ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅާއި ހަވާލުވުމަސް ތައްޔާރުވަމުންދާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވެފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 47 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ޔާމީން އިމާރާތެއް އަޅަނީ ކޮންތާނަކުން ހޯދާ ލާރިއަކުންތޯ މާލިއްޔަތު ކޮމިޓީން ނުބަލަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.

"ނަސަންދުރާ އެއީ ކޮންތާކުން ލިބުނު ލާރިން އަޅާ އެއްޗެއްތޯ؟ ކީއްވެގެންތޯ މާލިއްޔަތު ކޮމިޓީން އެކަން ނުކޮށްގެން މިއުޅެނީ. ކީއްވެގެންތޯ ވެސްޓް ޕާކް ގައި އޮފީސް ހަދައިގެން އެތަން ހިންގީ މީހެއްގެ މުދާ ފޭރިގަނެގެން. އެކަން ނުބެލެނީ ކީއްވެގެންތޯ." ޖާބިރު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީީ ޔާމީންގެ ގެކޮޅާއި އޭނާ ހަވާލުވެލައްވާނެ ކަމަށެވެ. އަދި އެއީ "ކަލަފުޅު އިސްމާއިލް އަތުން ވަގަށް ނަގާފައިވާ ގެއެއް" ކަމަށާއި އެހައި ހޯއްދެވީ ކޮންތަނަކުންތޯ ބަލަން ޖެހޭ ކަމަސް ޖާބިރު ވިދާޅުވިއެވެ.

"އަޅުގަނޑު މިދަނީ އެގެއާއި ހަވާލުވާން. ދެން ކިހިނެތް ވާނީ." ކާށިދޫ ދާއިރާގެ މެމްބަރ ޖާބިރު ވިދާޅުވިއެވެ.

ރައީސް ޔާމީން މިހާރު ދިރިއުޅެމުން ގެންދަނީ، ހ. ނޫމަރާ ގޭގައެވެ. އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ. ދޫވެހި މިލްކުވެރިކަން ދޫކުރައްވައި ހ. ނޫމަރާގެ މިލްކު ކުރައްވައި އެގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ އަަހަރު ތެރޭގައެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، ޔާމީނަކީ ރައްޔިތުންނަށް އެކި ވަރުގެ އަނިޔާ ދެއްވާފައިވާ ބޭފުޅެއް ކަމަށާއި އެތަކެއް ވައްކަމެއް އެމަނިކުފާނު ކޮށްފައިވާ ކަމަށެވެ. ޖާބިރު ވަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް ހައްޔަރުކޮށް ޖަލަށް ލުމަށް ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން އަބްދުﷲ އަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ހުދުހުދު

    ކަލޯގަޔާ ޖާބިރު އުޅެނީ ޔާމީނު އާ އެޅިގެން ނެއްޓެން ނޭގިގެންތަ؟

    188
    11
    • ޙައްގުބަސް

      މީނާ ހުންނަ ތަނެއްގައި ހުރެފައި މަޖްލީހަށް އަންނަ ކޮންމެދުވަހަކު މީނާގެ ޔޫރިން ޓެސްޓުކިރަން ފުލުހުން ކިޓް ހިފައިގެންގޮސް އެތާ ތިބެން އެބަޖެހޭ! މިނާގެ ސިކުނޑި ހަމަޖެހޭތޯވެސް މިހާރު ބަލަންވެއްޖެ!

      118
      8
    • އަބުލާހިޖައިބިރު އުމުރު 40

      ކާށިދޫ ރައްޔިތުންނަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. އިންތިހާއަށް ހަމްދަރުދީ ވަމެވެ. އިހްތިރާމް ގަބޫލު ކުރެއްވުން އެދެމެވެ.

      59
      3
  2. ކެންޔުސޭ

    ނޫމަރާގެތަ ނޫފަރުގެތަ؟

    99
    3
    • ދިޔާލޮލީ

      އޯކިޑުމާގެ ވާހަކަ އެދައްކަނީ. ކެކެކެކެކެ

      27
    • އަނގަ ނުގޮއްވާ

      އޯކިޑުމާގެއާނު އޭނަ ހަވާލުވާނީ. ކެކެކެކެކެ

      27
  3. ނާރި

    ކަލޯ ޖާބިރު ހަަމަބިމަށް ފައި ބައި

    128
    4
  4. ބައްޕަގެ ދޮންކަމަނަ

    ޖާބިރޫ ބޮޑުވަރު ދެންއަނެއްކާ ބުނެފާނެ މަދާންވެއްޖެއޭ އޭނަގެ އަންހެނުންނާ ހަވާލުވަން މީނަ އަށް ޤަވާޢިދުން ބޭސް ކާންދޭންފެނޭ އެއްދުވަހުން އަނެއްދުވަހަށް މިސޮރުގެ ބޯ ސަކަރާ ތް ވަމުން މިދަނީ އަބަދު ހެލްމެޓްވެސް އަޅުވާފަ ބަހައްޓަންވީ

    126
    3
  5. އަބްދު

    ކަލޯ ތިޔަށްވުރެ މާރަނގަޅުވާނެ ވެފަހުރިވަޢުދުތައް ފުއްދަބަލަ!

    135
    4
  6. ސޭކު

    ދުނިޔެއިން މޮޔަވަނީ، އަންގޮޑާ އިންޖާގަހޯދަން ރަނިލް އަށް ދެންނެވުނު ނަމަ ފަސޭހަވީސް، އަދި އެކަކު އެބައުޅޭ

    81
    3
  7. އިބުރާހީމޫ

    ހުސްނު ހެއްދެވީރަނގަޅަށް، އަދިނޫހަށްދެއްވިނަމަ މާރަނގަޅުވީސް...ޕަބްލިކް ރައިޓް ޓުނޯ.........ސިއްރެއްނޫން، ޕަބްލިކަށް އެގެންޖެހޭ ކޮންމެރައްޔަތެއްގެފުރާނަޔާގުޅިފާވާކަމެއް...މައުމޫނާ ޔާމީނު ރައްޔަތުން ބިރުގަންނަވާފަހިންގިޖަރީމާތައް ޢާއްމުންނަށް އެގެންލަސްވެއްޖެއޭ...ލަސްވެއްޖެޔޭ،..ލަސްވެއްޖެޔޭ ވަގުތުން އެގެން ޖެހޭނެޔޭ....އަދި އެބަކެންޕޭނަށޭކިޔާފަ ޔާމީނު ރައްޔަތުންގެބޮލަށްޗިޕުޖަހަންނުކުމެ އެބައުޅޭނު...ލަދު ހަޔާތުގެ ކަންފުޅެއްވެސްނެތެއްނު...

    512

    8
    94
  8. ސުޢޫދު

    ބޭރުގައުމުތަކުގެ މަގުތަކުންވެސް މަފްލަރުނެއް އަދިބޮޑެތި މަފްލަރުތައްއަޅުވާފަހުރި އިންޖީންލީ އުޅަނދުތައް ދުއްވާތަންފެއްނާނެ އެމީހުންވެސް އެޅުވާގެން ދުއްވަނީ އެމީހުނައް މީހުންސަމާލުކަން ނުދޭތީވެ ސަމާލުކަން ހޯދުމައް ޖާބިރު އައްވެސް މިހާރު މަޖުލީސް ތެރެއިންވެސް ސިޔާސީމައިދާނުންވެސް ބައެއްގެ ސަމާލުކަމެއް ނެތީމަ ތިވަރުގެ ބޮޑެތި އެއްޗެހިތައް ފަޅަނީ ތިވާނީ ހަމަޖަމަލު،.....ވީވަރު.

    62
    2
  9. ކެޔޮޅު

    ފުރަތަމަބަލާހޮނޑައިދޫގަ ރާބޮއިގެންއުޅުނުމައްސަލަ!!

    101
    3
  10. އިބޫ

    ކަލޭދިޔާނާއައްތިއްތި ދައްކާ ކޮންމެހެންއަހަރެމެނައްތިއްތިދައްކާނެކަމެއްނެތް ،

    93
    2
  11. އިބުރާހިމް

    އެއުޅެނީ ސަރުކާރުންފަޅުރަށެއްދަމައިގަންނަން ،

    77
    3
  12. ކެކެކެ ހރާނބކަރ

    އޯކިޑުމާގެއާ ހަވާލުވާންވީނު. ކަލަފުޅު އިސްމާއިލްގެ ގެއަކާ ދިޔާލޮލީ ހަވާލުވާންޖެހޭ ސަބަބެއް ނޯންނާނެނު.

    75
    2
  13. ދދދދދދ

    ރޮޒޭނާ ބައްޕައާއި ކަލެއާ ދެމީހުން ކަހަލަ މީހުން ހަވާލުވާންޖެހޭ ގޭގެ ހުންނަ ކަމެއް ނުދެނަހުރިން.

    75
    2
  14. ބާނިލް

    މަށަށް ހީވަނީ މީ ބޮލުގައި މައްސަލަެއެއް އުޅޭ މީހެއްހެން.ކާށިދޫ މީހުންނަށް ހަމަ އައްސަރިބަހާއި ސާބަސް މީނަ ހޮއްވެވީތީ.އަބަދުވެސް ދައްކާނީ ހަމަ ނުޖެހޭ ވާހަކަ.މަށަށް ހީވަނީ މީ ހާއްސަ އެހީއަށް ބޭނުންވާ މެންބަރެއްހެން.ތި މަޖިލީސް ހަޑިނުކޮށް ނިކަން ސްމާޓް ވެބަލަ. ތިއީ ބޮޑުމާސިންގާ ފިރިހެނެއް ނޫންތަ؟

    74
    3
  15. މޫސަ

    ފަން އައްސާފަ މޫދަށް ލާންވީ.

    63
    2
  16. މަޒް

    ކަލޯ ޔާމީނުގެ އަންހެނުންނާ ހަވާލުވާނވީނު..

    60
    2
  17. ސްމާރޓް

    ޖާބިރު ހުރީހަވާލުވާންވީހުރިހާތަނަކާހަވާލުވެގެން އެއީ 1 ދިޔާނާ 2 ކާށިދޫ ދާއިރާގެ މެމްބަރުކަން ހިނދުކޮޅުއައިއްސަހުރީމަ ކިޔޭނުކިޔޭއެއްޗެއްވެސްނޭގެނީ

    69
    3
  18. ާަަަަަެެެޮޮިުއަފީ

    ޖާބިރޫކަލޭ ތީހަމަހޭބަލިވެފާހުރި ދާއްބައެއްތަ؟
    ކަލޯ ދޭބަލަކަލޯގެއަންހެނުންނާހަވާލުވާން މީ
    އަޅެ ދެބޯބުރާންޗެއްތަ؟ އިހައްދޭބަލަ ކާށިދޫމީހުން
    ނައްވީވައުދުފުއްދަދޭން ފިރިހެނުން ބަލަނީ އަން
    ހެނަކާބެހެވޭތޯ؟ ނީާހާދަހާ ޔާމީނު އާއަޅައިގަނެގެން
    ނޭމިއުޅެނީ މީކިހާ ބޮނޑުމުސީބާތެއްތަ މީހުންގެ
    މުޅަމަސްނުކައި5 ތިމަޖިލީހުގެގޮނޑި ލިބިފަތިހިރީ

    28
    2
  19. ކީއްކުރާނީ

    ތިޔަ ލޮލީއަކީ ދުނިޔެތެރޭގައި އުޅޭ ބޮޑާމީހުންގެ ތެރެއިން އަރާހުރި މީހެެއް، ބީ،،އެމް،ޑަބުލިޔު، ކާރުގެ ފަހަތު ސީޓުގައި އޮށޮއޮވެލައިގެން މާލެވަށައި ޑުރައިވަރު ލައްވައި ދުއްވި މީނާއަށް ކާރެއް ލިބުނުކަން ދެއްކުމަށް، 24 ގަޑިއިރު ކޯޓުލައިގެން ކިތައްމެ ވަރަކަށް ތެޅުނަސް ހަމަ ފިނިކަން ކެޑޭއިރު ދިޔާވާނެ. ގާނޫނީ ވަކީލާ އަކަށް ވެސް މައިތިރި އެއް ނުކުރެވޭނެ

    37
    1
  20. ފެންނަން ހުރިހަގީގަތް

    މިހާރުންމިހާރަށް ލޮލީވަގު ހައްޔަރުކުރޭ ކަލޭހިތައްއެރިހާއެއްޗެ ގޮވާއިރު ކަލޭ މުއްސަދިވީގޮތް ހޯދައިދިނުމަށް ސަރުކާރަށްގޮވާލަން އަވަސްކުރޭ

    39
    1
  21. ތޯތާ

    މަމިދަނީ ދިޔާނާ އާއި ޙަވާލު ވާންވެ ގެން

    43
    1
  22. ލޮލީ

    ފުރަތަމަކަލޭ ސަރުކާރައްދައްކަންއޮތް ލާރިދައްކަބަލަ ސަރުކާރައްލާރިނުދައްކައްވެގެން ދައްކާހާ ބަހަނާ

    40
    1
  23. ކަނބާ

    ކާށިދޫ ދާއިރާގެ ރައްޔިތުން ފައިސާއަށް ދަހިވެތިވެ، ފައިސާއަށް ވިކުނަށް މީ ތަންކޮޅެއް ބޮޑުވަރެވެ. ދާއިރާގެ ރައްޔިތުން ތަމްސީލްކުރުމަށް އަބަދު ހަމައިގާ ނުހުންނަ އަދި ހަމަޖެހޭ ވާހަކައެއް ނުދެއްކޭ މީހަކު ހޮވާފައި މިވަނީ ވަގުތީ ފައިދާއަކަށެވެ. މީ ކިހާ ދެރަކަމެއްތޯއެވެ.

    36
    1
    • Anonymous

      ވަރަށް ބޮޑުތެދެއް. ކާށިދު ދާއިރާގެ މީހުންނަކީ، ހަލާލުނޫން މަދު ފައިސާކޮޅަކަށް ޖާހިލެއް މަޖިލިހަށް ވެއްދި ޖާހިލުބައެއް. އެފައިސާއިން އެއްވެސް ބޭނުންތެރިކަމެއް ނުކުރެވޭނެ. އެއިން ކައިގެން ބަލިޖެހުން ނޫން ކަމެއް ނުވާނެ. ހަލާލު ނޫން އެއްޗެހި ކައިކައި ދިވެހިން މިތިބީ އިބިލީހުގެ އަޅުންނަށްވެފައި.

      28
      2
  24. Anonymous

    ޖާބިރުހޮޑާފުށިތުޑީގާސަންރައިސްބަލަން އިންއިރުހަމަތަޯ
    ކޮބާކާށިދޫކޮބާގާފަރުދެރައްގުޅުވިއްޖެތޯ
    ﷲގެމަތިންހަދާނެތީތޯ ވައުދެކޮއްފާވާކަން

    32
    1
  25. ާައަސްލަމް

    ޖާބިރު ކަލޭއެއްފަޅި ވާގިނެތިދާނެ އެއްއަހަރު ދުވަހުގެ ޖަލުހުމުން ޖާބިރު ސަލާމަތް ކޮއްދިނީ ޔާމީން ހޮނޑާފުށީގަ ރާބޮއިގެން ދެމިފައޮއްވަ ޔޫރިންޓެސްޓް ހަދަން ދޭންނުކެރުނީ ކީވެ

    32
    3
  26. ކާށިދޫ

    ކޮބާޢަހަމެންގެ ކޭބަލުކާރުކޮޅު އެވާހަކަދައްކަފާނެތީ ކޮއްމެދުވަހަކު މަޖިލީހުގަ ބޭކާރުއަނގަތަޅަނީ

    39
  27. ލކ

    މީނަ ހޮވި ދާއިރާގެ މީހުންނައްދެންލިބޭނީ މިވަރުގެލަންޑެއް ބޯގޯހެއްވިޔާ ހޮވާފަމިހުރީ!!!!!

    29
    1
  28. ބޮޑުދުފާ

    މަ މިއުޅެނީ ދިޔާނާ އާ ހަވާލުވާން.

    30
  29. Anonymous

    ކަލޭދޭބަލަ ރާޖަޕަތީ ބަވަންއާ ހަވާލުވާން. ގެރިކޮއްޓަށް.

    21
    1
  30. ބޮލި މުލައް

    މީނާ މަޖުލީހަށް ހާޟިރުވަނީ ބޮއިގެން. މިކަން ބަލަންޖެހޭ.
    މީނަޔާދޭތެރޭ ނޫސްވެރިން ސަމާލުކަން ނުދިނުން ރަނގަޅު

    26
  31. އަހުމަދު

    ގަލޮޅު އާގެ ބެހި އިރު ކަލެއަށް ބައެއް ނާޅާތީ އެކާމާ ކަލޭ ވީއެއްނު ދައުވާ ކުރަން މިބުނީ ވަރަށް ވާހަކަ.... އަމިއްލަ ސިފަޔާއި އަދި އަޑާ މެދު ވިސްނާލާ އަދި އުޅޭނެ އެކަކު އެއީ ސްޓޭޓް މިނިސްޓަރެއް އަކުރަމެކޯ ކިޔަނީ.... އޭނާ ވެސް މާވާގޭން ތަންކޮޅެއް ލިބޭތޯ އެބައުޅެޔޯ ... މިދެމީހުން އެބަޖެހޭ ނޫސް ކޮންފަރެންސެއް ބާއްވާފަ މިވާހަކަ ތައް ހާމަ ކޮށްލަން..........

    21
    1
  32. ހުވަދޫ ޑޮކް

    ޖާބިރުބެ ތިޔަ އުޅުއްވަނީ ކިހިނެއްތޯ، ތިޔައްވުރެ ޒިންމާދާރުކަމާއިއެކު ރައްޔިތުން ހަވާލުކޮށްފައިވާ މަސައްކަތް ކުރިއަށް ގެންދެވޭ ބައްލަވާ!! ރައީސް ޔާމީންގެ މުދާ ދަޢުލަތައް ނަގަންޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްދެއްވުމަށް އެކުލަވާލެވިފައިވާ މުވައްސަސާތައް ހުންނާނެ! ދިޔާނާ މެޑަމްއަށް އަދު ސަރުކާރުތެރެއިން ކަމެއް ހޯއްދެވުމުގެ ނިޔަތުގައި ކަމަށްވިއަސް މުޢާމަލާތް ކުރަންޖެހޭ ހަމަތަކާއި އުސޫލުތަކެއް ވާނެ، އެ މިންގަނޑުގައި ހިފަހަށްޓަވައިގެން ކުރިއަށް ވަޑައިގަތުން މުހިންމު !!

    20
  33. ކާފަ

    ޖާބިރަކީ ބޮޑު މޮޔައެއް. އަބަދު ހިއްޕަވައިގެން ކަންނޭނގެ ހުންނަވަނީ

    20
  34. އަދާލަތު

    ޖާބިރު މުއްސަނދިވީ ކޮންގޮތަކަށް ހޯއްދެވި ފައިސާޔަކުންތޯ؟ ފުރަތަމަ ބައްލަވަންވާނީ. ޔާމީނު މިހާރު އެ ހައްދަވާގެޔަކީ، "ހ. ނޫފަރު" މއ. "ކަނަކުރިގެ" އަލްމަރުޙޫމް އިސްމާޢީލްފުޅު(ކަނަކުރި އިސްމާޢީލްފުޅު)ގެ ގެއެއް. އެ ގެ ވަނީ އިސްމާޢީލްފުޅު ނިޔައުވުމުގެކުރިން، އިސްމާޢީލްފުޅުގެ އަނބިކަބަލުން، މަރްޔަމް އަށްދެއްވައިފަ. ރައީސް ޢަބުދުﷲ ޔާމީންއަށް އެ ގެ ލިބިވަޑައިގަތީ، ރައީސް ޔާމީންގެ އެއްބުރިޔަށްވުރެ އުސްކޮށް ހައްދަވާފައިހުރި ގެ، ގ. "ދޫވެހި" އަދި ދެފަރާތް އެއްބަސްވާ ޢަދަދަށް ފައިސާ ދިނުމަށްފަހު ލާޖައްސާ ބަދަލްކޮށްގެން. މިއީ އަލަކަށް މިރާއްޖޭގައި ކުރާކަމެއްނޫން. އަދި ބިރުދައްކައިގެން ކުރިކަމެއްވެސްނޫން. ޖާބިރު އަތްޕުޅުގައި ފައިސާ ހުންނަން ޖެހޭކަމުގައިވާނަމަ. އެއިގެ ދެގުނަ ރައީސް ޔާމީންގެ އަތްޕުޅުގައި ހުންނަންޖެހޭނެ. ދައުލަތުގެ ވިޔަފާރި ކުންފުންޏެއްގެ ތިޖޫރީގައިހުރި އަޞްލު ނޫޓްތައް ވިރިގެންގޮސް، އޮޓެމެޓިކުން ވަގުނޫޓްތައްވަދެފައިހުރީ، ހަމަގައިމުގެސް، ރައީސް ޔާމީން ޗެއަރމަން އަކަށް ހުންނެވި ކުންފުންޏެއްގެ ރާއްޖެތެރޭ ރަށެއްގައިހުރި ތިޖޫރިޔަކުންނޫން. އަމިއްލަފުޅަށް ކޯރޓެއް ހައްދަވައިގެން "ކިނބިގަސްދޮށުގެ" ނަންގަވަން އުޅުއްވި ދެއްތޯ؟ ވވވ. ވެދުން އަޚު ޖާބިރު.

    14
    1
  35. މުފައްކިރު.

    ފެންނަ ފެނުމުގަ ސިކުޑީގެ މައްސަލަ އެއް އެބަ އުޅޭ. ނޫނީ ކާނާ އާއި ބުއިން ބަދަލު ކުރަން އެބަ ޖެހޭ.

    15
    1
  36. ސައްޔިދު ދީދީ

    މީނަގެ އަޚުލާގެއް ސްލޫކެއް ނެތް. ވަކަރުގެ ދަރިއެއް ހެން ހީވަނީ. ކާށިދޫ ރައްޔަތުން މަޖިލީހުގެ ބޭރުގަ އިޙުތިޖާޖު ކޮށްގެން ނަމަވެސް މީނަ މަޖިލީހުން ބޭރު ކުރަންޖެހޭ. އެހެންނޫނީ މިކަހަލަ މީހުންގެ ސަބަބުން މަޖިލިސް ޚަރާބުވެ ގައުމުވެސް ޚަރާބުވާނެ. މީނަޔާ މުޚާތަބުކުރާ އިރު "ޢިއްޒަތްތެރި މެމްބަރު " ނުކިއުމަށް މަޖިލީހުގެ ރައީސަށް ދަންނަވަން.

    12
    2
  37. މިއަދު

    ޖާބިރޫ 19 ވަނަމަޖިލިސްއިންތިޚާބަށް ކާށިދޫ ދާއިރަގެ ކެންޕެނަށް ބެހިލާރި ހޯދިގޮތާއި ހޯދިތަންތަން ތިމަޖިލިހަށާއި ދާއިރާގެ މެމަބަރުންނަށް ކިޔާދީބަލަ ތިމަންނަ ހޮވަންޚަރަދުކުރަނީ ދާއިރާގެމެމްބަރުންކަމަށްބުނެ މަޖިލިސްބަހުސްގައި ބުނިއިރު ދާއިރާގެ 50 ލާރިވެސް ޚަރަދުކޮށްދިން މެމްބަރަކު ބުނެދީބަލަ ކާށިދޫއާއި ގާފަރުން އެތައްބައެއްގެ އަގުބޮޑެތި މުދާގަންނަންކަމަށްބުނެ ބައިކުޅަބައިން ޚަރަދުކުރި ލާރި ހޯދިތަންތަން ކިޔާދީބަލަ ޖާބިރުނެނަމާދިމާދިމަގައި ފާހަގަޖަހަފައިވަކޮންމެ ކަރުދާސްކޮޅަކަށް ޚަރަދުކުރި 10000ރ ހޯދިތަންތަން ކިޔާދީބަލަ ރަޢިއްޔަތުންނަށް ބުނެދޭންއެބަޖެހޭ އެދުވަހުބެހި 1000ރގެ ނޫޓުތަކަކީ ދައުލަތުން ދެއްލިގެން ހޯދިފައިސާތޯ ނުވަތަނޫންތޯ؟ ކާށިދޫ އަދި ގާފަރުގައި ގެންގުޅުނު މުއައްޒަފުންނަށް ދޭންވާ މުސާރަނުދީ އޮތީ ކިތައްމަސްތޯ އަދި އެމީހުންނަށް ދޭންވެފައިހުރީ ކިހާފައިސާއެއްތޯ ސާފްކޮށްކިޔާދީބަލަ ފައިސާގެ ބަދަލުގައި ބައެއްމުއައްޒަފުންނަށް ދިންއެއްޗެއްދިނީ ހަމަ ހަޤީގަތުގައިވެސް ރާ ނުދަންނާތީއަދި ނުވެސް ގެންގުޅޭތީތޯ؟އަޅުގަނޑު ޖާބިރުގެ ކިބައިން ވ ބޮޑަށްއެދެން ރަޢިއްޔަތުންނަށް ދާއިރާއަށް ކުރިއެރުމާއި ތަރައްގީއެއް ގެނަސްދެވޭނެ ބިނާކުރަނިވި ވާހަކަތަކެއް ދައްކާދާއިރާއަށް ރަނގަޅުގޮތެއް ވޭތޯ މަސައްކަތްކޮށްދިނުމަށް އަޅުގަނޑުމެން ޖާބިރުހޮވާދީފަތިހުރީ ތިފާޑަށް މަޖިލިހުގައި އުޅޭކަށްނޫން

    13
    1
  38. ކެރޭ އަބްދުﷲ

    އަހަރެން މިދަނީ ޖާބިރުގެ ގެކަމުގައި ވާ ތިމާވެށި އާ ހަވާލު ވާން.

    10
  39. އަލި ކަލޯ

    ބޭފުޅާ، ޖަމަލު ފޮޑިއަށް ވާކަހަލަ ފޮޅި އޭ ހޮޮޅިއޭ ނުވީދި އަމިއްލަ ހާލައިގެން އުޅެބަލަ. މީސްމީހުންގެ ގެދޮރާ އަނބިންނާ ދަރީންނާ މައިދައިތައާ ހަވާލުވާން ނޫޅެ، ކައިރީގަ މަސައްކަތް ކުރާ މީހުންނަށް މަހުން މަހަށް މުސާރަދެވޭތޯ ބަލާބަލަ. މީކޮންމެހެން ޔާމީނު ކޮޅަށް ބުރަވެގެން ބުނާ އެއްޗެއް ނޫން، އެކަމު ތިބުރާންތި ތީ ޔާމީނުު އަށް ވުުުރެ ބޮޑަށް މިގައުމަށް ހުރި ބޮޑު ލަދެއް. ކާށިދޫ ކުދިންނަށް ހަމަ މިނޫން މީހެއް ނުފެނުނީތަ، ނޫނީ ނެތީތަ. ދައްކަވަން އޮތް ތަނެއް ދައްކަވާފަ ގެންދަވާނީ.

  40. Munee

    ހ. ތިމާވެށި