރޮޖެކްޓެއް ރާއްވަވައި ދެއްވައި އެޕްރޮޖެކްޓްގެ ހުރިހާފައިދާއެއް ނަންގަވައިގެން އުފާފުޅު ކުރައްވަވަން ފަށްޓަވަންވީނޫންތޯ

    9
    4
  3. ޓނ

    ތެދެއް ރައްޔިތުން ތިބީ މާޔޫސް ވެފަ.އެކަމު އެއީީ ނިމިދިޔަ ސަރުކާރުގަ ވައްކަން ކޮއްފަތިބި މީހުން މިނިވަން ކަމާއެކު އުޅޭތީ.ދެން އަދުރޭ ނުބުންޏަސް އިނގޭ ތާއިދު އޮންނާނެވަރު.ލޮލް.

    3
    5
  4. އަލްޖިބްރާ

    ތިޔައުޅެނީ ކަލޭމެންގެ ހުޅުކޮޅު ނިވިގެން ދާތީ މާޔޫސް ވެގެން !

    4
    8
  5. Anonymous

    މީނަ ކީއްވެތަ ޖޭޕީއަށް ނުދިޔައީ. ޕީޕީއެމްގައި މަޑުކުރީ ކަތުރު ފަނި ހެދެން ހެން މަށަށް ވަރަށްބޮޑަށް ހީވޭ.

  6. ފފފފ

    މިމީހުންނަކީ، ރައީސް ޔާމީންގެ ހަލާކު. މިމީހުން އެބަޖެހޭ ފެއަށް ޖެހެން... ދައްކާ ވާހަކައަކީ ބޭކާރު ވާހަކަ. ރައްޔިތުން ބަލައިނުގަންނަ އަގުވެއްޓިފަ ތިބި މީހުން ޖެހޭނެ ދުރައްދާން.

  7. ފފފފފ

    މިނިސްޓަރ އަޒްނީމްމެންކަހަލަ އިލްމުހުރި ދޫހެލޭ ގައުމަށް ފައިދާކުރަނިވި ވިސްނުން ހުރި މީހުން ރައީސް ޔާމީނުގެ ޓީން ދާންޖެހުނީ އަދުރޭގެ ދަރިއަށް ވިލިމާލެ ޓިކެޓް ދޭން ހޭބަލިވެގެން. އެކަމަކު އާޚިރުގައި، އެދަރިއަކީވެސް ގައްދާރަށްވެނިމުނީ. .. އެއީ ތި އަދުރޭމެންގެ އެތެރޭގެ މުޑުދާރުކަން