ޖާބިރު އާއި އޭނާގެ އަންހެނުން އުޅެނީ ވަރަށް ލޯބިން ކަމަށް، ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 47 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާ ގެ އަންހެނުން ހައްގު ހޯދަން އަނގައިން ބުނުމުން އެއްޗަކަށް ލައިގެން ދިއުމުގެ ސަބަބުން ނޭވާ ހާސްވެ މަރުނުވީ ކިރިޔާ ކަމަށެވެ.

"އަޅުގަނޑު އަންހެނުން ފާތުމަތު ދިޔާނާ ސައީދު ހައްގު ހޯދަން އަނގައިން ބުނީމަ ގެންގޮސް، ފާޑެއްގެ އެއްޗަކަށް ލައިގެން ގެންދިޔައީ. އެދުވަހު ނޭވާ ހާސްވެގެން ކިރިޔާ މަރުނުވީ. ވަރަށް އަޅުގަނޑު ދެރަވި. ދިޔާނާ މަރުވީމަ އަޅުގަނޑު ދެރަވާނެ ނޫންތޯ. އަޅުގަނޑު ކިހާ ލޯބިންތޯ އަޅުގަނޑު އަންހެނުންނާ އެކު މިއުޅެނީ." ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާގެ އަންހެނުން އެފަދަ އެއްޗެއްގަ ގެންދަނިކޮށް މަރުވުމުން ދެރަވާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޖާބިރު ވަނީ މަޖިލީހުގެ ރާއީސް މުހައްމަދު ނަޝީދު ނަންގަވާފައެވެ. އެގޮތުން ނަޝީދު އަށް އަނިޔާ ކުރުމުން ލައިލާ ދެރަވާނެ ވަރު އަދި ރައްޔިތުން ދެރަވާނެ ވަރު އެބޭފުޅުންނަށް އިހުސާސް ކުރެވޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މަނިކުފާނަށް އަނިޔާ ކުރީމަ މެޑަމް ލައިލާގެ ހިތްޕުޅަށް ތަދުވާނެ ވަރު އަދި ރައްޔިތުންނަށް ތަދުވާނެވަރު އަޅުގަނޑުމެންނަށް އިހުސާސްވީ ކީއްވެގެންތޯ ޑިމޮކްރަސީ ހޯދަން ކުރި ދަތުރުގައިވީ ގެއްލުންތައް. އޭގެ ބަދަލުވެސް ހޯދާ ވާހަކަ އަޅުގަނޑު މިދައްކަނީ." ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ށސޮނިފޮހެުގެ މަަންމެ

    ޖާބިރޫ ތިއެއްނެގޭނީ ފަޤީރު ވީމަ ތިވާލޯބި މިހާރުވެސް އޭނަ ހުންނާނީ ޖާ އާ ހަދައިގެން ބޮލަން އުދަގުވެފަ އެކަމު މުންސަދިވީމަ ކެތް ކޮއްލައިގެން ހުންނަނީ ދެކަތްފަތުގަ އަތް އަޅައިގެން ރޭގަދޑު ނިދާބޭސް ކާންދީފަނޫންކަމެއްވެސް ނޭގެ ބާއްވަނީ

    36
  2. މޫސަ

    ދިޔާނާއަކީ ޖާބިރު ދެކެ ހަޤީގީ ލޯބިވާ މީހެއް ނޫން. ދިޔާނާ ލޯބިވަނީ ފައިސާ ދެކެ.

    35
    2
  3. މަޖިލިސް

    މިޖީލީހަށް މީނަހޮވީ ލޯބީގެ ވާހަކައާއި މީހުންގެ ޕާސަނަލް ވާހަކަ ދައަކަންބާ؟ ހީވަނީ ހިއްޕަވައިގެން މަޖީލީހައް ގޮސް މީނާ ބޭނުންއެއްޗެއް ކިޔައިފައި މުސާރަކަނީ.

    18
    3
  4. މުފައްކިރު.

    ދިޔާނާ އަކީ ކެތްތެރި ފިސާރި އަންހެނެއްކަން މަޖިލީހުގަ ކޮންމެ ދުވަހަކު ހެން ރައްޔިތުންނަށް ނުފޮރުއްޕާނަކަށް ވާގޮތަށް ދައްކާ ތާކުން ތާކުނުޖެހޭ ވާހަކަ އަށް އަޅާނުލާތީ އެގޭ.ޖާބިރު އަންހެނަކަށްވެ ދިޔާނާ ފިރިހެނަކަށްވި ނަމަ ޖާބިރު ދޫކޮށްލިތާ ކިތައްމެ ދުވަހެއް.

    18
    1
  5. ބާބޫ

    ބަލަގަ ދިޔާނާ އެހުރީ ލޮލަށް ހިނިއަރާފައެއްނޫނޭ ޖާނޫ ދެކެ ލޯބިވާކަށް
    ދިޔާނާ ލޯބިވަނީ ޖާނޫގެ މުއްސަނދިކަމާ ތަނަވަސްކަންދެކެ

    10
    1
  6. ވާލޯބި

    ދިޔާނާ އެވާ ކަހަލަ ލޯބިނުވިއްޔާ ރަގަޅީ. ތިމާ މީހާ އެހާ މަތީ ކޯޓެއްގެ ފަނޑިޔާރުކަމަށް ކުރިމަތިލާއިރު ތިމާގެ ފިރިމީހާގެ ބުއްދި ސަލާމަތުން ހުރި ކަމާމެދު އެހެން މީހުންނަށް ޝައްކުވާ ދަރަޖައިގަ ކަންކަން ހުރީ. މަޖްލިހުގަ ޖޯކަރެއްގެ ބައި ކުޅެން ކޮންމެހެން މީހަކު ބައިންދަންޖެހޭ ނަމަ އެމީހަކީ ޖާބިރުކަމަށް އެފަދަ ވަކީލާ އަތްނބަކަށް ރުހެވޭ ގޮތަކީ ބޮޑު އަރަތެއް.

  7. ކަހަނބު ވިތްޓޯ ޓޯ

    އޭ ލޯބިވަާ ޖާބިރޫ ދިޔާ ދެކެ ޖަާ އެހާ ލޯބިވޭތަ މަގެޭ ހިތަށް ހިީވީ ކަށިކޮއްޔެއް ކަށި ބަސްތާއެއް ހަރާލިހެން ތިހެންބުނީމަ މިހެންމިބުނަނީ މަގޭ ގާއްޓޭ މާ ކަާމިޔާބެއްނު

  8. ސީނު

    މުގާބޭ ހަމަ ހިތަށް އަރަނީ.

    4
    1