ކާރަކާއި ސައިކަލެއް ޖެހި ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގައި ޒުވާން ފިރިހެނަކަށް އަނިޔާވެގެން މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނީ ކިހައިވަރެއްގެ އަނިޔާތަކެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފުވައްމުލަކު މައިލޯ ދަނޑު ސަރަޙައްދުގައެވެ. ކާރާއި ސައިކަލާއި ޖެހި އެކްސިޑެންޓު ވެފައިވަނީ މައިލޯ ދަނޑު ކަންމަތިން ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓު ހިނގުމާއި ގުޅިގެން ފުލުހުން އެ ސަރަޙައްދު ބަންދުކޮށްގެން ހަރަކާތްތެރިވެފައި ވާއިރު، ހާދިސާގައި ދެ ވެހިކަލަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މި ހާދިސާ ތަހުޤީޤު ކުރަމުންދާއިރު، އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.