ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ކުރިވަރުގެ މަސައްކަތް 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކޮށްފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ "ޕީއެސްމް ނިއުސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރޮޒައިނާ ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްވެގެންއައީ ރައްޔިތުންގެ ވަރަށް ފޮނި އުންމީދުތަކަކާ އެކުގައިކަމަށާއި އެހެންކަމުން މަސައްކަތެއްނެތި ހުއްޓިފައި އޮންނަ ތަނެއްގެ ގޮތުގައި މަޖިލިސް ވެގެންދިއުމީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ.
ފުރަތަމަ ދައުރުގައި ކުރެވުނު މަސައްކަތްތަކަކީ ފާއިތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން 5 އަހަރު ދުވަހުގައި ކުރެވުނު މަސައްކަތްތަކާ އެއްވަރުގެ މަސައްކަތްތަކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަސައްކަތްތަކީ ސީދާ ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތަކެއް ކަމަށާއި، މަޖިލިސްގެ މިހާރުގެ މަސައްކަތް ދަނީ ރައްޔިތުންގެ އުންމީދުތަކާއި އެއްގޮތަށް ކަމަށެވެ
"މިދިޔަ 5 އަހަރު ކުރެވުނުވަރަށް މަސައްކަތް 19 މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިވަނީ ކުރެވިފަ. މިކަމާއި ވަރަށް ހިންހަމަޖެހޭ. މަޖިލިސް ފްލޯގައިވެސް، ކޮމިޓީތަކުގައިވެސް މިވަނީ ރެކޯޑް މިންވަރަށް މަސައްކަތް ކުރެވިފައި. އަޅުގަނޑަކީ ފާއިތުވެދިޔަ 5 އަހަރުގައިވެސް މިނިވަން މުއައްސަސާކޮމިޓީގައި އިން މެމްބަރެއް. 5 އަހަރުގެ ދައުރުގައިވެސް 40 ބައްދަލުވުން ނުބޭއްވޭ. އެކަމަކު 19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެކަނިވެސް މިވަނީ 40 ބައްދަލުވުން ބޭއްވިފައި" ރޮޒައިނާ ވިދާޅުވިއެވެ.
ސަރުކާރުގެ ސްޕީޑާއި ގުޅޭ ގޮތުން ކުރިމަތިވާ ފާޑުކިޔުންތަކަށް މިހާތަނަށް ވެސް އެންމެ ވަރުގަދައަށް ރައްދު ދެއްވާ އެއް މެންބަރު ކަމަށްވާ ރޮޒައިނާ ވިދާޅުވީ މިހާތަނަށް 45 އަށްވުރެ ގިނަ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގަމުންދާއިރު ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފެއްޓުމަށް ސަރުކާރުން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ، އަދި އޭނާ ނިސްބަތްވާ ދާއިރާއާއި، އައްޑޫ ސިޓީއަކީ މިވަގުތުވެސް ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢު ހިންގަމުންދާ ސިޓީކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މި ސަރުކާރު ވެރިކަމަށް އައީ ފަސްއަހަރު ދުވަހަށް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވެވަޑައިގެންފައިވާ ވައުދުތަކާއި، މެނިފެސްޓޯގައިވާ ވައުދުތައް މި މުމުއްދަތުގައި ހާސިލް ވާނެކަމާއިމެދު އެއްވެސް ޝައްކެތްނެތް. މިވީ ދުވަސްކޮޅުގައިވެސް އެމަނިކުފާނު ވަނީ މިކަން ސާބިތުކޮށްދެއްވާފައި." ރޮޒައިނާ ވިދާޅުވިއެވެ.
ފަސްއަހަރުތެރޭ ހަޅޭލީވަރަށް ހަޅޭލެވުނުތޯވެސް ބަލަންްްްވާނެ.
އުންމީދުކުރަން ރޮޒައިނާ އެމްޕީ އަށް ފަހުންވާނެކަމަށް ތިޔަ " އަވަސް އަރުވާލައި" ތިޔައުޅުއްކަންތައް ތަކުގެ ފަހަތުގައި ފޮރުވިފައި ތިޔަވާ ކަންތައްތައް .... ބޮޑުމަންޒަރަށް ބޭނުންވާ ހުރިހައި ކުލައެއް ގެންދަނީ ތައްޔާރުވަމުން !! ބަލަންތިބޭނީ ދޯ!
ކަލޭމެން ރައްޔިތުންނަށް ލިބުނު އެއްޗެއް ދައްކަބަލަ؟
5 އަހަރުން ގައުމަށް ނުދޭ އަނިޔާ 7 މަހުން ގައުމަށް ދީ ނިންމައިފި. ކަލޭމެން މަޖްލިހުން ކުރިހާވެސް ކަމަކީ، ދިވެހި ގައުމު އިންޑިޔާގެ އަޅުވެތިކަމަށް ގެންދިއުން.
އަމިއްލަޔަށް އެއްބަސްވިދޯ އިދިކޮޅުގައި ތިބެގެން ކުރެވުނު އުދަގޫ.
އިންޑިޔާ އެދުނުހާ ކަމެއް ދިވެހިންގެ ފައިސާއިން ކައިބޮއެ ބޮޑު މުސާރަނަގައިގެންތިބެ ކޮށްފި. ގައުމުގެ މިނިވަންކަން ވިއްކާލައިފި. އެއީ، މިގައުމު ޕޯޗްގީޒުންގެ އަތުން ސަލާމަތްވި ފަހުންވެސް ކުރިކަމެއްނޫން. އެހެންވީމަ ލައްކަ ކަންތައް ތިކުރެވުނީ. ކީއްވެބާ 5 އަހަރު މިބުނީ، 200 އަށްވުރެ ގިނަ އަހަރުން ނުވި ކަންތައް ތިމަންނާމެން މަޖްލިހުން ކޮށްނިންމާފީމޭ ބުނިނަމަ މާ ރަނގަޅުވީސް.
މިކޮޔާ މައިތިރިވެ ބިމަށް ތިރިވާނެ ދުވަހަކީ މަ އެންމެ ދެކޭހިތްވާ ދުވަސް. ދޮގުހެދުން އިންތިހާ.. ހަމަ ނަޖިސް ގަނޑެއް.
ތީ ކަމެއްކުރި ތަނެއްނޫން
މިދިޔަ ފަސް އަހަރު ބުރުގާވެސް ނާޅަމެންނު
ދެން މި ފަސްއަހަރު އެކަން ވޭތޯ ބަލަން ވީނު
ވަރަށް ގިިނަ ކޮމިސަން ހެދިއްޖެ ،
ނަތީޖާއެއް ނުވަތަ ތަފާތެއް ނުވަތަ ކުރިއެރުމެއް ރައްޔިތުންގެ ދިރިއުޅުމަކުން ނުފެނޭ. ބަޖެޓުހުސްވެ އިތުރަށް ފާސްކޮށްފި. ރިޒާވް ދަށްވެއްޖެ. ތަރައްގީއެއް ނެތްކުރެވިފައެއް. ރަނގަޅު. ފާއިތުވި ފަސް އަހަރު ނުވިކަންތައް މިހިރީ ކުރެވިފަ. އެންމެން ސިކުނޑި ތަރައްގީކޮށްގެންތިއްބާ ބަޖެޓު ހުސްވަނީ. މަޖްލހުންކުރެވުނުހާވެސް ކަމަކީ ބޮޑުވަޒީރު އަންނާނެ މަގުކޮށުން. އަމިއްލައެދުމާއެކު ބަޖެޓު ދަވާލުން.
ކޮންކަމެއްވީ. ޢަންނިޖަލައްލީމީހުނނައް އަދަބު ދިނުމައް ގާނޫނު ބަދަލުކުރުން ފިޔަވައި އެއްވެސްކަމެއްނުވެއެވެ. ތިންލައްކަ ރުފިޔާ މަހަކު ކައިލައިގެން މަންޖަމެއް ތިތިބީ ބާރައް އަތްޖަހަން
ކަލޭމެންނާ ހެދި ދޯ ކަމެއް ނުވެގެން އުޅުނީ ކުރިން....
ރޮޒައިނާވިދާޅުވެލައްވަނީއެއްބައި އަނެއްބައިވެސް ވިދާޅިވެދެއްވާ ބަހެއްވިދާޅުވެލައްވާއިރު ޒާތީގޮތް
ނުބާއްވަވާ ސަލާމަތުންހުރި އިންސާނަގެސިކުނޑިއަށްވެސް ގަބޫލްކުރެއްވޭވަރުގެ ވާހަކަފުޅެއްވިދާޅުވެ
ދެއްވާތަރައްްީގެގޮތުންފަސްއަރުދުވަހުން ކުރެއްވިމަސައްކަތުގެ ބަދަޅު މިދައުރުގައިކިތަށްމަސައްކަތްތޯ؟
ކަލޭ ތި ވާހަކަ ދައްކަން ލަދެއް ނުގަނޭތަ، ރައްޔިތުންގެ ފައިސާ ކާލާފަ
މިދިޔަ ފަސްއަހަރު ރޮޒައިނާަގެ ކަމަކީ މަޖްލިހުގަ މަސައްކަތެއް ވިޔަނުދޭންވެގެން ވާހަކަދައްކާމީހާ ކުރިމައްޗަށް އަރާހުރެ ބެރުދުއްމާރި ތާޅަފިލި ފުމުންވިއްޔާ. ޚިހިނެ ބަޔަކަށް މަސައްކަތެއް ކުރެވޭނީ.
ރޮޒޭ އަދި ޖަލްސާ ކިތަށްމެ ގިނައިން ބޭއްވިޔަކަސް ތިޔަކުން ކުރި ފައިދާއެއް ރައްޔިތުމީހާ ނެތް . ދައުލަތުގެ ބަޖެޓް ކާ ހުސްކޮއްލީ ، ބޭކާރު އަގަތަލާގެން ޖަލްސާ ހާޒިރީ ގިނަވެއްޖެ. ރަށްޔިތުމީހާ ގުބޯ
ލަދެއް ހަޔާތެއް ވެސް ނެތެންނު. މިދިޔަ ފަސް އަހަރު ތިބައިގަނޑު ކުރި ޖެއްސުމުގެ ވާހަކަ ފުރަތަމަ ދައްކަބަލަ ހޭބައްޔާ. ހުރިހާ ބާރުތަކެއް ދިނީމަ ވެސް ތިބޭއްވި ޖަލްސާ ތަކުން ވީ ފައިދާއެއް ބުނެބަލަ. ލާދީނިއްޔަތު ފެތުރުން ފިޔަވާ. ބަޖެޓް ޕަކަޅާ ކުރި.......
ކުރީސަރުކާރުން ފުލުފުލުގައި ޖަލްސާބޭއްވީމަވެސް ކަމަކުނުދިޔަ މިސަރުކާރުންފަޓާސްބަރިއެއްހެން ޖަލްސާތައްބޭއްވުމުން ހަމައޯކޭ
އެ ފަސް އަހަރު ވެސް ތިޔަ ބޭފުޅާ އިންނެވި ނޫން ތޯ ކީއްވެތޯ އޭރުވެސް މިހާރު ތިޔަ ކުރެއްވާ ގޮތަށް ނުކުރެއްވީ، ކުރިންވެސް މިހާރުވެސް ތިޔަ އައީ ރައްޔިތުންގެ މެމްބަރެއް މަސައްކަތް ކުރައްވަން ވާނީ ހަމަ ރައްޔިތުންގެ ހައްޤުގަ ނަމަވެސް ކޮށްދެވެނީ ކުލައެއްގެ ހައްޤުގަ، ދެން ބުނެދާނެ މަޖިލިސްވެސް ކުރިޔަށް ދަނީ ވަރަށް އަމާން އޮމާންކޮށޭ އެހެންތާވާނީ އެ ފަސްއަހަރު ކަމެއްކުރިޔަ ނުދޭން ޖަނަވާރު ކޮށްޓަކައް ތަން ހައްދަވައިގެންވެސް އުޅުއްވީ ތިޔަ ކަމަނާމެން ދޮގެއްތޯ ވިސްނަވާލައް އަބަދުވެސް އަޑު އަހާވާހަކަ އެއް އެދުމެއްނެތި ވެދުމެއް ނުކުރާނޭ .......
މިދިޔަ 5 އަހަރުން ނުކުރާކިތައްކަންތައްތޯ މިއަހަރުގެ މިހާތަނަށް މިކޮށްލީ އެގޮތުން ގައުމީސަލާމަތަށް ނުރައްއޮތްމިންވަރު ހަމަނުކުރި ރިޕޯޓެއް މިދައުރު ހަމަކޮށްފި ދައުލަތް ބޭނުންވި މުހިއްމުއެތައްކަމެއްގައި ސިއްރުން ހެކިބަސްދިން ހެކިވެރިއެއްގެ މަޢުލޫމާތު މިދައުރުގައި ހާމަކޮށްފި 30.2 ބިލިއަންރުފިޔާގެ ބޮޑު ބަޖެޓަކުން އެއްވެސްކަމެއްނުކޮށް ހުސްކޮށްލެވިއްޖެ ރައިސްޔާމީނު ގެނަސްދިންތަރައްގީގެ ބުރިޖަށް ނާރަން ތިބި އެތައްބައެއް އެބުރިޖަށްއަރައިފި ރައިސްޔާމީނުގެ ތަރައްގީގައި އަޅާދިން ދަރުމަވަންތަހޮސްޕިޓަލް ހިތާދެކޮޅަށް ބޭނުންކުރަންފަށައިފި ރައިސްޔާމީނުގެ ތަރައްގީގައި ހަދާދިން ބޮޑު ރަންވޭންލިބޭގިނަ ޑޮލަރުތައް ގުނަންފަށައިފި މިފަދަ ކިތައްމެކަމެއް
އެހެންވިޔާ ރޮޒޭނާ ތިހިމެނުނީ ވޭތުވެދިޔަ މަޖިލިސްގެ ދައުރުގައި މަސައްކަތް ނުކޮށް މުސާރަ ބަރާބަރަށް ނެގި މެމްބަރެއްގެ ގޮތުގައި.
އަނގަ އޮތީމަ ކަލޭމެންނަށް ހިތުހުރި ވާހަކަ އެއް ދެއްކިދާނެ މިއަދު.
50 އަހަރެއް ނޫންތަ
އަދި ކިރިޔާ މުސާރަ ހައްޤުވާ ވަރަށް މަސައްކަތް ކުރެވުނުކަމަށް ރޮޒޭ ތިއެއްބަސްވީ..
ރުޒައިނާއެވެ. ކަމަނާ ގުދޯގުދޯ ނުގޮވާށެވެ. ތިޔައީ ފައްކާ މުނާފިގެއް އައްޑޫ ރައްޔިތުންނަށްވެސް ހުތުރުނަން ލިބޭ ކަލެއާހެދި
އަންނި ބޭނުން ކަންތައް ކަލޭމެން ކުރީ ކިތައް ދުވަހު ކަލޭ މަޖިލީހުން އިންޓަވިއުކުރަންޖޭޭ މަގާމުތަކުގެ މީހުން އިޓަވިއު އަށް ގެނެސް ބައިތިއްބާފައި ފޮނުވާލަނީ ކަލޭ ކިޔަވައިދޭން އުޅުނު އިރު ދަރިވަރުންނަށް ހަދާހެން ދޯ އަދިވެސް ތިޔަ ހަދަނީ ބަލަ ނޭގޭތަ ގާނުނުގައި ބުނާ މުއްދަތުގައި ކަންކުރަންޖެހޭނެ ކަމެއް ކޮބާ ކުރި ހުވާ.... މިޔަށް ޖަވާބު ދީބަލަ ރައީސް ސޯލިހަށް ދުއްތުރާ ކުރަން މީނާ އާއި މީނާގެ ފިރިމީހާ އާއި ވެގެން.....އިންފޮމޭޝަން ކޮމިޝަނަރަކު އައްުޔަނުކުރުމުގެ މައްސަލަ ތިޔަ މަޖިލީހުގައި އޮންނަތާ ދެމަސް ވެއްޖެ ބަލަ ކީއްވެ ނުކުރީ ރައްޔިތުންގެ ހައްގޭ އެވެސް އެއޮފީހުން މައްސަލަ ބެލޭކަށް ނެތް ކަލޭމެން ބޭނުންމީމާ، ސްޕްރިމްކޯޓަށް ފަނޑިޔާރުން އައްޔަނުކުރެވޭ 24 ގަޑީއިރުން...
ބަލަ އޭރުވެސް މަޖިލީހުގަ އިނދެގެން ކަމަނާމެން ކުރި ކަމަކީ ފުރައްސާރަ އެކަނި ނޫންތޯ؟
ކުރީ ފަސްއަހަރަކީ ކަލޭމެންގެފަރާތުން މަޖްލިސަށް ނުކަތާވަރުގެ ޠޫފާނެއް އައިސްގެންއުޅުނު ފަސްއަހަރު! މި ހިނގަނީ އުދަގުލެއް ކުރާނޭ މީހަކު ނެތް އަހަރެއް! ތަފާތު އެގިއްޖެތޯ! އަދި އެހެންނަމަވެސް ކުޅިސަމާ ފެންނާނެ!
ހޫނ ފޮނިކަނޑަން ފެށީއޭ. މިދިޔަ 5 އަހަރުތެރޭ އެއްވެސް ގައުމަކަށް އަޅުވެތި ނުވާވަރަށް މި 8 މަސްތެރޭ މިގައުމު އަޅުވެތިވެސް ވެއްޖެ. ދެން އައްޑޫގަ ތަރައްގީގެ މަޝްރޫއެއް ހިނގަމުންދަނީ ކޮންތާކުއޭ ބީޓީޑަބްލިއު؟
5 އަހަރުން 40 ބައްދަލުވުން. އެކަމަކު ބަރާބަރަށް މުސާރަ ނެންގެވިން ދެއްތޯ؟ ނުކުރާ މަސައްކަތަށް މުސާރަ ހައްގުވާނެތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިއްމު.
މަޖިލީހުން ކުރީ ގައުމަށް ލާބަހުރި ބޭނުން ކަންކަންބާ ؟ .މަޖިލީހުން ފަރުމަސް ބާނާ ވިއްކާފަ މެމްބަރުންނަށް ބަހާލިޔަކަސް ރައްޔިތެއްގެ ޖީބަށް ކުރާނެ މަންފައެއްނެތް.ދޯ.ރައްޔިތުން އަތުން ޖީއެސްޓީނަގާ ބީޕީޓީ ނަގާ އިސްޓިކާޖަހާ ލިބޭފައިސާއިން ހަރަދުކުރަން 1.7 ބިލިއަން އިތުރަށް ހަރަދު ހުއްދަކޮށް އދ. މީހުނާ އީޔޫ މީހުނާ ސާކް މަޖިލީހުގެ ރައީސްުން މަޖިލީހަށް ގެނެސް ޒުވާބު ކުރުވާ މުބާރާތެއް ބޭއްވުނު އިރު ލިބުނު މާކްސް އެވެސް މޮޅުވިބަޔަކުވެސް ނޭގުނު ނަތީޖާ ފާޅެއްނުކުރޭ މިގޮތުން.1.7 ބިލިއަން ހުސްކުރީމަ ދިވެހިގައުމަށް ދިވެހި ރައްޔިތުންނަށް ހުރީ ކޮންމަންފާއެއް.
ކޮބާ ތިމެމްބަރު އަނގައިންނުބުނެހުރިނަމަ މާތާހިރުވީހެއްނު ހޮވަން ވޯޓުދެވުނުމޮޔަ ހިތައްއަރާ އަހަރެމެންނައްވެސްލަދެއް
މަސައްކަތް ނުކުރެވިއްޖިއްޔާ ރޮޒޭމެނަށް ހުތުރު ފާއިތުވި 5 އަހަރު ކަލޭމެން ޖެއްސުންކުރީ ޖަލްސާއެއް އެޖެންޑާ ކޮށްފިއްޔާ ހަޅޭއްލަވައި ބޯއިކޮޓްކޮށް މަޖިލީހަށް ނުދޭ މަޖިލިސް ބަންދުދުވަސްދުވަހު ފާރުމަތިން މަޖިލިހަށް ވަންނަން އުޅޭ
ބޭގަރާރު ހުށަހަޅައިގެން މީސްމީހުންގެ މަސްކައި، ނެތިމޮށެ، ފިތުނަ ފަސާދަ އުފައްދައި އިސްލާމް ދީނަށް ހަޖޫ ޖަހައި ކިތަންމެހާވެސް ރަނގަޅަށް މަސައްކަތް ކުރެވިއްޖެ. ކަލޭމެންގެ ފަތްތައް މަހުޝަރު ދުވަހުން ފުރަގަހުން ލިބޭވަރަށް މި ދައުރުގައި މަސައްކަތް ކުރެވިއްޖެ.
ގައުމަކަށް އެއްކަމެއްވެސް ކޮއްނުދެވެ އަދި
އެހެންވެ މިރެއި އައްޑޫ އިން ކަރަންޓު ކެނޑިފެއި އޮތީ ،މިޔެ ރަނގަޅަވޭހެއް ސަޅިބައިސާ ޑްރާމާ އަރުވާ ،ވެލިކާގެން
32 ބިލިއަން ރުފިޔާ ފެންފޮދަކާ ނުލައި އެޖެންޑާ 19 އިންތަ ދިރުވާލީތަ؟އެއީ ކުރެވުނު ކަމަކީ؟އެ ހުސްވެގެން އަނެއްކާ ދިރުވާލަން ބަޖަޓެއް ފާސްކޮށްލީ ،ނިކަން ކަންތައްވެއްޖެއެއްނުން؟ ވިޔަފާރިތައް ބަނގުރޫޓު ވެއްޖެ،ޓެޕްކޮން 5 ފިހާރަ ބަންދު ،ސޮނީ ފެންތައް ހެދި ބިލެއް ވިއްކާ 2 ގުދަނެއް ބަންދުކޮށްފި މިއީތޯ އިޤުތިސޯދު ހިގާ ގޮތަކީ ؟ތިތާ ތިބެގެން ދަކޮ ހިފީ
އެންމެ ގިނައިން ކުރެވުނު މަސައްކަތުގެ ތެރޭ ގިނައީ ކޮންމެ ދުވަހަކު ކުރީ ސަރުކާރަށް އެއްޗެހި ކިއުން. އެކަން ހިތްފުރޭވަރަށް އަދިވެސް ކުރެވުނު ކަމެއް ނޭނގޭ.