އިންޑިއާއިން އުފައްދާފައިވާ އެޤައުމުގެ ޖައްވީ އުޅަނދު، "ޗަންދްރަޔާން-2" އާ އެއްކޮށް އިންޑިއާއިން ތާރީޚު ބަދަލުކޮށްފި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ތައުރީފު ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީގެ ކުޑައިރުކޮޅެއް ކުރިން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. ސައިންސްގެ ދާއިރާއިން އިންޤިލާބުތައް ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރާއި އެގައުމުގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އިސްރޯ) އިން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ރައީސް ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މަރުޙަބާ ދަންނަވާފައެވެ.

ރައީސްގެ ޓުވީޓުގައި ވިދާޅުވީ ކޮންމެ ނަތީޖާއެއް އާޚިރުގައި ނުކުތަސް، ހަނދުގައި އުޅަނދެއް ޖެއްސުމަކީ އާދައިގެ ކަމެއް ނޫންކަމަށެވެ.

ރައީސް ސޯލިހު މިގޮތަށް ޓުވީޓު ކޮށްފައި ވާއިރު އިންޑިއާއިން ހަނދަށް ފޮނުވި އުޅަނދު ހަނދަށް ޖެއްސުމުގެ އެންމެ ފަހު މަރުހަލާގެ ތެރޭގައި ވަނީ 'މިޝަން ފެއިލް' ވެފައި ކަމަށް ޚަބަރުތައް ލިބެއެވެ. އައިއެސްއާރުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވާގޮތުގައި، "ޗަންދްރަޔާން-2" ވަނީ ހަނދުގެ ބިންފަދަ ފަށަލައަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިފައެވެ. އުޅަނދަށް ގެއްލުމެއް ނުވާނެހެން "މަޑުމަޑުން" ޖެއްސުމަށް ކުރި އެ މަސައްކަތް ނާކާމިޔާބުވެ އުޅަނދަށް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބުނެފައިވާއިރު، ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    ކަލެޔަށް ދުނިޔެ ތިފެންނަނީ އެކޮޅުކޮޅުންތަ؟ ކަލޭގެ ސަރުކާރު ފަދައިން އަތަށް ގޮވީމާ މަރުޙަބާ ކިޔާފައި ނަށާފައި ލަވަ ކިޔަންވީތަ؟

    96
    2
  2. ޣާދިރު

    މިކަމުގަވެސް ،،،،، އިބުރާހިމް،،ވަރައް . ފަހަތުގަ

    75
  3. ެަެިއައި

    ހެހެ ދެވުނު ތަ ހަނދަށް ކޮހަސް ބޮޑު ވަރު.....

    79
    1
    • އަސީ

      ދިވެހިން ވަނީ މާކުރިން ހަނދު އެއްރަށުން އަނެއްރަށައް ގެނގޮސްސަ ވީމާ ދިވެހިން ކައިރިން އިންޑިޔާއިން ފިލާވަޅު ހޯދަންޖެހޭ

      21
      1
  4. ޑެއިލް

    މިސަރުކާރުގެ ތާރީޚް ބަދަލުކުރި ރައީސެއްމީ. ވައްކަންނުކޮށް ތަރައްގީގެ ޕްރޮޖެކްޓެއް ނުހިންގާ ބަޖެޓް ހުސްކޮށް ރިޒާވް ދަރަނިކުރުވި މޮޅު ރައީސެއްމީ. މީގެކުރިން މިފަދަ ކަމެއްނެތް ރައީސަކުކޮށްފައެއް.

    88
    2
  5. ޭލާރިބަނޑު

    އެމިޝަން ފެއިލްވުމުން މިހާރު އިރަށް ދާން މަސައްކަތްފެށީ. މިފަހަރު މަޖްލިސްގެ ރައީސްވެސް ފޮނުވައްޗޭ. ތާރީހް މޮޅުކުރަން

    90
    1
  6. ލޮލް

    އިންޑިުާއިން ޖަމަލު ފޮޑިއެއްޖަހައިފި..! ޕަކާސް

    54
    1
    • ޖަޒީރާ

      ހަނދައް ނުދެވުނުކަން ނަސީބު ނޫންނަމަ މިފަހަރު ފާސްކުރި ބަޖެޓްވެސް ހުސްކުރާނެ ތިކަމައް ހަންފެތުރުމައް އިންޑިޔާގެ އުޅަނދު ހަނދައްވެއްޓުމަކީ މިސަރަހައްދުގެ ހަމަޖެހުމައް ލިބުނު ކުރިއެރުމެއް ޗައިނާ ޕާކިސްތާނައްވެސް މިހާރުވެސް ގިނަޓުވިޓް ތައްވަނީ ޖައްވުގެ ތެރެއައް ގޮވާފަ.

      19
  7. ޝާހް، ރ.ވާދޫ

    "ދިވެހިރާއްޖެ އަޅުވެތިކުރުމާއެކީ އިންޑިޔާއިން ތާރީހް ބަދަލުކޮށްފި" ކަލޭ މިހެންކިއްޔާ މާ ތާހިރުވާނެ.

    73
    2
  8. އަމީނު

    އަޅޭ ހަމައިގަތޯ .ދުޢާދެއްވާފަޔޯ

    50
  9. ތެދުފުޅެއް

    އެތައް ގައުމަކުން ް ކާމިޔާބު ކޮށްފައިވާ ކަމެއް އިންޑިއާއިން ކުރަން އުޅެ ނާކާމިޔާބުވުމަކީ ވެސް ތާރީޚު ބަދަލުކޮށްލި ރެކޯޑެއް! ރީތިބަހުން ކޮށްލި މަލާމާތެއް!

    71
    1
  10. މަސީހު

    އަހަރުމެން ގޭދޮށު ސޮރަކުވް 1980 އަރަރުތަކުގަ އެއްޗެއްފޮނުވާލި ހަންދައް އޭތިވެސް ވަކިހަސާބަކުން 15 ވަރަކައްފޫޓައް އަރާފަ ޒާތަކައްތިރިވީ ވެއްޓުނުގޮތައް ވީހަލާކު.

    15
  11. އިބުރާހިމް

    ބޮޑުވަރު ދެންމި އިންޑިއާހެދި އަވަދި ވިޔަސް..

    17
  12. ރަސީދު

    އެއްމެ ފަހުން ތާހިރުކުރައްވާފަވި ހަނދުވެސްކިލަނބުކޮއްލީތާ

    20
  13. ޙާލަތު

    ރައީސަކަށްހުރި ޞާލިޙް ގެ ޞާލިޙެއްގެ ޞާލިޙް ވެރިކަން.
    * ވައްކަމެއްނުކުރޭ، ތަރައްޤީއެއްނުކުރޭ، ޤައުމު ޖަޒީރާވާން ތަރައްޤީގެ އެއްވެސް ކަމެއް ނުކުރޭ، އެހެނަސް މިހާތަނަށް ގައުމުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓް އަހަރު ދެބައި ނުވަނީ ދަވާލައި ހުސްކޮށް ލައިފި. ދައުލަތުގެ ރިޒާވް ދަވާލައިފި، އިންޑިޔާއަށް ރާއްޖެ ވިއްކާލައި ލޯނުނަގައިގެން ކައިހުސްކޮށްފި.
    މިހުރީވާ ޞާލިހެއް. ދެން ބާރަށް އަތްޖަހާ.

    20
  14. މުހައްމަދު

    ނަށީދު ޖަލަދެބަން،،،،އެއް.

    13
  15. ފޫޓްބޯލް

    ވައި އާރ ޔޫ ކިސިން އިންޑިޔާ ޕީޕަލްސް އޭސް؟

    22
  16. ޣގގގެރރރރރި

    ރައީސް ސޯލިހު...ގެރި މޯދީ ކައިރީ ބުނެބަލަ ...ތި ބޭކާރު ހަރަދު ނުކޮްއް
    ދެތިން ފާހާނަ އަޅައި ދޭށޭ