ޕެޕާ ސްޕްރޭ ގަަންނަން ކުރާ ހަރަދު ރައްޔިތުންނަށް ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްވަމުން ޖާބިރު ވިދާޅުވީ، ޕެޕާ ސްޕްރޭ ގަންނަ ތަން ބަލަން ޖެހޭ ކަމަށާއި، ރައްޔިތުން މި އުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ކަމަށެވެ. ޖާބިރު ވަނީ ޕެޕާ ސްޕްރޭ ގަންނަނީ ކީއްކުރަންތޯވެސް ސުވާލު އުފައްދަވާފައެެވެ.
"މި އުޅެނީ އަނގަޔާއި އަތާއި ދިމާނުވެހެމް، އޭތި ގަންނަން ދޭ ލާރިވެސް ދޭންވީ ރައްޔިތު މީހާއަށް، އާސަންދައަށް، ޕެޕާ ސްޕްރޭ ޖަހާކަށް ނުޖެހޭނެ". ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ޕެޕާ ސްޕްރޭ ޖެހީމަ ތަދުވާ ކަމަށެވެ.
"ތަދުވޭ ޕެޕާ ސްޕްރޭ ޖެހީމަ، ހާދަ ތަކެތޭ ވަނީ ޖެހީމަ،ލޮލަށް ތަދުވަނީ، އަދި ޖަހަނީ ކިހިނެއްތޯ ލޮލުގައި ޖައްސާ އެތެރެއަށް ކޮއްޕާލަނީ، ތަޅަނީ ކިހިނެއް ޖަނަވާރުންގެ ގައިގާ ތަޅާހެން".ޖާބިރު ވިދާޅުވިއެވެ.
މިކަހަލަ އޮޕަރޭޝަންތައް ހިނގާދިޔައީ، ކަޅުމީހުންނާއި، އަޅުން މިނިވަންކުރަންވެގެން އެމެރިކާގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، މި ރާއްޖެ މިއޮތީ ތަރައްގީވެ އޮބި ނޯންނަ ހިސާބުގައި ކަމަށާއި، އެހެންކަމުން މިކަހަލަ ކަންކަންކޮށްގެން ނުވާނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ، ރައްޔިތުންނަށް މިފަދަ އަނިޔާދިނީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި ރައީސް ޔާމީން މިކަމަށް ނޫނެކޭ ބުންޏަސް މި ކަންކަން ހިނގާފައި ވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި ޔާމީން އިންނަން ޖެހޭނީ ޖަލު ގޮޅީގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.
ބޮޑެތި އެއްވުންތައް ރޫޅުމަށާއި، މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރާއިރު، ޕެޕާ ސްޕްރޭ ބޭނުން ކުރެއެވެ.
ދޮންކަލޯ ޕެޕަރ ސްޕްރެއި ގަންނަން ފުލުހުންނަށް ދޭ ލާރިކޮޅުވެސް ދެވިދާނެ! ޖާބިރުމެން ބަނގުރާ އެތެރެކޮށް އެއަށް ތިކުރާ ޚަރަދުންވެސް ލާރިކޮޅެއް ސަރުކާރަށް ދީގެންވެސް ރައްޔިތުންގެ އަނގަޔާ އަތާ ދިމާކުރެވޭތޯ ޖާބިރާ ޖާބިރު ތިހެމެނޭ ސުމަ މެޖޯރިޓީން ބަލަންވީނު! ކިހިނެތް އެފަދަ ކުޑަ ލާރިކޮޅެއް ބާކީ ކޮށްލައޮގެން ރައްޔިތުންގެ އަނގަޔާ އަތާ ދިމާކުރާނީ ޖާބިރުމެން! މިއުޅެނީ މިއަހަރު ޖާބިރުމެން ރައްޔިތުންނަށް ފާގަތިވާގޮތަށް އަނގަޔާ އަތާ ދިމާކުރަން ފާސްކުރި މިއަހަރުގެ އެތައް ބިލިއަން ރުފިޔާގެ ބަޖެޓަށް ހަދާލި ގޮތެއް ނޭގިގެން! ފުރަތަމަ މިފައިސާއަށް ވީގޮތެއް ޖާބިރު އަޅެ ސާފުކޮށްލަ ދޭންވީނު ރައްޔިތުންނަށް! މަޖްލީހުގައި އިދެގެން ސާފުކޮށް ނުދެވެންޏާ ހޮނޑައިދޫ ބީޗްގައި ހުރެގެން ސާފުކޮށްދިނަސް ހަމަ އޯކެއި! އހ
ހަހަހާާ......
ދެން ރައްޔިތުން އެފައިސާއަށް ޕެޕާ ސުޕުރޭ ގަނެފައި ޖަހަންވީ ޖާބިރުގެ ލޮލަށް. އަދި އެވެސް ޖާބިރުގެ ލޮލުގައި ޖައްސާފައި ޖަހަންވާނީ.
ޢެލާރިން ހޮނޑާއީދޫ ތަރައްގީ ކުރަންވީނޫންދޯ؟